ހުޅުމާލޭގެ 220 އެޕާޓްމަންޓްގައި ރެއިލިން ހަރުކޮށްފި
18 އޮކްޓޯބަރު 2026 - 13:34

އެޗްޑީސީން ބަލަހައްޓަމުންދާ ހުޅުމާލޭގެ އެއްމެދު އިމާރާތްތަކުގެ ރެއިލިން ހަރުކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ދަށުން 220 އެޕާޓްމަންޓުގައި ރެއިލިން ހަރުކޮށްފި އެވެ.
ރެއިލިން ހަރުކުރުމުގެ މަސައްކަތް ފެށީ އިމާރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން ކުރާ ކަމެއްގެ ގޮތުގައެވެ.
ހުޅުމާލޭގެ އެއްމެދު އިމާރާތްތަކުގައިވާ އެޕާޓްމަންޓްތަކުގެ ކުޑަދޮރުތަކާއި ބެލްކަނިތަކުގައި ރެއިލިން ހަރުކުރުމަށް ބޭނުންވާ ފަރާތްތަކުން އެޗްޑީސީގެ އެހީތެރިކަން ބޭނުންވާނަމަ އެ ފުރުސަތު ހުޅުވާލީ މިދިޔަ ސެޕްޓެމްބަރު 30 ވަނަ ދުވަހުގެ ނިޔަލަށެވެ.
.png&w=750&q=75)
Ad by Hajj Corporation
އެޗްޑީސީން ބުނީ ހުޅުވާލި ފުރުސަތުގައި 1,011 އެޕާޓްމަންޓެއްގައި ރެއިލިން ހަރުކުރުމަށް އެހީތެރިކަމަށް އެދުނު ކަމަށެވެ.
އެޗްޑީސީން މިހާތަނަށް ވަނީ 220 އެޕާޓްމަންޓެއްގެ 273 ކުޑަދޮރުގައި ރެއިލިން ހަރުކޮށްދީފަ އެވެ. ބާކީ ހުރި ތަންތަނުގައިވެސް ރެއިލިން ހަރުކުުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް އެޗްޑީސީން މައުލޫމާތު ދީފައިވެ އެވެ.
އެޗްޑީސީން ބަލަހައްޓަމުންދާ ހުޅުމާލޭގެ އެއްމެދު އިމާރާތްތަކުގައި ރެއިލިން ހަރުކުރުމުގެ މަސައްކަތް ފެށީރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެދިވަޑައިގަތުމަކަށެވެ.

-01.jpg&w=3840&q=75)
