logo
Bank of Maldives

Bank of Maldives

ޚަބަރު

ޤާނޫނުއަސާސީ އިސްލާހުކުރުމުގެ ބާރު އޮންނަންވާނީ މަޖިލީހަށް: ނަޝީދު

މުހައްމަދު މޫސާމުހައްމަދު މޫސާ
19 ފެބްރުއަރީ 2025 - 08:20
ޤާނޫނުއަސާސީ އިސްލާހުކުރުމުގެ ބާރު އޮންނަންވާނީ މަޖިލީހަށް: ނަޝީދު

ޤާނޫނުއަސާސީ އިސްލާހުކުރުމުގެ ބާރު އޮންނަންވާނީ ރައްޔިތުންގެ މަޖިލީހަށް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނަޝީދު ޝޯސަލް މީޑިއާގައި ލިޔުއްވި ގޮތުގައި އެ މަނިކުފާނަށް ލަފާކުރެވިފައި އޮންނަ ގޮތުގައި ޤާނޫނު އަސާސީ އިސްލާހް ކުރެވޭނީ ރައްޔިތުންގެ މަޖިލީހަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

ނަޝީދު ވިދާޅުވި ގޮތުގައި، ޤާނޫނުއަސާސީ ބަދަލުކުރާނަމަ ފެންނަ ނުފެންނަ ވޯޓެއް ނަގަން ޖެހޭނެއެވެ. އަދި ޤާނޫނުއަސާސީ ބަދަލުކުރުމުގެ ބާރު އޮންނަންވާނީ ސީދާ ރައްޔިތުންނަށް ކަމަށް ވެސް ވިދާޅުވިއެވެ.

މި މައްސަލައާ ގުޅިގެން، ގާނޫނުއަސާސީއަށް މިދިޔަ އަހަރު ގެނައި އިސްލާހު ބާތިލްކުރުމަށް ކެންދޫ ދާއިރާގެ ކުރީގެ މެމްބަރު އަދި ވަކީލް އަލީ ހުސައިން ސުޕްރީމް ކޯޓަށް މައްސަލައެއް ހުށަހަޅުއްވާފައިވެއެވެ. މި މައްސަލައަށް ތަދައްހުލުވުމަށް އެމްޑީޕީގެ އިތުރުން ޑިމޮކްރެޓްސް ޕާޓީން ވެސް ހުށަހަޅާފައިވެއެވެ.

އެހެންނަމަވެސް، ޑިމޮކްރެޓްސް ޕާޓީން މި މައްސަލައިން ބޭރުވެފައިވާއިރު، އެ ޕާޓީގެ ރައީސް އިމްތިޔާޒު ފަހުމީ ވަނީ މި މައްސަލަ ސުޕްރީމް ކޯޓަށް ނުބެލޭނެ ކަމަށް ދާދިފަހުން ވިދާޅުވެފައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ބިދޭސީންނަށް ރަށްވެހިކަންދީ އައްޑޫގައި އާބާދީ އިތުރު ކުރުމަށް ނަޝީދުގެ ހުށަހެޅުމެއް ޚަބަރު | 2 މަސް ކުރިންއދ.ގެ މަރުކަޒަށް ވަންނަން ފާސް ހޯދަން ރައީސް ނަޝީދު ރަސްމީކޮށް އެދިފައެއް ނުވޭ: ހާރިޖީ ވުޒާރާޚަބަރު | 3 މަސް ކުރިންކުރީގެ ރައީސުންގެ އިނާޔަތް ކުޑަކުރަން ނަޝީދު ތާއީދު ކުރަށްވައިފިޚަބަރު | 3 މަސް ކުރިންއެއްވެސް ނޫސްވެރިއަކު ހައްޔަރެއް ނުކުރޭ، ދުރަށް ޖެއްސީ ނަސޭހަތް ދިނުމަށްފަހު: ވަޒީރު އިޙްސާންޚަބަރު | 4 މަސް ކުރިން