logo
Bank of Maldives

Bank of Maldives

ޚަބަރު

ގޯތި ނުލިބޭ ބަޔަކަށް ގޯތި ދިން މައްސަލައެއްގައި ފުލުހުން ޖިނާއީ ތަހުގީގެއްކުރަނީ

އާމިނަތު ޝަފާ
18 ޑިސެމްބަރު 2024 - 12:00
ބިންވެރިޔާ ސްކީމްގެ ބޭރުން ގޯތި ދިން މައްސަލައެއް ދަނީ ބަލަމުން
ބިންވެރިޔާ ސްކީމްގެ ބޭރުން ގޯތި ދިން މައްސަލައެއް ދަނީ ބަލަމުން

 "ބިންވެރިޔާ" ސްކީމުގެ ދަށުން ގޯތި ނުލިބޭ ބަޔަކަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ގޯތިިތަކެއް ދިން މައްސަލައިގެ ޖިނާއީ ތަހުގީގެއް ހިންގަމުން އަންނަކަމަށް ފުލުހުން  ބުނެފިއެވެ.

މެންދުރު ޓީވީއަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ނުލިބޭ ބަޔަކަށް އެޗްޑީސީން ގޯތިތަކެއް ދީފައިވާކަމަށް ބެލެވޭ މައްސަލައެއް ފެންމަތިވުމާ ގުޅިގެން އެ މައްސަލައިގެ ޖިނާއީ ތަހުގީގެއް ފުލުހުން ކުރަމުން އަންނަ ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

އިތުރު ތަފްސީލެއް ފުލުހުން އާއްމުކޮށްފައެއް ނުވެއެވެ.

މިކަން އެނގުނީ އޭގެ ތެރެއިން ދެ ބިމެއްގެ އިންފާރު ރޭނުމުގެ ހުއްދަ އަށް ހައުސިން މިނިސްޓްރީގައި އެދުމުން، އެއީ އެ ސްކީމުގެ ދަށުން ދޫކުރި ގޯތިތަކެއް ނޫން ކަމަށް މިނިސްޓްރީން އެޗްޑީސީއަށް އެންގުމުންކަމަށް މެންދުރުޓީވީއަށް އެނގިފައިވެއެވެ.

މައްސަލައިގެ ތަހުގީގަށް އެޗްޑީސީގައި ފުލުހުން ދަނީ ހަރަކާތްތެރިވަމުންނެވެ.

ބިންވެރިޔާ ސްކީމްގެދަށުން މިހާތަނަށް ހުޅުމާލެއިން 689 ގޯތި ހަވާލުކޮށްފައިވާކަމަށް ގެދޮރުވެރިކަމާ ބިމާ އުމްރާނީ ތަރައްޤީއާއި ބެހޭ ވުޒާރާއިން ވަނީ ބުނެފައެވެ.

މާލޭގެ ރައްޔިތުންނަށް އަމާޒުކޮށްގެން ކުރިއަށްގެންދިޔަ ބިންވެރިޔާ ސްކީމްގައި 9،000 އަށްވުރެ ގިނަ ގޯތި މާލެ ސަރަޙައްދުން ދޫކުރުމަށް ވަނީ ކަނޑައަޅާފައެވެ. އެއީ ހުޅުމާލެއިން 1،351 ގޯތި، ގުޅީފަޅުން 2،218 ގޯތި އަދި ގިރާވަރު ފަޅުން 5،432 ގޯއްޗެވެ. ނަމަވެސް ގިރާވަރުފަޅުން ގޯތި ލިބުނު މީހުންގެ ތެރެއިން 1،096 ގޯތި، ސަރުކާރުން މިހާރު ވަނީ ގުޅިފަޅަށް ބަދަލުކޮށްދީފައެވެ.

ހުޅުމާލޭގައި މިވަގުތު ބިން ދޫކުރަނީ ފޭސް 2 އިން ހިއްކާފައިވާ ސަރަޙައްދުންނެވެ. އަދި ފޭސް 3 ގެ ގޮތުގައި ހިއްކަމުންދާ ބިމުންވެސް، އެ މަސައްކަތް ނިމުން ގޯތި ދޫކުރާނެއެވެ.

މި މައްސަލަ ބެލުމަށް ސަރުކާރަށް ނިސްބަތްވާ މެމްބަރުންވެސް އަންނަނީ ގޮވާލަމުންނެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ފޭސް2 ގެ ކަރަންޓު ނެޓްވަރކާއި ސްޓެލްކޯ އިން ހަވާލުވެއްޖެޚަބަރު | 2 ދުވަސް ކުރިންގޯތި ނުލިބޭ ބަޔަކަށް ގޯތި ދިން މައްސަލައެއްގައި ފުލުހުން ޖިނާއީ ތަހުގީގެއްކުރަނީ ޚަބަރު | 2 އަހަރު ކުރިން