logo
Bank of Maldives

Bank of Maldives

ކުޅިވަރު

ވިނީސިއަސްއާއި ނަސްލީގޮތުން ދިމާކުރި އާޖެންޓީނާގެ ކުޅުންތެރިޔާ ޕްރެސްޓިއާނީ ސަސްޕެންޑްކޮށްފި

އަބްދުﷲ ޣާނިމް
24 ފެބްރުއަރީ 2026 - 04:56
ވިނީސިއަސްއާއި ނަސްލީގޮތުން ދިމާކުރި އާޖެންޓީނާގެ ކުޅުންތެރިޔާ ޕްރެސްޓިއާނީ ސަސްޕެންޑްކޮށްފި

ޔޫއެފާ ޗެމްޕިއަންސް ލީގުގައި ރެއާލް މެޑްރިޑާ ދެކޮޅަށް ކުޅޭ މެޗަށް ބެންފީކާގެ އާޖެންޓީނާ ކުޅުންތެރިޔާ ޖިއަންލޫކާ ޕްރެސްޓިއާނީ ސަސްޕެންޑް ކުރުމަށް ޔޫއެފާއިން ނިންމައިފިއެވެ. ޔޫއެފާއިން މި ފިޔަވަޅު އަޅާފައިވަނީ ލިޒްބަންގައި ކުޅުނު ފުރަތަމަ ލެގުގެ މެޗުގައި ހިނގާދިޔަ ކަންތައްތަކާ ގުޅޭގޮތުން ބައެއް ކުޅުންތެރިން ސޮއިކޮށް ހުށަހެޅި ބަޔާންތަކަކަށް ރިއާޔަތްކުރުމަށްފަހުގައެވެ.

މި މައްސަލައަކީ ރެއާލް މެޑްރިޑްގެ ވިނީޝިއަސް ޖޫނިއާއަށް ނަސްލީ ގޮތުން ފުރައްސާރަކޮށް، "ރާމާ މަކުނު" ގެ ނަމުން ގޮވާފައިވާ ކަމަށް ބުނާ މައްސަލައެކެވެ. ޔޫއެފާއިން މި މައްސަލަ ބަލައި، އެންމެ 5 ދުވަހުގެ ތެރޭގައި ސަސްޕެންޝަން ކަނޑައަޅާފައިވާއިރު، މިއީ ނަސްލީ ތަފާތުކުރުމުގެ މައްސަލައެއްގައި އެ އިދާރާއިން މިހާ އަވަހަށް ފިޔަވަޅު އެޅި ފުރަތަމަ ފަހަރެވެ. މީގެ ކުރިން މިފަދަ މައްސަލަތައް ނިންމުމަށް ގާތްގަނޑަކަށް 19 ދުވަސް ނަގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ބެންފީކާއިން ވަނީ ޕްރެސްޓިއާނީގެ އެއް މެޗުގެ ސަސްޕެންޝަން އިސްތިއުނާފު ކޮށްފައެވެ. ނަމަވެސް، ނަސްލީ ތަފާތުކުރުން ނައްތާލުމަށް ޔޫއެފާއިން ގެންގުޅޭ ހަރުކަށި އުސޫލުތަކުގެ ސަބަބުން، މި ނިންމުން ބަދަލުވާނެ ކަމުގެ އުންމީދު ކުޑަ ކަމަށް އެ ކްލަބުން ގަބޫލުކުރެއެވެ. ސަސްޕެންޝަނުގައި ހުރި ނަމަވެސް، ޕްރެސްޓިއާނީ މާދަމާރޭގައި ކުޅޭ މެޗަށް ޓީމާއެކު މެޑްރިޑަށް ދަތުރުކޮށްފައެވެ.

މި މައްސަލައާ ގުޅިގެން ޕްރެސްޓިއާނީގެ ފަރާތުން ވަނީ ގާނޫނީ ފިޔަވަޅު އެޅުމަށް ވިސްނަމުންދާކަން ހާމަކޮށްފައެވެ. އެގޮތުން ވިނީޝިއަސް އާއި ކީލިއަން އެމްބާޕޭއާ ދެކޮޅަށް އަބުރުގެ ދައުވާ ކުރުމަށް އޭނާ ދަނީ ތައްޔާރުވަމުންނެވެ. ޕްރެސްޓިއާނީ ގަބޫލުކުރާ ގޮތުގައި މި ތުހުމަތުތަކުގެ ސަބަބުން އޭނާގެ އަބުރަށާއި ކެރިއަރަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ.

ޔޫއެފާއިން ބުނެފައިވަނީ މި މައްސަލައިގެ ތަހުގީގު އަދިވެސް ކުރިއަށްދާ ކަމަށެވެ. ތަހުގީގަށްފަހު ކުށް ސާބިތުވެއްޖެނަމަ، ޕްރެސްޓިއާނީއަށް މިއަށްވުރެ ދިގު މުއްދަތެއްގެ ސަސްޕެންޝަނެއް އައުމަކީ އެކަށީގެންވާ ކަމެކެވެ. މި މައްސަލަ މިހާރު ވަނީ ޔޫއެފާގެ އިތުރުން ފީފާ އަދި ޕޯޗުގަލްގެ ޖިނާއީ އަދުލުގެ ނިޒާމަށް ހުށަހެޅުމުގެ މަރުހަލާގައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ވިނީސިއަސްއާއި ނަސްލީގޮތުން ދިމާކުރި އާޖެންޓީނާގެ ކުޅުންތެރިޔާ ޕްރެސްޓިއާނީ ސަސްޕެންޑްކޮށްފިކުޅިވަރު | 2 ގަޑިއިރު ކުރިންވިނީސިއަސްއާއި ނަސްލީ ތަފާތުކުރި މައްސަލައިއާއި ގުޅިގެން ފީފާގެ ގަވާއިދު ބަދަލުކުރަނީކުޅިވަރު | 3 ދުވަސް ކުރިންވިނީގެ ދެ ޕެނަލްޓީއާއެކު ރެއާލް ތާވަލުގެ އެއްވަނައަށްކުޅިވަރު | 9 ދުވަސް ކުރިންވިނީޝިއަސް ގެ ސޮއި ހޯދުމަށްސަޢޫދީިއިން 1 ބިލިޔަން ޑޮލަރުގެ ކޮންޓްރެކްޓެއް ހުށަހަޅަނީކުޅިވަރު | މަހެއް ކުރިން