logo
MPL

MPL

ރިޕޯޓް

ކީހާޅެން ފަރިއްސަށްވެ ތެލާ ފެން އެކުވެ ސަނާކިޔުމުގައި

މެންދުރު ޓީމް
24 އޯގަސްޓު 2026 - 11:43
ނަޝީދާއި ޔާމީން
ނަޝީދާއި ޔާމީން

ކުރީގެ ރައީސް ޔާމީން އަބުދުލްޤައްޔޫމާއި ކުރީގެ ރައީސް މުހައްމަދު ނަޝީދަކީ ވެސް ޒަމާނުއްސުރެ ރާއްޖޭގެ ތާރީޚް ދުށް އެންމެ ބޮޑު އެއް ސިޔާސީ ހަތުރުންކަން ތާރީޚް ހެކިދެއެވެ. ރައީސް ނަޝީދު ނުކުންނެވީ ރައީސް ޔާމީންގެ ޢާއިލީ ދިގު ވެރިކަމެއް ނިމުމަކަށް ގެންނަވާށެވެ. އެ ކެމްޕޭނުގައި އެންމެ ގިނަ ގައު އަމާޒުވި ބޭފުޅަކީ ޔާމީނެވެ. ޔާމީން މައުމޫންގެ ސަރުކާރުގެ ބާރުގައި ހުންނަނަވައި ނާޖާއިޒު އެތައް ކަމެއް ކުރެއްވި ކަމުގެ ތުހުމަތު އެޅުއްވިއެވެ. މި ހަތުރުވެރިކަން ޒަމާން ގެންގޮސްދިނީ ޖަލު ގޮޅި އަށެވެ. ޔާމީނަށް ވެރިކަން ލިބިވަޑައިގަތުމާއި އެކު ނަޝީދު ޖަލަށް ލެއްވިއެވެ. އެ ހިސާބުން ނަޝީދާއި އެމްޑީޕީއަށް ދުނިޔެމަތީގައި ހުރި އެންމެ ''ނުބައި އިންސާނާ'' ކަމުގައި ޔާމީން ސިފަކޮށްފަވެއެވެ. މިއީ އަޅުގަނޑުމެން ލިޔާ ވާހަކައެއްނޫނެވެ. ވީޑިއޯތަކާއި އޯޑިއޯތަކާއި ސޯސަލް މީޑިއާ ސްޓޭޓަސްތައް އެހެރީއެވެ.

މިއަދު އަޅުގަނޑުމެންގެ ސިޔާސީ މަސްރަޙުން ފެންނަމުންދާ މަންޒަރުތަކަކީ މީގެ ކުރިން ދުވަހަކުވެސް ފެނިދާނެ ކަމަށް އެއްވެސް މީހަކު ޚިޔާލުވެސް ކޮށްފައިނުވާ ފަދަ އާދަޔާޚިލާފު މަންޒަރުތަކެކެވެ. ދިވެހި ސިޔާސީ ޙަޔާތުގައި ޒަމާނުއްސުރެ އެންމެ ބޮޑު ދެ ހަތުރުންގެ ގޮތުގައި ފާހަގަކުރެވުނު ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާއި ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ސިޔާސީ ގުޅުމަށް އައިސްފައިވާ މި ބަދަލަކީ މިކަމުގެ އެންމެ ބޮޑު މިސާލެވެ. މިއަދު ފެންނަނީ ކީހާ ޅެމެއް ފަރިއްސަށްވެ، ތެލާއި ފެން އެކުވެ، އެއްބޭފުޅަކު އަނެއް ބޭފުޅަކަށް ސަނާގެ ގުލްދަސްތާތައް އޮއްސަވާ މަންޒަރެވެ.

Ad by Hajj Corporation

Ad by Hajj Corporation

އުޞޫލުތައް ފަހަނައަޅައި ދިޔުމާއި ފިކުރީ ފުށުއެރުން

ޒަމާނުއްސުރެ ރައީސް ޔާމީންގެ ވަކާލާތަކީ ''އެމްޑީޕީގެ ލާދީނީ ފިކުރާ އެކުގައި ސިޔާސީ އެއްދާން ނުކުރުމެވެ''. ބިނާކުރަނިވި ލީޑަރެއްގެ ޝަރުތެއްގެ ގޮތުގައި އެމަނިކުފާނު ސަޕޯޓަރުންނަށް ވިސްނައިދެއްވީ އެމްޑީޕީއާ ދުރުހެލިވުމެވެ. ރައީސް މައުމޫނު ޕީޕީއެމްގެ ސަޕޯޓަރުންނާ ދުރުކުރުމަށް ރައީސް ޔާމީން ބޭނުންކުރެއްވި އެންމެ ވަރުގަދަ ސިޔާސީ ހަތިޔާރަކީ ވެސް ރައީސް މައުމޫން އެމްޑީޕީގެ ލީޑަރުންނާއެކު ސިޔާސީ ގޮތުން އެއްގަލަކަށް އެރުއްވި ކަމަށް ބުނެ ދެއްކެވި ވާހަކަތަކެވެ. ނަމަވެސް، މިއަދު އަމިއްލަ ސިޔާސީ މަޤްޞަދުތައް އިސްކުރައްވައި، މީގެ ކުރިން ދެއްކެވި ހުރިހާ އުޞޫލުތަކާއި ހަމަތައް އެއްފަރާތްކޮށް، އެ ވިދާޅުވި އެމްޑީޕީގެ އިސް ލީޑަރުންނާ އެކު އަތުގުޅާލައްވާ، ފުޓްސަލް ކުޅުއްވައި ޅެން ފަރިހި ވިދާޅުވާ މަންޒަރު ފެނުމަކީ ޔާމީންގެ އަސްލު ސޫރަ ފެނުންކަމުގައި ނުބެނެވޭނެ ހެއްޔެވެ؟

ތެލާއި ފެން އެކުވުމުގެ ސިޔާސީ ކުޅިގަނޑު

އެއްވެސް އިރެއްގައި އެކުވެދާނެ ކަމަށް ނުބެލެވުނު ދެ ދުޝްމަނުން އެކުވުމުން މިއަދު ގިނަ ބަޔަކު ސުވާލު އުފައްދަނީ މިއީ ކޮން މަޤްޞަދެއްގައި ކުޅޭ ކުޅިގަނޑެއްތޯއެވެ؟ އެއް ބަޔަކު ބުނާ ގޮތުގައި މިއީ ހަމައެކަނި ވެރިކަމުގެ ބާރު ހޯދުމަށާއި، އަމިއްލަ އެދުން އިސްކޮށް ސިޔާސީ ގޮތުން ފައިދާ ލިބިގަތުމަށް ޖަހާ ސަކަރާތެއްކަމަށެވެ. މިއަދު ދެބޭފުޅުން ކޮނޑަށް އަތްލައްވައިގެން ސަނާ ކިޔަމުންދާއިރު، އިއްޔެ ދެއްކެވި ވާހަކަތަކާއި، ޤައުމަށްޓަކައި ކަމަށް ބުނެ ވަކާލާތުކުރެއްވި ކަންކަމަކީ ހަމައެކަނި ރައްޔިތުންގެ ލޮލުގައި އެޅުވި އަނދުނެއްކަން ސާބިތުވެއެވެ. އިންސާނާ ފޭރާން ލައިގެން އުޅެނީ ވެސް ކޮންމެވެސް ސަބަބަކާ ހުރެ ކަމަށް ބުނާ ބީދައިން، މިފަދަ ކުއްލި ބަދަލުތަކުގެ ފަހަތުގައި ވަނީ ފޮރުވިފައިވާ ބޮޑެތި އެޖެންޑާތަކެކެވެ.

ކުޅުއްވަން އުޅުއްވަނީ ކޮން ކުޅިއެއްކަމެއް ނޭނގޭ

ޚުލާޞާކޮށް ދަންނަވާނަމަ، ރާއްޖޭގެ ސިޔާސީ މަސްރަޙުގައި މިއަދު ފެންނަމުން މިދާ މަންޒަރަކީ ސިޔާސީ މަންފާއަށްޓަކައި ކޮންމެ ފަދަ އުޞޫލެއްވެސް ޤުރުބާން ކޮށްފާނެ ކަމުގެ ހިތި ހަޤީޤަތެވެ. ޒަމާންވީ ހަތުރުން މިތުރުންނަށްވެ، އެއްބަޔަކު އަނެއް ބަޔަކަށް ތަޢުރީފުކޮށް ސަނާ ކިޔުމަކީ ދިވެހި ރައްޔިތުން ސިޔާސީ ގޮތުން ހޭލުންތެރިވާންޖެހޭ ކަމެކެވެ. ސިޔާސީ ލީޑަރުންގެ ޢަމަލުތަކާއި ބަސްމަގަށް އަންނަ މިފަދަ ބޮޑެތި ބަދަލުތަކުން ހާމަވަނީ، އެބޭފުޅުންގެ އަމިއްލަ އެދުން ފިޔަވާ ދެވަނަ އެއްޗެއްނޫނެވެ. ނަޝީދާއި ޔާމީން އެކުވެ ކުޅުއްވަން އުޅުއްވަނީ ކޮން ކުޅިއެއްތޯ އެއްބަޔަކު އެބަ ސުވާލުކުރެއެވެ. 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކީހާޅެން ފަރިއްސަށްވެ ތެލާ ފެން އެކުވެ ސަނާކިޔުމުގައިރިޕޯޓް | 2 ގަޑިއިރު ކުރިންއަމިއްލަ އެދުން އިސްކުރާ ލީޑަރުންނާއި ސާބިތުވެތިބޭ އިޚްލާޞްތެރި ލީޑަރުން ރައްޔިތުންނަށް މިހާރު ވަކިކުރަން އެނގޭނެ: ޝުޖާޢުޚަބަރު | 2 ދުވަސް ކުރިންއެމްޑީޕީން ގެންނަން އުޅޭ "ބޮޑު ބަދަލަކީ" ގައުމަށް އޮތް ބޮޑު ތަކުލީފެއް: ޔާމީންޚަބަރު | 14 ދުވަސް ކުރިންރައީސް ޔާމީނާ ދެކޮޅަށް ހުށަހެޅި އާ ހެކިތަކާ މެދު ގޮތެއް ނިންމުން އަންނަ މަހުޚަބަރު | 2 މަސް ކުރިން