logo
E-Platinum
ޚަބަރު

ޗާގޯސް މޮރިސަސްއާ ހަވާލުކުރަންވާނީ އިތުރު މައްސަލައެއް ނުޖެހޭގޮތަށް: ނަޝީދު

އާމިނަތު ޝަފާ
20 ޑިސެމްބަރު 2024 - 09:20
ކުރީގެ ރައީސް ނަޝީދު
ކުރީގެ ރައީސް ނަޝީދު

ޗާގޯސް މޮރިސަސްއާ ހަވާލުކުރަންޖެހޭނީ މޮރިޝަސް އާއި ޗާގޯސް ރަށްތަކުގެ ކައިރީގައި ދެން އޮންނަ އިތުރު ގައުމުތަކާ މައްސަލައެއް ނުޖެހޭގޮތަށްކަމަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިފަދައިން ވިދާޅުވެފައިވަނީ ޗާގޯސް އައިލެންޑްސް އެއްބަސްވުމާ ގުޅިގެން މޮރިޝަސްގެ ބޮޑުވަޒީރު އިނގިރޭސިވިލާތާއެކު މަޝްވަރާތަކަށް އަލުން ހުޅުވާލުމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

މީގެ ކުރިން އިނގިރޭސިވިލާތުން ޗާގޯސް މޮރިޝަސްއާ ހަވާލުކުރަން ނިންމީ އެކަމާ ގުޅޭ ގޮތުން ބޭއްވި މަޝްވަރާތަކަށް ފަހު ، ބައިނަލްއަގުވާމީ ގޮތުން ކުރިމަތިވި ފިއްތުންތަކާ ގުޅިގެންނެވެ.

އިނގިރޭސިވިލާތުން ކުރިން ބުނެފައިވަނީ ޗާގޯސް މޮރިޝަސްއާ ހަވާލުކުރި ނަމަވެސް އެ އަތޮޅުގެ އެންމެ ބޮޑު ރަށް ކަމަށްވާ ޑިއޭގޯ ގާސިއާގައި ހިންގާ އެމެރިކާގެ އަސްކަރީ މަރުކަޒު ބެހެއްޓޭނެ ކަމަށެވެ.

މޮރިޝަސްގެ ވެރިކަމާ އަލަށް ހަވާލުވި ބޮޑުވަޒީރު ނަވީން ރަމްގޫލަމް ވިދާޅުވެފައިވަނީ މި އެއްބަސްވުމާ މެދު ޝައްކު އުފެދޭ ކަމަށެވެ. ވުމާއެކު އޭނާ ވަނީ އަލުން އިނގިރޭސިވިލާތާއެކު މަޝްވަރާއަށް ހުޅުވާލާފައެވެ.

މިކަމާ ގުޅިގެން ރައީސް ނަޝީދު ވިދާޅުވީ އިނގިރޭސި ވިލާތުން ޗާގޯސް ދޫކޮށްލަން ވާނީ އެ ކަމުގެ ސަބަބުން މޮރިޝަސް އާއި ޗާގޯސް ރަށްތަކުގެ ކައިރީގައި ދެން ހުރި ގައުމުތަކާ މެދު އިތުރު މައްސަލަތަކެއް ނުޖެހޭނެ ފަދަ ގޮތަކަށް ކަމަށެވެ. މި ނިންމުމާމެދު އިނގިރޭސި ވިލާތުގެ އަލުން ވިސްނުމަށްވެސް ވަނި ގޮވާލާފައެވެ.

ޗާގޯސްގެ ރަށްތައް މޮރިޝަސްއަށް ދޭން އިނގިރޭސިވިލާތުން އެއްބަސްވުމާ ގުޅިގެން މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ސިޓީފުޅެއް އެ ގައުމަށް ވަނީ ފޮނުއްވައިފައެވެ.

ޗާގޯސްގެ ސިޔާދަތީ ބާރު މޮރިޝަސްއަށް ލިބޭ ކަމަށް ބައިނަލްއަގުވާމީ ކޯޓުން ނިންމި ނިންމުމާއެކު، ޗާގޯސް އާއި ރާއްޖެއާ ދެމެދު އޮތް ކަނޑުގެ އިން ވަކިކުރުމަށް އިޓްލޮސްއަށް ހުށަހެޅި މައްސަލާގައި މޮރިޝަސް އާއި ރާއްޖެއާ ދެމެދު ފުށުއަރާ 95،000 އަކަ ކިލޯމީޓަރުގެ ސަރަހައްދެއް ވަނީ ބައިކޮށްފައެވެ.

އިޓްލޮސްގެ ނިންމުން އިސްތިއުނާފު ކުރުމަކީ މި ސަރުކާރުގެ ވައުދެކެވެ. އަދި މި މައްސަލަ ކުރިއަށް ގެންދިއުމަށް ކޮމިޓީއެއްވެސް އެކުލަވާލާފައިވާއިރު އެ ކޮމިޓީގައި އިސްކޮށް ހުންނަވަނީ ކުރީގެ ބަންޑާރަނައިބު މުހައްމަދު އަނިލެވެ.

Regional Airports
ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އެމްޑީޕީގައި ''ފަނި''އެޅުމުން ކުރިމަގު ގެއްލި އާންމު މެމްބަރުން ދެވަނަ ވިސްނުމަކަށްރިޕޯޓް | މަހެއް ކުރިންކެޔޮގަނޑުގެ ފޫވައް ވައްޓާނުލެވި، އުނބަށް ޖެއްސެވީތޯ؟ރިޕޯޓް | 4 މަސް ކުރިންޤާނޫނުއަސާސީ އިސްލާހުކުރުމުގެ ބާރު އޮންނަންވާނީ މަޖިލީހަށް: ނަޝީދުޚަބަރު | 5 މަސް ކުރިންއެމްޑީޕީއަކީ ދަރިއެއް ފަދަ ޕާޓީއެއް، ނަމަވެސް އަމަލީ މަސައްކަތްކުރާކަށް މިވަގުތު ނެތިން: ނަޝީދުޚަބަރު | 7 މަސް ކުރިން