logo
ޚަބަރު

ރާއްޖޭގެ މޫދުގައި ހިނގާ އެކި ޙާދިސާތަކުގައި މަރުތައް އަހަރުން އަހަރަށް ވީ ގިނަ

އަޙްމަދު ސަދޫފް މޫސާއަޙްމަދު ސަދޫފް މޫސާ
8 ޖުލައި 2025 - 12:18
ރާއްޖޭގެ މޫދުގައި ހިނގާ އެކި ޙާދިސާތަކުގައި މަރުތައް އަހަރުން އަހަރަށް ވީ ގިނަ

މޫދުގައި ހިނގާ އެކި ޙާދިސާތަކުގައި މަރުވާ މީހުންގެ ޢަދަދު އަހަރަކަށް ވުރެ އަހަރެއް އިތުރުވަމުން އަންނަ ކަމަށް ފުލުހުންގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޤަވާއިދު ކޮމިޓީގައި މި ތަފާސް ހިސާބުތައް ހިއްސާކުރައްވައި، އެކަމުގެ ކަންބޮޑުވުން މަޖިލީހުގެ މެންބަރުން ވަނީ ފާޅުކޮށްފައެވެ. އެގޮތުން އެ ތަފާސް ހިސާބުތައް ހިއްސާކުރައްވައި، ފަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އެކުލަވައިލަންޖެހޭ ގަވާއިދުތައް ހަރުދަނާ ކުރުމަށް މިއަދުގެ މަޖިލީހުގައި މެންބަރުން ވަނީ ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ބޭފުޅުންގެ ކިބައިން އެދިވަޑައިގަންނަވައިފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެގޮތުން މިއަދުގެ މަޖިލީހުގައި ހިއްސާކުރި  2020ވަނަ އަހަރުން ފެށިގެން މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ނިޔަލަށް މޫދުގައި ހިނގި ޙާދިސާތަކުގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުން،  އެ މުއްދަތުގެ ތެރޭގައި މޫދުގައި ހިނގާ އެކިއެކި ހާދިސާތަކުގައި 112 މީހުން މަރުވިއެވެ. އެއީ:

  • ޑައިވިން/ ސްނޯކްލިންއަށް ގޮސް އުޅެނިކޮށް ކަނޑުގައި ދުއްވާ އުޅަނދުގައި ޖެހިގެން 1 މަރު
  • ޑައިވިން/ ސްނޯކްލިންއަށް ގޮސް އުޅެނިކޮށް ކަނޑުގައި ދުއްވާ އުޅަނދުގައި ޖެހި އަނިޔާވުމުގެ 9 ހާދިސާ
  • ގެނބިގެން 68 މަރު
  • ޑައިވިން/ ސްނޯކްލިންއަށް ގޮސް އުޅެނިކޮށް 42 މަރު
  • މޫދަށް ވެއްޓިގެން ހިނގި 1 މަރު.

 

މީގެ އިތުރުން، އެ ހަތަރު އަހަރުގެ ތެރޭގައި ގެނބިގެން މަރުވި ޙާދިސާތައް ވެސް އަހަރަަކަށް ވުރެ އަހަރެއް އިތުރުވެފައިވާކަން އެ ތަފާސް ހިސާބުތަކުން ދައްކައެވެ. އެގޮތުން:

  • 2020: 03 މަރު
  • 2021: 13 މަރު
  • 2022: 12 މަރު
  • 2023: 19 މަރު
  • 2024ގެ އޮކްޓޫބަރު މަހުގެ ނިޔަލަށް: 21 މަރު

 

މި ތަފާސް ހިސާބުތަކާ ގުޅިގެން މިއަދުގެ ކޮމެޓީގައި ފަތުރުވެރިކަމާ ބެހޭ ވުޒާރާގަ ފަރާތުން ވަނީ، ފިޔަވަޅުތައް ހަރުދަނާކޮށް ތަންފީޒުކުރުން ހަރުދަނާކުރާނެ ކަމުގެ ޔަގީންކަން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ދެއްވާފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރައްޔިތުންގެ ހިޔާލު ހޯދާ ބިލުގެ މަސައްކަތް މާދަމާގެ އެޖެންޑާއަށްޚަބަރު | 7 ގަޑިއިރު ކުރިންޝިއާރުތައް ހިމެނޭ ބެނާތައް ދެމުން އެންމެ އައުލާކަން ބޮޑީ އެމްޑީޕީ ހަރުގެ ކުރިމަތީގަ: ޝުޖާޢުޚަބަރު | 7 ގަޑިއިރު ކުރިންފަލާހް ޒުވާނުންނަށް: ގަދަޔަށް ސޯޝަލް މީޑިއާ ބޭނުންކުރޭ، މީޑިއާ ބިލުން ނުރައްކަލެއްނެތް ޚަބަރު | 2 ދުވަސް ކުރިންހޯމަ ދުވަހު، މަޖިލީހުގެ ދައުރުން ބޭރު ޖަލްސާއެއް ބާއްވަނީޚަބަރު | 3 ދުވަސް ކުރިން