logo
Bank of Maldives

Bank of Maldives

ކުޅިވަރު

ބެލަންޑޯއަށްފަހު ޓެން-ޓައިމްސް އަށް ވަރުޖީނާވެސް ދޯކާދީފި

އަބްދުﷲ ޣާނިމް
15 މޭ 2026 - 18:33
ބެލަންޑޯއަށްފަހު ޓެން-ޓައިމްސް އަށް ވަރުޖީނާވެސް ދޯކާދީފި

ބްރެޒިލްގެ މަޝްހޫރު ފުޓްބޯޅަ ތަރި ވިނީޝިއަސް ޖޫނިއާ އާއި އޭނާގެ ލޯބިވެރިޔާ ވާޖިނިއާ ފޮންސެކާގެ ގުޅުން ނިމުމަކަށް އައިސްފައިވާކަން ވާޖިނިއާ ކަށަވަރުކޮށްދީފިއެވެ. މި ޚަބަރު އާންމުވެފައިވަނީ ރެއާލް މެޑްރިޑްގައި ވިނީޝިއަސްގެ ކުޅުން ދަށްވެފައިވާ ކަމަށް ބުނެ ސަޕޯޓަރުންގެ ފާޑުކިޔުންތައް އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ.

ވާޖިނިއާ އޭނާގެ އިންސްޓަގްރާމް ސްޓޯރީ މެދުވެރިކޮށް ހިއްސާކުރި އަސަރުގަދަ މެސެޖެއްގައި ބުނެފައިވަނީ، އަމިއްލަ ކުރިއެރުމާއި އަމިއްލަ ނަފްސަށް އޮންނަ އިހުތިރާމަށްޓަކައި ދިރިއުޅުމައިގެން ކުރިއަށް ދިއުމަށް ނިންމާފައިވާ ކަމަށެވެ. މި ނިންމުމާއެކު ސޯޝަލް މީޑިއާގައި ގިނަ ބައެއްގެ ސަމާލުކަން މިކަމަށް ވަނީ ހުއްޓިފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ވާޖިނިއާގެ ބަޔާނުގައި ބުނެފައިވަނީ، "އަހަރެމެން އެކުގައި އުޅުނުއިރު، އަހަރެންގެ ދިރިއުޅުމުގެ އެހެން ކަންކަމެކޭވެސް އެއްފަދައިން މި ގުޅުމަށް ވަރަށް ބޮޑަށް ވަގުތާއި ސަމާލުކަން ދިނިން. އަހަރެންނަކީ އަބަދުވެސް ހުވަފެންތަކާއި ޒިންމާތަކަށް އިސްކަންދޭ، ބުރަކޮށް މަސައްކަތްކުރާ މީހެއް. ނަމަވެސް އަހަރެންނަކީ އަންހެނަކަށް ވީތީ، އެއްވެސް ހުރަހެއް ނެތި މި ގުޅުމުގައި އުޅުމުގެ ފުރުސަތު އަމިއްލަ ނަފްސަށް ދިނިން،" ކަމަށެވެ.

އޭނާ އިތުރަށް ހާމަކުރި ގޮތުގައި، ދިރިއުޅުމުގައި ދޫނުދެވޭނެ ކަންތައްތަކެއް ހުންނާނެކަން އޭނާ ވަނީ ދަސްކޮށްފައެވެ. "އެއްވެސް ކަމަކުން މާނައެއް ނުފެންނަ ހިސާބަށް ދިއުމުން، ގަދަކަމުން އެކަމެއްގައި ހުރުމުގެ ބަދަލުގައި، ލޯތްބާއެކު އެކަމެއް ނިންމާލުމުގެ ހިތްވަރު ހުންނަންޖެހޭނެ. މިއަދު އަހަރެމެން މިވަނީ އެކަކު އަނެކަކަށް އިހުތިރާމްކުރުމާއެކު ވަކިވާން ނިންމާފައި،" ވާޖިނިއާ ލިޔެފައިވެއެވެ.

މި ވަކިވުމާ ގުޅިގެން ގިނަ ސަޕޯޓަރުން ބުނަމުންދަނީ ވިނީޝިއަސްގެ ކުޅުން ދަށްވެ، ދަނޑުމަތީގައި އޮންނަންޖެހޭ ސަމާލުކަން ގެއްލިފައިވަނީ އަމިއްލަ ދިރިއުޅުމުގައި ދިމާވި މިފަދަ މައްސަލަތަކުގެ ސަބަބުން ކަމަށެވެ. އަދި ބައެއް ފަރާތްތަކުން ދަނީ މި ވަކިވުމުގެ ފަހަތުގައި އޮޅުވާލުމުގެ ތުހުމަތުތަކެއް ވެސް ކުރަމުންނެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ބެލަންޑޯއަށްފަހު ޓެން-ޓައިމްސް އަށް ވަރުޖީނާވެސް ދޯކާދީފިކުޅިވަރު | ގަޑިއިރެއް ކުރިންވިނީސިއަސްއާއި ދިމާކުރި އާޖެންޓީނާގެ ޕްރެސްޓިއާނީ ހަ މެޗަށް ސަސްޕެންޑްކޮށްފިކުޅިވަރު | 21 ދުވަސް ކުރިންވިނީސިއަސްއާއި ނަސްލީގޮތުން ދިމާކުރި އާޖެންޓީނާގެ ކުޅުންތެރިޔާ ޕްރެސްޓިއާނީ ސަސްޕެންޑްކޮށްފިކުޅިވަރު | 3 މަސް ކުރިންވިނީސިއަސްއާއި ނަސްލީ ތަފާތުކުރި މައްސަލައިއާއި ގުޅިގެން ފީފާގެ ގަވާއިދު ބަދަލުކުރަނީކުޅިވަރު | 3 މަސް ކުރިން