logo
E-Platinum
ޚަބަރު

އެފްއޭއެމްގެ ބޮޑު ޚިޔާނާތް: ތަފްޞީލީ މަޢުލޫމާތާއެކު ފީފާގެ ވަފުދާ ޙިއްސާކޮށްފި

އަޙްމަދު ޒަލީފް
16 އޭޕްރީލު 2025 - 09:28
އެފްއޭއެމްގެ ބޮޑު ޚިޔާނާތް: ތަފްޞީލީ މަޢުލޫމާތާއެކު ފީފާގެ ވަފުދާ ޙިއްސާކޮށްފި

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ތެރެއިން ހިންގާފައިވާ ބޮޑު ޚިޔާނާތާ ގުޅޭ ތަފްޞީލީ މަޢުލޫމާތުމި ވަގުތު ރާއްޖެ ވަޑައިގެން އުޅުއްވާ ބައިނަލްއަޤްވާމީ ފީފާގެ ވަފްދާ ޙިއްސާ ކުރައްވައިފިއެވެ.

މި ބައްދަލުވުމުގައި ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛް ޢައްބާސް ޝަރީފުވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

އެފްއޭއެމްގެ ނޯމަލައިޒޭޝަން ކޮމިޓީގެ އެދިވަޑައިގަތުމަށް މިއަދު ހޮޓެލް ޖެންގައި ކުރިއަށްގެންދިޔަ މި ބައްދަލުވުމުގައި ޕްރޮސިކިއުޓާ ޖެނެރަލް ވަނީ އެފްއޭއެމްގެ ގިނަ ޢަދަދެއްގެ ފައިސާއަށް ޚިޔާނާތްތެރިވި މައްސަލައިގެ އެންމެ ފަހުގެ މަޢުލޫމާތު ޙިއްޞާކުރައްވާފަ އެވެ. އަދި މި ޚިޔާނާތުގެ ސަބަބުން އެފްއޭއެމް އަށް ގެއްލިފައިވާ ފައިސާއާއި، މުދާ އަނބުރާ ހޯދުމަށް އެޅެންހުރި ފިޔަވަޅުތަކާ ގުޅޭގޮތުން މި ބައްދަލުވުމުގައި މަޝްވަރާކޮށްފައިވެ އެވެ.

މީގެއިތުރުން އެފްއޭއެމްގެ ކުރީގެ ވެރިންގެ މައްޗަށް ހިންގަމުންދާ ޖިނާއީ ތަޙުޤީޤާ ގުޅިގެން، އެފްއޭއެމްގެ މަސައްކަތްތައް ޢާންމު ޙާލަތަކަށް ރުޖޫޢަކުރުމަށް ކުރަމުންދާ މަސައްކަތުގައި ދިމާވާ ދަތިތައް އެފްއޭއެމްގެ ފަރާތުން ޕްރޮސިކިއުޓާ ޖެނެރަލްއާ ހިއްސާކުރެއްވިއިރު ޕީޖީ ވަނީ ތަޙުޤީޤީ އިދާރާތަކާ ގުޅިގެން އެކަންކަން ޙައްލުކޮށްދެއްވާނެކަމަށް ވިދާޅުވެފަ އެވެ.

އަދި އެފްއޭއެމް ތެރޭގައި މިފަދަ ކަންކަން ތަކުރާރުނުވާނެ ގޮތަށް އަމާޒުކޮށްގެން ނޯމަލައިޒޭޝަން ކޮމިޓީގެ މަސައްކަތްތައް ބައްޓަންކުރުމަށް ޕީޖީ އެދިވަޑައިގެންނެވި އެވެ.

އެފްއޭއެމްގެ ފައިސާ އިން އެ އެސޯސިއޭޝަންގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް، އަމީން އެވެނިއު އިން އެޕާޓްމެންޓް ގަތްކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި ދައުވާކުރަން މިހާރު ވަނީ ފޮނުވާފަ އެވެ.

އެ މައްސަލައިގައި ބައްސާމާ އެކު އަމިން އެވެނިއުގެ ވެރިފަރާތް ކަމަށްވާ އަމިން ކޮންސްޓްރަކްޝަން އާއި، އެފްއޭއެމްގެ ކުރީގެ ފައިނޭންސް ހެޑް މުހައްމަދު އަގީލް އަދި އެފްއޭއެމްގައި ކުރިން އިސްކޮށް އުޅުނު ހަސަން ވަހީދުގެ މައްޗަށް ވެސް ދައުވާކުރަން ފުލުހުން ވަނީ ޕީޖީ އޮފީހަށް ފޮނުވާފަ އެވެ.

މި މީހުންގެ މައްޗަށް ފުލުހުން ތުހުމަތު ކުރަނީ ހިޔާނާތުގެ ކުށާއި، އޮޅުވާލުމުގެ ކުށް އަދި މަނީ ލޯންޑަރިންގެ ކުށެވެ.

Regional Airports
ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އެމެރިކާގައި ސޮކާގެ ނަން ފުޓްބޯޅައަށް ބަދަލުކުރަނީ!ކުޅިވަރު | ދުވަހެއް ކުރިންފެނަކައިގެ ކުރީގެ އެމްޑީ ސައީދުގެ މައްޗަށް ދައުވާ އުފުލައިފިޚަބަރު | 3 ދުވަސް ކުރިންފުލުހަކު މަޑުކުރަން ބުނުމުން ގަދަހަދާފަ ދިޔަ މީހަކު 33،000 ރުފިޔާ އިން ޖުރިމަނާކޮށްފި ޚަބަރު | 8 ދުވަސް ކުރިންއެފްއޭއެމްގެ މެންބަރު ހުރިހާ ކުލަބެއް ތާއީދާއެކު ޓޮމް އެފްއޭއެމް ރައީސްކަމަށްޚަބަރު | 10 ދުވަސް ކުރިން