logo
Bank of Maldives

Bank of Maldives

ޚަބަރު

ޕީއެސްއެމްގެ އެމްޑީގެ މަގާމުން ސައީދު އިސްތިއުފާ ދެއްވައިފި

މަރްޔަމް މިލްޒަމް މަސްއޫދްމަރްޔަމް މިލްޒަމް މަސްއޫދް
18 ޑިސެމްބަރު 2024 - 06:09
ޕީއެސްއެމްގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ސައީދު : އޭނާ ވަނީ މަގާމުން އިސްތިއުފާ ދެއްވާފައި
ޕީއެސްއެމްގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ސައީދު : އޭނާ ވަނީ މަގާމުން އިސްތިއުފާ ދެއްވާފައި

މަގާމާ ހަވާލުވީތާ ގާތްގަޑަކަށް ތިން މަސް ފަހުން، ޕަބްލިކް ސާވިސް މީޑީއާ (ޕީއެސްއެމް)ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން މުހައްމަދު ސައީދު އިސްތިއުފާ ދެއްވައިފިއެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯރްޕޮރޮޓައިޒޭޝަން ބޯޑް (ޕީސީބީ) އިން މިއަދު "އެކްސް" ގައި ކުރި ޕޯސްޓްއެއްގައި ބުނީ، ޕީސބީ އަށް އިއްޔެ ސައީދުގެ ފަރާތުން އިސްތިއުފާ ހުށަހަޅުއްވާފައިވާ ކަމަށާއި، އެ އިސްތިއުފާ ގަބޫލުކޮށް މިހާރު މަގާމުން ވަކިކޮށްފައިވާ ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

ސައީދު އެ މަގާމުން އިސްތިއުފާ ދެއްވިއިރު، ޕީއެސްއެމްގެ އެމްޑީއަކަށް ސައީދު އައްޔަނުކޮށްފައިވަނީ މިދިޔަ އޮގަސްޓު މަހުގެ ތެރޭގައެވެ. އެއީ ކުރިން އެ މަގާމުގައި ހުންނެވި ޒީނާ ޒާހިރު އެ މަގާމުން އިސްތިއުފާދެއްވުމާ ގުޅިގެންނެވެ. ޒިނާ އެ މަގާމުން އިސްތިއުފާ ދެއްވީ އެ މަގާމުގައި ގާތްގަޑަކަށް ނުވަ މަސް ހުންނެވުމަށް ފަހުއެވެ.

ކުރު މުއްދަތަކަށް ފަހު ސައީދު އިސްތިއުފާ ދެއްވި ނަމަވެސް، އިސްތިއުފާ ދެއްވި ސަބަބު ހާމަކުރައްވާފައެއް ނުވެއެވެ.

ސައީދު މަގާމުން އިސްތިއުފާ ދެއްވިއިރު، ޕީއެސްއެމްގެ ކޮންޓެންޓާ ގުޅޭ މައްސަލަތަކެއް މިފަހުން ފެންމަތިވެފައި ވެއެވެ. އެގޮތުން ޕީއެސްއެމުން ވަގުތުން ގެނެސްދިން އިވެންޓެއްގައި ޤުރުއާނުން ބައެއް އުނިވީ ކަމަށް ބުނެ މިދިޔަ ބުރާސްފަތި ދުވަހު ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ވެސް ހުށަހަޅައިފައިވެއެވެ. އެކަމާ ގުޅިގެން ޕަބްލިކްގައި ސައީދު ހިމެނިވަޑައިގަންނަވާ ގޮތަށް، ޕީއެސްއެމްގެ މެނޭޖްމެންޓުން ވަނީ މައާފަށް ވެސް އެދިފައެވެ.

މީގެއިތުރުން ޕީއެސްއެމްއިން ގެނެސްދިން އިނގިރޭސި ޚަބަރުގެ ސެގްމަންޓެއްގައި ބޭއަދަބީ މަންޒަރެއް ދެއްކި މައްސަލައެއް ފެންމަތިވެ، އެކަމާ ގުޅިގެން ދެ މުވައްޒަފަކު ވެސް ވަނީ ސަސްޕެންޑުކޮށްފައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

"ޗާލު ދިވެހިރާއްޖެ" އެވޯޑަށް ނަން ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފިޚަބަރު | 5 ދުވަސް ކުރިންސަމާލުވޭ! ހުއްދަނެތި ޕީއެސްއެމްގެ ލޯގޯ އަދި ބްރޭންޑް ބޭނުންކޮށްގެން ޖުވާ އިސްތިހާރު ކުރަނީޚަބަރު | 2 މަސް ކުރިންޕީއެސްއެމުން ބައިނަލް އަޤްވާމީ ޤުރްއާން މުބާރާތެއް ބާއްވަނީޚަބަރު | 4 މަސް ކުރިންޕީއެސްއެމާއި ވެލިގާ ހާޑްވެއަރ އެއްބަސްވުމެއްގައި ސޮއިކޮށްފިޚަބަރު | 4 މަސް ކުރިން