logo
E-Platinum
ޚަބަރު

ބޯޓަކުން ގެއްލުނު ފަޅުވެރިޔާ އަދިވެސް ނުފެނޭ

އަޙްމަދު ޒަލީފް
19 ޑިސެމްބަރު 2024 - 11:26
 ބޯޓަކުން ގެއްލުނު ފަޅުވެރިޔާ އަދިވެސް ނުފެނޭ

އައްޑޫއިން ފުރައިގެން މާލެއަށް ދަތުރު ކުރަމުންދިޔަ ބޯޓަކުން ގެއްލުނު ފަޅުވެރިޔާ އަދިވެސް ފެނިފައިނުވާ ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.

މިދިޔަ ހޯމަ ދުވަހުގެ ރޭ އައްޑޫއިން ފުރައިގެން މާލެއަށް ދަތުރު ކުރަމުންދިޔަ ބޯޓަކުންގެއްލުނު މި މީހާ ހޯދުމަށް 304 ނޯޓިކަލް މޭލު ސަރަހައްދެއް ވަނީ ބަލާފައެވެ.

އެ މީހާ ހޯދުމަށް އަންގާރަ ދުވަހު ފުވައްމުލަކުގެ އިރުއުތުރުން ކަނޑުގެ ސަރަހައްދުން 104 ނޯޓިކަލް މޭލުގެ ސަރަހައްދެއް، ސަދަން އޭރިއާ ސްކޮޑްރަން ގެ އުޅަނދުތަކުން ހިންގި ސާޗް އޮޕަރޭޝަން ގައި ބަލާފައިވެ އެވެ.

އެ މީހާ ހޯދުމުގެ މަސައްކަތް މިހާރު ވެސް އެމްއެންޑީއެފްއިން ކުރަމުންދާއިރު އެކަމާ ގުޅިގެން އެންމެ ފަހުން ދިން މައުލޫމާތުގައި އެމްއެންޑީއެފުން ބުނީ އިއްޔެ 200 ނޯޓިކަލް މޭލު ސަރަހައްދެއް ބެލިފައިވާ ކަމަށާއި އެ އޮޕަރޭޝަން ކުރިއަށް ގެންގޮސްފައިވަނީ ކަނޑުމަގުން ކަމަށެވެ.

ފުލުހުން މީގެ ކުރިން ހާމަކޮށްފައިވާ ގޮތުގައި މި މީހާ ބޯޓުގައި ނެތްކަން އެނގިފައިވަނީ އައްޑޫއާ ފުވައްމުލަކު ސިޓީއާ ދެމެދު ކަނޑުމަތިން ކަމަށެވެ.

އަދި އޭރު ބޯޓު އޮތީ ފުވައްމުލަކު ސިޓީއާ 8 މޭލަށް ކައިރީގައި ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް ވެސް ފުލުހުން ބުނެފައިވެ އެވެ.

Regional Airports
ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޑިންގީއެއް ބަންޑުން ޖަހާލައި ކަނޑުވި ދެމީހަކު ސަލާމަތް ކޮށްފިޚަބަރު | 7 ދުވަސް ކުރިންކަނޑުމަތީގެ 7 ހާދިސާއެއް، ގައްދޫން ގެއްލުނު މީހާ އަދިވެސް ނުފެނޭ!ޚަބަރު | 14 ދުވަސް ކުރިންހިތަދޫ އޯޝަން އެކްސްޕްރެސް އަޑިއަށް ހިނގައްޖެ، މީހުން ސަލާމަތްކޮށްފި ޚަބަރު | 15 ދުވަސް ކުރިންރާއްޖޭގެ މޫދުގައި ހިނގާ އެކި ޙާދިސާތަކުގައި މަރުތައް އަހަރުން އަހަރަށް ވީ ގިނަޚަބަރު | 17 ދުވަސް ކުރިން