logo
Bank of Maldives

Bank of Maldives

ޚަބަރު

ލޯކަލް ކައުންސިލް އިންތިހާބު އޭޕްރީލް މަހު ބާއްވަނީ

މުހައްމަދު މޫސާމުހައްމަދު މޫސާ
24 މޭ 2025 - 18:14
ލޯކަލް ކައުންސިލް އިންތިހާބު އޭޕްރީލް ގައި

ލޯކަލް ކައުންސިލްތަކުގެ އިންތިހާބު އަންނަ އޭޕްރީލް މަހު ބާއްވަން ތައްޔާރީތައް ވަމުން އަންނަ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.

ދައުލަތުގެ މީޑިއާ ޕީއެސްއެމް އަށް ދެއްވި އިންޓަވިއު އެއްގައި އެ ކޮމިޝަނުގެ ރައީސް މުހައްމަދު ޒާހިދު ވިދާޅުވީ ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިހާބަށް ތައްޔާރުވުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

އިންތިހާބީ ދާއިރާތަކަށް ކެންޑިޑޭޓުން ކަނޑައެޅުމަށް ބޭނުންވާ މައުލޫމާތުތައް ހޯދުމުގެ މަސައްކަތް އީސީން މިހާރު ކުރަމުން އަންނައިރު، ޖާގައިގެ ދަތިކަން ކަމަށް ޒާހިދު ވަނީ ވިދާޅުވެފައެވެ.

"މިހާރު މިވަގުތަށް ބަލާނަމަ ދަރުބާާރުގެއެއް ނެތް. ކުރީގެ ބާޖަމާލުއްދީނެއް ނެތް. އެހެންވީމަ މާލޭގައި އެކަހަލަތަނެއް ހޯދައިގެން އެ މަސައްކަތް ކުރުމުގައި ގޮންޖެހުންތަކެއް އެބަހުރި.'' ޒާހިދު ވިދާޅުވެފަވެއެވެ.

މި އިންތިޚާބުގައި ވޯޓުލުމާއި ގުނުން ފިޔަވައި އެހެން ހުރިހާ ކަމެއް ޑިޖިޓަލްކޮށް، ރައްޔިތުންނަށް ލުއިފަސޭހަގޮތްތައް ހޯދުމުގެ މަސައްކަތްތައްވެސް މިހާރު ކުރައްވަމުން ގެންދަވާކަމަށް އީސީގެ ރައީސް ޒާހިދު ވަނީ ފާހަގަކުރަށްވާފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމުގެ މަޤާމަށް ޝަކީލް އައްޔަންކުރައްވައިފިޚަބަރު | 2 ގަޑިއިރު ކުރިންއީސީގެ މެންބަރުކަމަށް ޝަކީލް އައްޔަނުކުރަން މަޖިލީހުން ފާސްކޮށްފިޚަބަރު | ދުވަހެއް ކުރިންދ. މީދޫ ކައުންސިލް ރައީސް ހޮވުމަށް ބޭއްވި އިންތިހާބު ޕީއެންސީ އިން ކާމިޔާބުކޮށްފިޚަބަރު | 11 ދުވަސް ކުރިންދ. މީދޫ ކައުންސިލްގެ ރައީސް ހޮވުމަށް ބާއްވާ އިންތިޚާބުގެ ވޯޓުލުން ފަށައިފިޚަބަރު | 11 ދުވަސް ކުރިން