logo
Bank of Maldives

Bank of Maldives

ކުޅިވަރު

ޕާޓީކޮށްގެން ވިނީ ކޯޓަށް ގެންދަނީ

އަބްދުﷲ ޣާނިމް
16 އޮކްޓޯބަރު 2025 - 08:33
ޕާޓީކޮށްގެން ވިނީ ކޯޓަށް ގެންދަނީ

ރިއަލް މެޑްރިޑްގެ ކުޅުންތެރިޔާ ވިނިސިއަސް ޖޫނިއަރ އާ ދެކޮޅަށް ބްރެޒިލްގައި ދަޢުވާއެއް އުފުލާފައިވާ ކަމަށް ރަސްމީ ފަރާތްތަކުން ބުދަ ދުވަހު ކަށަވަރުކޮށްދީފިއެވެ. މި ދަޢުވާ އުފުލާފައިވަނީ ރިއޯ ޑި ޖެނެއިރޯގައި ބޭއްވި އޭނާގެ އުފަންދުވަހުގެ ޕާޓީއެއްގައި "އެހެން މީހުންގެ މަސައްކަތަށާއި އަރާމަށް ދަތިކުރުމުގެ" ތުހުމަތުގައެވެ.

ރިއޯގެ 9 ވަނަ ސްޕެޝަލް ކްރިމިނަލް ކޯޓުގައި މި މައްސަލަ ރަޖިސްޓްރީކޮށްފައިވަނީ، ޖުލައި 19 އިން 21 އަށް ބޭއްވި ބްރެޒިލް ގައުމީ ޓީމުގެ 25 އަހަރުގެ މިކުޅުންތެރިޔާގެ އުފަންދުވަހުގެ ޕާޓީއާ ގުޅިގެން އަވަށްޓެރިއަކު ހުށަހެޅި ޝަކުވާއަކާ ގުޅިގެންނެވެ. މި ޕާޓީ ބާއްވާފައިވަނީ ބޮޑެތި ކައިވެނިތަކާއި ވިޔަފާރީގެ އިވެންޓްތައް ބޭއްވުމަށް މަޝްހޫރު ގަނޑުވަރެއްގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

"އޯ ގްލޯބޯ" އިން ނަގާފައިވާ ޝަކުވާގައި ބުނެފައިވާ ގޮތުގައި، ރެޕަރު ޓްރެވިސް ސްކޮޓްގެ ޕަރފޯމަންސް ހިމެނޭ ކޮންސަޓްތަކާއި، އަލިގަދަ ބައްތިތަކާއި، އަދި އެމިއުޒްމަންޓް ޕާކް ރައިޑްތައް ހިމެނޭ މި ފެސްޓިވިޓީތަކުން އެ ސަރަހައްދުގެ އަމާންކަމަށް ނަގާލާފައިވާކަމަށެވެ.

ޝަކުވާ ހުށަހެޅި ފަރާތުން ބުނެފައިވާ ގޮތުގައި، އަޑުގަދަ މިއުޒިކާއި ހަޅޭލެވުމުގެ ސަބަބުން މިލިޓަރީ ފުލުހުން ގެނެސް، އަޑު މަޑުކުރުމަށް އެދިފައިވެއެވެ. ވިނިސިއަސްއާއި އޭނާގެ 500 އެއްހާ މެހެމާނުން، އޭގެ ތެރޭގައި ރިއަލް މެޑްރިޑްގެ އެޑުއާޑޯ ކަމަވިންގާ އަދި ބްރެޒިލްގެ ރެގެޓޯން ސްޓާރު އަނިޓާވެސް ހިމެނޭ ގޮތަށް، ވަގުތީގޮތުން އެކަމަށް އިޖާބަދިން ނަމަވެސް، ފުލުހުން ދިޔުމަށްފަހު އަނެއްކާވެސް "ވަރަށް ބޮޑަށް އަޑުގަދަކޮށް" ކުރިއަށް ގެންގޮސްފައިވާ ކަމަށް ބުނެފައިވެއެވެ.

ބްރެޒިލްގެ ގާނޫނުގެ ދަށުން "އެހެން މީހުންގެ މަސައްކަތަށާއި އަރާމަށް ދަތިކުރުމުގެ" ކުށަށް 15 ދުވަހާއި 3 މަހާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުން ނުވަތަ ޖޫރިމަނާ ކުރުން ހިމެނެއެވެ. ރިއޯ ޑި ޖެނެއިރޯ ސްޓޭޓް ޖުޑިޝަރީން މި ކުޑަ ކުށުގެ މައްސަލައިގައި އިބްތިދާއީ އަޑުއެހުމެއް ނޮވެމްބަރު 6 ގައި ބޭއްވުމަށް ވަނީ ކަނޑައަޅާފައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޕާޓީކޮށްގެން ވިނީ ކޯޓަށް ގެންދަނީކުޅިވަރު | 4 ގަޑިއިރު ކުރިންވިނީ އަށް ބެލަންޑީއޯ ގެއްލުވާލި މައްސަލަ ޙައްލުކުރުމަށް ފްރާންސް ފުޓްބޯޅައިން ކުރި މަސައްކަތް ނާކާމިޔާބުކުޅިވަރު | މަހެއް ކުރިންއެންޗެލޯޓީގެ އުފަންދުވަހުގައި ވިނީޝިއުސްގެ ގޯލާއެކު ބްރެޒިލް ވޯލްޑްކަޕަށް ކޮލިފައިވެއްޖެކުޅިވަރު | 4 މަސް ކުރިންވިނީސިއުސް ރެއާލް އާއެކު އެއްބަސްވުން އާކުރަނީ ކުޅިވަރު | 6 މަސް ކުރިން