logo
MPL

MPL

ޚަބަރު

ހަފްތާ ބަންދުގައި މޫސުން ގޯސްވާނެ

އަޙްމަދު ޒަލީފް
19 ޑިސެމްބަރު 2024 - 11:53
ހަފްތާ ބަންދުގައި މޫސުން ގޯސްވާނެ

ކުރިއަށް އޮތް ހަފްތާ ބަންދުގައި މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް މޫސުމަށް ސަމާލު ވުމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން އިލްތިމާސް ކޮށްފިއެވެ.

މި ދުވަސްވަރަކީ ރާއްޖެ ސަރަހައްދަށް ހުޅަނގު މޫސުން ނިމި، އިރުވައި މޫސުން ފެށޭ ދުވަސްވަރު ކަމަށްވާތީ މިދުވަސްވަރު ކޮޅިގަނޑުތައް އުފެދުމުގެ ފުރުސަތު ބޮޑެވެ.

Ad by Hajj Corporation

Ad by Hajj Corporation

ބުރާސްފަތި، ހުކުރު، ހޮނިހިރު، އާދިއްތަ ދުވަހު ވަރަށް ބޮޑަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެ މެޓުން މީގެކުރިންވެސް ބުނެފައިވެއެވެ.

މެޓު އޮފީހުން ބުނީ ހަފްތާ ބަންދުގައި ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް މޫސުން ގޯސްވާނެކަމަށް ލަފާ ކުރެވޭ ކަމަށެވެ. އެގޮތުން ހުކުރު އަދި ހޮނިހިރު ދުވަހު ރާއްޖޭގެ އުތުރުގެ އަތޮޅުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށް ވަނީ ލަފާ ކޮށްފައެވެ.

އަދި މެދުރާއްޖެ ތެރެއާއި ދެކުނުގެ އަތޮޅުތަކަށް ހަފްތާ ބަންދުގައި ގަދަވަޔާއެކު ވިއްސާރަ ކުރާނެ ކަމަށް މެޓުން ވަނީ ލަފާކޮށްފައެވެ.

ކަނޑު ގަދަވުމުގެ ސަބަބުން ބައެއް ރަށްރަށަށް އުދައިގެ އަސަރު ކުރުން އެކަށީގެންވާކަމަށް ވެސް ވަނީ ލަފާކޮށްފައެވެ.

މެޓުން ބުނިގޮތުގައި މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރަ އަލިވާނެކަމަށް ލަފާކުރެވެނީ އަންނަ ހަފްތާގެ ހޯމަދުވަހުން ފެށިގެންނެވެ. އެހެންވެ ކަނޑު ދަތުރުފަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެ އިދާރާއިން އިލްތިމާސްކޮށްފައިވެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ފެންބޮޑުވި ރަށްރަށަށް އެހީވުމަށް ފުލުހުން ނުކުމެއްޖެޚަބަރު | 13 ދުވަސް ކުރިންކ. އަތޮޅުން ފެށިގެން ވ. އަތޮޅަށް އޮރެންޖް ސަމާލު: ކުރިއަށް އޮތް 24 ގަޑިއިރު މޫސުން އިތުރަށް ގޯސްވާނެ!ޚަބަރު | 15 ދުވަސް ކުރިންމޫސުން: ވިއްސާރަ އަލިވާން ފަށާނީ އާދީއްތަ ދުވަހުން ފެށިގެންޚަބަރު | 20 ދުވަސް ކުރިންމޫސުން: ވިއްސާރަ އަލިވާން ފަށާނީ އާދީއްތަ ދުވަހުން ފެށިގެންޚަބަރު | މަހެއް ކުރިން