logo
Bank of Maldives

Bank of Maldives

ކުޅިވަރު

ފީފާއިން މިއަހަރު ހޮވާ ދުނިޔޭގެ އެންމެ މޮޅުކުޅުންތެރިޔާގެ މަޤާމަށް ވިނީޝިއަސް ޖޫނިއަރ

އަބްދުﷲ ޣާނިމް
17 ޑިސެމްބަރު 2024 - 18:13
މި އަހަރުގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ ވިނީ ޖޫނިއަރ. ފޮޓޯ: ފީފާ
މި އަހަރުގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ ވިނީ ޖޫނިއަރ. ފޮޓޯ: ފީފާ

ފީފާއިން ހޮވާ 2024 ވަނަ އަހަރުގެ ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަޤާމަށް ރެއާލް މެޑްރިޑްގެ ބްރެޒިލްގެ ފޯވާޑް ވިނީޝިއަސް ޖޫނިއަރ ހޮވައިފިއެވެ. ޤަތަރުގެ އެސްޕަޔަރ އެކަޑަމީގައި ކުރިޔަށްދިޔަ އެޥޯޑް ހަފްލާގައި ވިނީޝިއަސް އަށް މި އެވޯޑް ލިބިފައިވަނީ ރޮޑްރީ އާއި ބެލިންގްހަމް އާއި ވާދަކޮށެވެ.

 

Ad by Hajj Corporation

Ad by Hajj Corporation

މީގެ އިތުރުން މި ހަފްލާގައި ފީފާއިން ވަނީ ގިނަ އެވޯޑްތަކެއް ދީފައެވެ. އެގޮތުން މިދިޔަ އަހަރުގެ އެންމެ ރީތި ގޯލް (ޕުސްކަސް އެވޯޑް) ލިބިފައިވަނީ މެންޗެސްޓަރ ޔުނައިޓެޑުގެ ފޯވާޑް ގަނަޗޯއަށެވެ. މި އެވޯޑް ހަފްލާގައި މިދިޔަ އަހަރުގެ އެންމެ މޮޅު 11 ކުޅުންތެރިން ވަނީ ހޮވާފައެވެ. މި އެވޯޑް ލިބިފައިވާ ފަރާތްތަކަކީ:

 

އެންމެ މޮޅު ކީޕަރ: އެމީލިއާނޯ މާރޓީނޭޒް (އެސްޓަންވިލާ | އާރޖެންޓީނާ)

އެންމެ މޮޅު ޑިފެންޑަރުން: ޑެނީ ކަރަވަޚާލް (ރެއާލް މެޑްރިޑް | ސްޕެއިން)، އެންޓޯނިއޯ ރޫޑިގާ (ރެއާލް މެޑްރިޑް | ޖަރުމަން)، ވިލިއަމް ސަލީބާ (އާރސެނަލް | ފްރާންސް) އަދި ރޫބެން ޑިއާޒް (މެންޗެސްޓަރ ސިޓީ | ޕޯޗުގަލް)

އެންމެ މޮޅު މިޑްފީލްޑަރުން: ޖޫޑް ބެލިންގްހަމް (ރެއާލް މެޑްރިޑް | އިންގްލަންޑް)، ޓޮނީ ކްރޫސް (ރެއާލް މެޑްރިޑް | ޖަރުމަން) އަދި ރޮޑްރީ (މެންޗެސްޓަރ ސިޓީ | ސްޕެއިން)

އެންމެ މޮޅު ފޯވާޑުން: ވިނީޝިއަސް ޖޫނިއަރ (ރެއާލް މެޑްރިޑް | ބްރެޒިލް)، ލަމީން ޔަމާލް (ބާސެލޯނާ | ސްޕެއިން) އަދި ހާލަންޑް (މެންޗެސްޓަރ ސިޓީ | ނޯވޭ)

 

ފީފާގެ މިދިޔަ އަހަރުގެ އެންމެ މޮޅު ކޯޗަކަށް ހޮވިފައިވަނީ ރެއާލް މެޑްރިޑްގެ ކޯޗު ކަރލޯ އެންޗެލޯޓީއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޕާޓީކޮށްގެން ވިނީ ކޯޓަށް ގެންދަނީކުޅިވަރު | 3 ދުވަސް ކުރިންފީފާގެ ޓެކްނިކަލް ޑިވެލޮޕްމަންޓް ކޮމިޓީއަށް އެފްއޭއެމްގެ ރައީސް ޠާރިޤް އައްޔަންކޮށްފިކުޅިވަރު | 10 ދުވަސް ކުރިންބާސެލޯނާ އަދި ލިވަޕޫލް ފަދަ ބޮޑެތި ޓީމުތައް ކްލަބް ވޯލްޑް ކަޕުން މަހުރޫމް ނުވާނެ ގޮތަށް ފީފާއިން ގަވާއިދު ބަދަލުކުރަނީކުޅިވަރު | 16 ދުވަސް ކުރިންޔުއޭފާއިން އިސްރާއީލް ސަސްޕެންޑްކުރަނީ، ފީފާގެ ސަސްޕެންޝަން ޓްރަމްޕް ހުއްޓުވާފާނެކުޅިވަރު | 22 ދުވަސް ކުރިން