logo
E-Platinum
ޚަބަރު

ކަނޑުމަތީގެ 7 ހާދިސާއެއް، ގައްދޫން ގެއްލުނު މީހާ އަދިވެސް ނުފެނޭ!

އާމިނަތު ޝަފާ
11 ޖުލައި 2025 - 04:44
ކަނޑުމަތީގެ 7 ހާދިސާއެއް، ގައްދޫން ގެއްލުނު މީހާ އަދިވެސް ނުފެނޭ!

ކަނޑުމަތީގެ ހަތް ހާދިސާއެއްގެ ރިޕޯޓު އިއްޔެ ލިބުނު ކަމަށް އެމްއެންޑީއެފް ކޯސްޓް ގާޑުން ބުނެފި އެވެ.

މޫސުން ގޯސްވެ، ކަނޑުގަދަވުމުގެ ސަބަބުން ސިފައިންނަށް ރިޕޯޓު ކުރި ހާދިސާތަކުގެ ތެރެއިން ގދ. ގައްދޫން ފުރައިގެން އެ ރަށް ކައިރީގައި އޮންނަ ގަމަށް ދަތުރުކުރަނިކޮށް ގެއްލުނު އުމުރުން 75 އަހަރުގެ ޒަކަރިއްޔާ މުހައްމަދު އަދިވެސް ނުފެންނަކަމަށް ސިފައިން ވަނީ ބުނެފައެވެ.

އޭނާ ހޯދުމުގެ މަސައްކަތް ސަދަން އޭރިއާ ކޮމާންޑު، ކޯސްޓް ގާޑު ފޯތު ސްކޮޑްރަން އިން ކުރަމުން އަންނަ ކަމަށް ސިފައިން ބުނެއެވެ.

މީގެ އިތުރުން އެމްއެންޑީއެފް ކޯސްޓް ގާޑުން ބުނިގޮތުގައި އިއްޔެގެ މެންދުރު 12 އިން ރޭގެ 11 އާ ހަމައަށް ކަނޑުމަތީގެ7 ހާދިސާއެއްގެ ރިޕޯޓު ލިބުނެވެ.

އެގޮތުން ރ. އުތުރުމާފުށި ރިސޯޓުން ކެނޯއެއްގައި ދަތުރުކުރި މީހަކު ގެއްލުނު ކަމުގެ ރިޕޯޓެއް ވެސް އިއްޔެ ލިބުނެވެ. އެކަމަކު، އެ މީހާ ފަހުން ވަނީ ފަތާފައި ގޮސް ރ. ދުވާފަރަށް އަރައިފަ އެވެ. އަދ. ތ. ވިލުފުށި "ވިލުރޯދި" ގެއްލުނު ކަމުގެ ރިޕޯޓު ލިބިފައިވީ ނަމަވެސް ރޭގެ ދަންވަރު 2 ޖަހާކަންހާއިރު އެ ދޯނި ވިލުފުއްޓަށް އަނބުރާ ވަދެފައިވާ ކަމުގެ ރިޕޯޓު ލިބިފައިވާ ކަމަށް ކޯސްޓް ގާޑުން ބުންޏެވެ.

އިތުރު ހާދިސާތަކަށް ބަލާއިރު އަރިއަތޮޅު ކައިރިން 4 މީހުންނާ އެކު ދަތުރުކުރަމުން ދިޔަ ދޯންޏެއްގެ އިންޖީނު ހުއްޓުމާއި 22 ގެސްޓުންނާއި 15 ފަޅުވެރިންނާ އެކު ބ. ދަރަވަންދޫ ކައިރިން ދަތުރުކުރި ސަފާރީއެއް ދިޔަވުމުގެ ހާދިސާ އާއި 8 ދިވެހިންނާއި ހަތަރު ބިދޭސީންނާ އެކު މާލެ އިން ލ. ހިތަދު އަށް ދަތުރުކުރި މުދާ އުފުލާ ބޯޓެއް ކަމަށްވާ "އޯޝަން އެކްސްޕްރެސް" އަޑިޔަ ދިޔަ ކަމުގެ ރިޕޯޓެއް ވެސް ލިބުނު ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

މި ދުވަސްވަރު ރާއްޖޭގެ ހުޅަނގުގައި އުފެދިފައިވާ ކޮޅިގަނޑެއްގެ ބާރުގަދަވެ، ރާއްޖޭގެ އެކި ހިސާބުތަކަށް ކުރިއަށް އޮތް ދެ ދުވަހެ ވެސް މޫސުން ގޯސްވާނޭކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ލަފާކޮށްފައިވާތީ، ކަނޑު ދަތުރުފަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުކަން ދެއްވުމަށް އެމްއެންޑީއެފްއިން އަންނަނީ އިލްތިމާސްކުރަމުންނެވެ.  ކަނޑުމަގުން ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި އެހެން ދަތުރުތައް ނުކުރުމަށާއި، ކޮންމެހެން ދަތުރުކުރަންޖެހޭ ފަރާތްތަކުން ވެސް، ދަތުރުކުރައްވާއިރު މޫސުމަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމަށް އެމްއެންޑީއެފް ކޯސްޓްގާޑުން އިލްތިމާސްކުރަމެވެ. އަދި، ރޭގަނޑު ދަތުރުނުކުރުމަށާއި، މޫސުން ތަން ނުދޭނަމަ މޫސުން ރަނގަޅު ވަންދެން ދަތުުރު ފަސްކޮށްލުމަށާއި، މޫސުމާ ބެހޭ ޤައުމީ އިދާރާއިން ރީނދޫ ނުވަތަ އޮރެންޖު ސަމާލު ނުރެފައިވަނިކޮށް ދަތުރު ނުކުރުމަށް ވެސް އެމްއެންޑީއެފް ކޯސްޓްގާޑުން ވަނީ އިލްތިމާސްކޮށްފައެވެ.

Regional Airports
ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޑިންގީއެއް ބަންޑުން ޖަހާލައި ކަނޑުވި ދެމީހަކު ސަލާމަތް ކޮށްފިޚަބަރު | 8 ދުވަސް ކުރިންކަނޑުމަތީގެ 7 ހާދިސާއެއް، ގައްދޫން ގެއްލުނު މީހާ އަދިވެސް ނުފެނޭ!ޚަބަރު | 15 ދުވަސް ކުރިންގަވާއިދާ ހިލާފަށް ރާއްޖޭގެ ސަރަހައްދުގައި އުޅުނު ބޭރުގެ 2 މަސްބޯޓް އަތުލައިގެންފި ޚަބަރު | މަހެއް ކުރިންބާރަށު ކައުންސިލްގެ އިލްތިމާސް: ގޮތްނޭނގޭ އުޅަނދުތަކަށް ނާރާ ޚަބަރު | 6 މަސް ކުރިން