90 ޕްލަސް ގޯލްޑް ކަޕް: މާފުށި ބަލިކޮށް ސެމީގެ ފަހުޖާގަ އައްޑޫ ސިޓީއަށް

ރޭގެ މެޗުތެރެއިން. ފޮޓޯ: އަބްދުﷲ އަބީދު | ވަގުތު

20 ޑިސެމްބަރު 2024 - 05:45
ގޯލްޑް ކަޕްގެ ކުއާޓަރ ފައިނަލް މެޗުގައި ރޭގައި މާފުސި ބަލިކޮށް ސެމީގެ ފަހުޖާގަ އައްޑޫ ސިޓީއިން ހޯދައިފިއެވެ. މިމެޗު އައްޑޫ ސިޓީއިން ކާމިޔާބުކުރީ 3-0 އިންނެވެ.
ފުރަތަމަ ހާފުގައި ދެޓީމުންވެސް ފެނުނީ ދާދި ހަމަހަމަ ކުޅުމެކެވެ. އަދި ދެޓީމަށްވެސް ވަނީ ލަނޑުޖަހާނެ ރަނގަޅުފުރުސަތުތަކެއް ލިބި ބޭނުންކުރެވޭގޮތް ނުވެފައެވެ. އައްޑޫ ސިޓީގެ ފުރަތަމަ ގޯލު ކާމިޔާބުކޮށްދިނީ މެޗުގެ 71 ވަނަ މިނެޓުގައި އިސްމާޢީލް އީސަ (މެސީ) ޖެހި ހިލޭޖެހުމަކުންނެވެ. އަދި އޭގެ 5 މިނެޓުފަހުން އައްޑޫ ސިޓީއަށް ލިބުނު ކޯނަރަކުން މުހައްމަދު ހާޒިމް ވަނީ އިތުރު ގޯލެއްޖަހައި ލީޑު ފުޅާކޮށްދީފައެވެ. އައްޑޫ ސިޓީގެ ފަހުގޯލު ޖެހީ މެޗުގެ 91 ވަނަ މިނެޓުގައި އިބްރާހިމް ވަހީދު ހުސައިންއެވެ.
ރޭގެ މޮޅާއެކު އައްޑޫ ސިޓީ ސެމީ ފައިނަލުގައި ވާދަކުރާނީ އަލިފުއްޓާއި ދެކޮޅަށެވެ. މިމެޗު ކުޅޭނީ އަންނަ ހޮނިހިރު ދުވަހުގެ ރޭގަނޑު ގަޑީގައެވެ.
އިތުރު ލިޔުންތައް

90 ޕްލަސް ގޯލްޑް ކަޕް 2024 - މުބާރާތް ހުޅުވިމެޗު ފުވައްމުލަކުން ކާމިޔާބުކޮށްފި
6 މަސް ކުރިން
90 ޕްލަސް ގޯލްޑް ކަޕް: ފަރެސްމާތޮޑާ އަތުން މީދޫ މޮޅުވެއްޖެ
6 މަސް ކުރިން
90 ޕްލަސް ގޯލްޑް ކަޕް: މާލޭ ޓީމުން މުބާރާތް ފެށީ ގަދަކޮށް
6 މަސް ކުރިން