logo
ކުޅިވަރު

އަންނަ އަހަރުގެ ކަލަންޑަރުގައިވާ ތާރީޚައް ފުޓްބޯޅަ ސީޒަން ފެށޭނެކަން ޔަޤީން ނުވާތީ މާޒިޔާއިން ކުލަބުގެ ޕްރެކްޓިސްތައް މެދުކަނޑާލައިފި

އަބްދުﷲ ޣާނިމް
18 ޑިސެމްބަރު 2024 - 12:05
މާޒިޔާއިން  ޕްރެކްޓިސް ކުރަނީ . ފޮޓޯ: މާޒިޔާ ސްޕޯރޓްސް އެންޑް ރެކްރިއޭޝަން ކުލަބު
މާޒިޔާއިން ޕްރެކްޓިސް ކުރަނީ . ފޮޓޯ: މާޒިޔާ ސްޕޯރޓްސް އެންޑް ރެކްރިއޭޝަން ކުލަބު

2025 ވަނަ އަހަރުގެ ފުޓްބޯޅަ ކަލަންޑަރުގައި އެފް.އޭމ.އެމް އިން ހިމަނާފައިވާ ތާރީޚަށް އާ ފުޓްބޯޅަ ސީޒަން ފަށާނެކަމުގެ ޔަޤީންކަމެއް ނެތުމުގެ ސަބަބުން މާޒިޔާގެ ޕްރެކްޓިސްތައް މެދުކަނޑާލައިފިއެވެ.

 

Ad by Hajj Corporation

Ad by Hajj Corporation

މީގެ ކުރިން އެފް.އޭ.އެމް އިން ހުށަހަޅާފައިއޮތީ އަންނަ އަހަރުގެ ޖަނަވަރީ މަހުގައި ފުޓްބޯޅަ ސީޒަން ފެށުމަށެވެ. އެކަމަކު ފުޓްބޯޅަ ސީޒަން އެތާރީޚައް ފައްޓާނެކަން ރަސްމީކޮށް އެފް.އޭ.އެމް އިން އަންގާފައިނުވެއެވެ.

 

އައު ސީޒަނާއި ދިމާކޮށް ޕްރެކްޓިސް ފެށައިގެން ކުރިޔަށްގެންޑާ ހަމައެކަނި ޓީމަކީ މާޒިޔާއެވެ. އެގިތުން ނޮވެންބަރު މަހުގެ ފަހުކޮޅުންފެށިގެން މާޒިޔާއިން އަންނަނީ އައު ސީޒަނަށް ތައްޔާރުވަމުންނެވެ.

 

ރާއްޖޭގެ ފުޓްބޯޅަ ސީޒަން މެދުކަނޑާލެވިފައިވާތަން މިހާރު އެއްއަހަރުވެއްޖެއެވެ. އެފް.އޭ.އެމް ގެ ތެރޭގައި ހުރި މައްސަލަތަކާއި އެހެނިހެން ކަންމާއި ގުޅިގެން ރާއްޖޭގެ ފުޓްބޯޅަ ވަނީ ވަރަށް ބޮޑަށް ހުއްޓިފައެވެ. އެގޮތުން މިކަމާއި ގުޅިގެން ފުރަތަމަ ޑިވިޝަނުގެ ގިނަ ކުލަބުތަކުން ކުޅުންތެރިންނަށް މުސާރަ ދިނުމުގެ މައްސަލަތަކާއިވެސް ކުރިމަތިވެފައިވެއެވެ.

 

މިކަންކަމާއި ގުޅިގެން ބޮޑު ފުޓުބޯޅަ ދިރުވުމަށް ސްޕޯރޓްސް މިނިސްޓްރީ އާއި ނައިންޓީ ޕްލަސްއިން ގުޅިގެން ގޯލްޑް ކަޕްގެ ނަމުގައި މުބާރާތެއްވެސް ދަނީ ބާއްވަމުންނެވެ. އަދި މި މުބާރާތުގައި ދިވެހިންގެ ހިތްތަކުގައި ފުޓްބޯޅަ އަށްދީފައިވާ ލޯބި ހާމަވެގެންދެއެވެ. އަދި މި މުބާރާތުގައި ފުރަތަމަ ޑިވިޝަނުގައި ވާދަކޮށްލެވޭ ފެންވަރުގެ ހުނަރުވެރި ގިނަ ފުޓުބޯޅަ ކުޅުންތެރިންތަކެއް ފެނިގެންގޮސްފައިވެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ސުޕާ ކަޕްގެ ކާމިޔާބީގެ އަސްލަކީ، އަޑިއަޅާލާފައި އޮތް ދިވެހި ފުޓުބޯޅައަށް އިންވެސްޓުކުރި މަދަދުގާރު މާޒިޔާ: މުބީންކުޅިވަރު | ދުވަހެއް ކުރިންއަލް އަރާބީ އަތުން ބަލިވެ މާޒިޔާ އަށް ޗެލެންޖް ލީގުގެ ގުރޫޕް ސްޓޭޖުގެ ފުރުސަތު ގެއްލިއްޖެކުޅިވަރު | މަހެއް ކުރިންއޭއެފްސީ ޗެލެންޖް ލީގުގެ ޕްރިލިމިނަރީ ބުރުގައި ކުވޭތުގެ އަލް އަރަބް އާދެކޮލަށް މާޒިޔާ މިއަދު ނިކުންނަނީކުޅިވަރު | މަހެއް ކުރިންކުޅުނު ތިން މެޗުންވެސް މޮޅުވެ، މާޒިޔާ އެއްވަނައިގައި ސެމީ ކަށަވަރުކުރުމާއި ގާތުގައިކުޅިވަރު | 4 މަސް ކުރިން