logo
ދިވެހިރާއްޖެއާއި ފޯޅަވައްސާ ދެމެދުގައިވާ ކަނޑުގެ ސަރަޙައްދު - ރާއްޖެއިން ޢަމަލުކުރި ގޮތް ތަޙުޤީޤުކުރަން ރައީސުލްޖުމްހޫރިއްޔާ ޚާއްޞަ ކޮމިޝަނެއް އުފައްދަވައިފިMPL

MPL

ޚަބަރު

އދ.ގެ މަރުކަޒަށް ވަންނަން ފާސް ހޯދަން ރައީސް ނަޝީދު ރަސްމީކޮށް އެދިފައެއް ނުވޭ: ހާރިޖީ ވުޒާރާ

އާމިނަތު ޝަފާ
23 ސެޕްޓެމްބަރު 2025 - 08:31
ކުރީގެ ރައީސް މުޙައްމަދު ނަޝީދު
ކުރީގެ ރައީސް މުޙައްމަދު ނަޝީދު

އދ.ގެ އާންމު މަޖިލީހުގެ ހަވާސާގައި ބާއްވާ ބައްދަލުވުންތަކުގައި ބައިވެރިވެވަޑައިގަތުމަށް އެ ޖަމްޢިއްޔާގެ މައި މަރުކަޒަށް ވެންނެވުމަށް ރައީސް މުޙައްމަދު ނަޝީދަށް ބޭނުންފުޅުވާ ފާސް ހޯދުމަށް އެމަނިކުފާނުގެ އޮފީހުން ރަސްމީކޮށް އެދިވަޑައިގެންފައި ނުވާކަމަށް ދިވެހި ހާރިޖިއްޔާއިން ބުނެފިއެވެ.

ހާރިޖިއްޔާއިން މިފަދައިން ބުނެފައިވަނީ އދ.ގެ އާންމު މަޖިލީހުގެ ހަވާސާގައި ބާއްވާ ބައްދަލުވުންތަކުގައި ބައިވެރިވެވަޑައިގަތުމަށް އެ ޖަމްޢިއްޔާގެ މައި މަރުކަޒަށް ވެންނެވުމަށް ރައީސް މުޙައްމަދު ނަޝީދަށް ބޭނުންފުޅުވާ ފާސް ހޯދުމުގެ އިންތިޒާމު ހަމަޖައްސާ ދިނުމަށް ދިވެހި ސަރުކާރުން އިންކާރުކޮށްފައިވާކަމަށް ބުނެ ދައުރުވަމުންދާ ހަބަރުތަކާ ގުޅިގެންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

" އދ.ގެ އާންމު މަޖިލީހުގެ ހަވާސާގައި ބާއްވާ ބައްދަލުވުންތަކުގައި ބައިވެރިވެވަޑައިގަތުމަށް އެ ޖަމްޢިއްޔާގެ މައި މަރުކަޒަށް ވެންނެވުމަށް ރައީސް މުޙައްމަދު ނަޝީދަށް ބޭނުންފުޅުވާ ފާސް ހޯދުމަށް އެމަނިކުފާނުގެ އޮފީހުން މި މިނިސްޓްރީގައި ރަސްމީކޮށް އެދިވަޑައިގެންފައި ނުވާވާހަކަ ދަންނަވަމެވެ." ދިވެހި ހާރިޖިއްޔާ

ހާރިޖިއްޔާގެ ބަޔާނުގައި ބުނީ އެމަނިކުފާނަކީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމު އަދާކުރައްވާފައިވާ ބޭފުޅަކަށްވުމުން، ކުރީގެ ރައީސުންނަށް އަރުވަންޖެހޭ ފުރިހަމަ ޢިއްޒަތް އެމަނިކުފާނަށް ވެސް ގެންދަނީ އަރުވަމުންކަމަށެވެ. އެގޮތުން، ކަނޑައެޅިފައިވާ އުޞޫލުތަކުގެ ދަށުން، ބޭރުގެ ޤައުމުތަކަށް ކުރައްވާ ދަތުރުފުޅުތަކުގައި ހަމަޖައްސަންޖެހޭ އިންތިޒާމުތައް މި މިނިސްޓްރީއާއި އެ ޤައުމުތަކުގެ ރަސްމީ އިދާރާތަކާ ގުޅިގެން  މިހާތަނަށް ވެސް ވާނީ ހަމަޖައްސައިދީފައިކަން ވުޒާރާއިން ފާހަގަކުރެއެވެ.

އަދި ކުރިއަށް އޮތްތާނގައިވެސް، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަން ކުރައްވާފައިވާ ބޭފުޅުންނަށް ހަމަޖައްސަންޖެހޭ އެންމެހާ އިންތިޒާމުތައް ކަނޑައެޅިފައިވާ އުޞޫލުތަކުގެ ތެރެއިން ހަމަޖައްސަމުން ގެންދާނެ ކަމުގެ ޔަޤީންކަން ވުޒާރާއިންވަނީ އަރުވާފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އިމްރާންގެ ''ޓަކާ ޓަކާ''ގައި ޖެހި އެމްޑީޕީ މިތިބީ ހަތަރު އަނގޮޅިއެއްގައި: ނަޝީދުޚަބަރު | 37 މިނިޓު ކުރިންބޭރުމީހުންނަށް ނަފުރަތުކުރުމާއި ހަރުކަށި ވިސްނުންތައް އެމްޑީޕީން ބަލައިގަންނާތީ ރައީސް ނަޝީދު ކަންބޮޑުވުން ފާޅުކުރައްވަވައިފިޚަބަރު | 3 ގަޑިއިރު ކުރިންކީހާޅެން ފަރިއްސަށްވެ ތެލާ ފެން އެކުވެ ސަނާކިޔުމުގައިރިޕޯޓް | 2 މަސް ކުރިންނަޝީދުގެ ޝައުޤުވެރިކަން ހުންނެވީ ދައުލަތުގެ ވެރިއެއްގެ ގޮތުގައި ގައުމަށް ޚިދުމަތްކުރެއްވުމަށް!ޚަބަރު | 6 މަސް ކުރިން