ފީފާ އިންޓަރ ކޮންޓިނެންޓަލް ކަޕް ގެ ފައިނަލްމެޗު މާދަމާރޭ
.png&w=3840&q=75)
ފައިނަލުގައި ވާދަކުރާ ދެޓީމު

17 ޑިސެމްބަރު 2024 - 09:00
ފީފާ އިންޓަރ ކޮންޓިނެންޓަލް ކަޕްގެ ފައިނަލްމެޗު ގަތަރުގައި ކުޅެން ތައްޔާރުވެއްޖެއެވެ. މިމެޗުގައި ބައްދަލުކުރާނީ މިދިޔަ ސީޒަންގެ ޔޫރަޕިއަން ޗެންޕިއަން ރެއާލް މެޑްރިޑާއި ޗެލެންޖަރ ކަޕްގެ ޗެންޕިއަންޓީމް މެކްސިކޯގެ ޕަޗޫކާ އެވެ.
ހުރިހާ ބައްރުތަކުގެ ޗެންޕިއަން ޓީމުތައް ވާދަކުރާ މިމުބާރާތުގެ ފައިނަލުން ރެއާލް މެޑްރިޑް ޖާގަހޯދީ މިދިޔަ ސީޒަންގެ ޔުއޭފާ ޗެންޕިއަންސް ލީގު ފައިނަލުގައި ބްރޫޝިއާ ޑޯޓްމަންޑް ބަލިކޮށްގެންނެވެ. އަދި މި މުބާރާތުގެ ފައިނަލުން ޕަޗޫކާ ޖާގަ ހޯދީ ޗެލެންޖަރ ކަޕްގެ ފައިނަލުގައި އޭޝިޔާގެ ޗެންޕިއަން މިސްރުގެ އަލް އަހްލީ ޕެނަލްޓީ ޝޫޓުގައި ބަލިކޮށްގެންނެވެ.
މި މުބާރާތުގައި މީގެ ކުރިންކުޅުނު ޑަރބީއޮފް އެމެރިކާ ގައި ދެކުނު އެމެރިކާގެ ޗެންޕިއަން ބޮޓަފަގޯ ބަލިކޮށް ޕަޗޫކާ ވަނީ ތަށިއުފުލާލާފައެވެ.
2022 ވަނަ އަހަރުގެ ފީފާ ވޯލްޑްކަޕް ގެ ފައިނަލް މެޗު ކުޅުނު ޤަތަރުގެ ލުސައިލް ސްޓޭޑިއަމްގައި ކުޅޭ މިމެޗުފަށާނީ މާދަމާ ރާއްޖެގަޑިން 10:00 ގައެވެ.
އިތުރު ލިޔުންތައް

އެފްއޭއެމްގެ ބޮޑު ޚިޔާނާތް: ތަފްޞީލީ މަޢުލޫމާތާއެކު ފީފާގެ ވަފުދާ ޙިއްސާކޮށްފި
7 މަސް ކުރިން
ދުނިޔޭގެ ތާރީޚުގެ އެންމެ އަގުބޮޑު ފުޓްބޯޅަ ކުޅުންތެރިޔާގެ މަޤާމު ރެއާލް މެޑްރިޑްގެ ވިނީޝިއަސް އަށް.
6 މަސް ކުރިން
ވިނީޝިއަސްގެ ހެޓްރިކަކާއެކު ރެއާލް އިން އެޓީމަކީ ޗެންޕިއަންސް ލީގު ގެ ރަސްގެފާނު ކަމުގައި ސާބިތުކޮށްދީފި
6 މަސް ކުރިން