logo
E-Platinum
ޚަބަރު

އެމްޓީޑީއަށް 3000 ހަމަނުވޭ، ގާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅު އެޅުމުގެ މަސައްކަތް ފަށައިފި

އާމިނަތު ޝަފާ
20 މޭ 2025 - 06:50
އަދީބު އެމްޓީޑީ އަށް ސޮއިކުރައްވަނީ// އެމްޓީޑީ އަށް އެންމެ ފުރަތަމަ ސޮއިކުރެއްވީ ވެސް އަދީބު//
އަދީބު އެމްޓީޑީ އަށް ސޮއިކުރައްވަނީ// އެމްޓީޑީ އަށް އެންމެ ފުރަތަމަ ސޮއިކުރެއްވީ ވެސް އަދީބު//

ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސް(އެމްޓީޑީ) އަށް 3000 މެމްބަރުން ހަމަނުވާތީ އެ ޕާޓީއާމެދު ގާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅު އެޅުމުގެ މަސައްކަތް އިލެކްޝަންސް ކޮމިޝަނުން ފަށައިފިއެވެ.

ސިޔާސީ ޕާޓީތަކުގެ ގާނޫނުގައިވާ ގޮތުގެ މަތިން ސިޔާސީ ޕާޓީތަކުގައި މަދުވެގެން 3،000 މެންބަރުން ތިބެން ޖެހެއެވެ. އެ އަދަދު ނެތްނަމަ އޮންނަ ގޮތަކީ ތިން މަސް ދުވަހުގެ ތެރޭގައި އެ އަދަދު ހަމަކުރުމެވެ.

ކޮމިޝަނުގެ ނައިބުރައީސް ސަލާހު ރަޝީދު މެންދުރު ޓީވީއަށް ވިދާޅުވީ 3000 މެމްބަރުން ހަމަނުވާތީ އެމްޓީޑީއަށް ދިން 3 މަހުގެ ނޯޓިސްވެސް މިހާރު ހަމަވެފައިވާކަަމަށެވެ. އަދި އެންމެ ފަހުގެ ހިސާބުތަކަށް ބަލާއިރު އެ ޕާޓީގައި ތިބީ 2277 މެމްބަރުންކަމަށް ސަލާހު ވިދާޅުވިއެވެ. އެއާއެކު ގާނުނުގައި ބުނާ އަދަދަށް މެމްބަރުން ހަމަނުވާތީ ޕާޓީ އުވާލުމަށް ގާނޫނީ ގޮތުން ކޮމިޝަނުން ކުރަންޖެހޭ މަސައްކަތްތައް މިހާރު ކުރިއަށްދާކަމަށް ސަލާހު ވިދާޅުވިއެވެ.

އެމްޓީޑީ ރަޖިސްޓްރީކޮށްފައިވަނީ، 2018ވަނަ އަހަރުގެ  ޑިސެމްބަރު 27 ވަނަ ދުވަހުއެވެ.

ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި މިހާތަނަށް 9 ޕާޓީއެއް ރަޖިސްވެފައިވާކަމަށް އީސީގެ ވެބްސައިޓުން ދައްކާއިރު މިހާރު އެންމެ މެމްބަރުން ގިނައީ ސަރުކާރު ހިންގާ ޕީއެންސީގައެވެ. ދެވަނައިގައި އެމްޑީޕީ އޮތް އިރު ތިންވަނައިގހައި އޮތީ ޖުމްހޫރީ ޕާޓީއެވެ.

Regional Airports
ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ހިޔާލު ހޯދުމުގެ ވޯޓު ނެގުމުގެ މުއްދަތު އިތުރުކޮށްދޭން އީސީން އެދިއްޖެޚަބަރު | 9 ދުވަސް ކުރިންލޯކަލް ކައުންސިލް އިންތިހާބު އޭޕްރީލް ގައިޚަބަރު | 2 މަސް ކުރިންއެމްޓީޑީއަށް 3000 ހަމަނުވޭ، ގާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅު އެޅުމުގެ މަސައްކަތް ފަށައިފިޚަބަރު | 2 މަސް ކުރިންރައީސްގެ ދަރިކަލުންނާ ގުޅުވައި ދެއްކި ވާހަކަތައް އީސީ އަދި އެޗްއާރްސީއެމުން ކުށްވެރިކޮށްފިޚަބަރު | 5 މަސް ކުރިން