logo
MPL

MPL

ޚަބަރު

ނަޝީދަށް އީރާނުން ވަރުގަދަ ރައްދެއް!

މުހައްމަދު މޫސާމުހައްމަދު މޫސާ
12 ޖެނުއަރީ 2026 - 14:21
ނަޝީދަށް އީރާނުން ވަރުގަދަ ރައްދެއް!

އީރާނުގެ ރައްޔިތުން މަގުމައްޗަށް ނިކުމެ ކުރަމުންދާ މުޒާހަރާތަކުގައި މުސްލިމް ގައުމެއްގެ ހައިސިއްޔަތުން އެ ގައުމުގެ ރައްޔިތުންނާއެކު ތިބެންޖެހޭ ކަމަށާއި ހިމާޔަތް ކުރަންވީ އެ ގައުމުގެ ސަރުކާރު ނޫން ކަމަށް ވިދާޅުވެ، ރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ކުރެއްވި ޕޯސްޓަށް އެ ގައުމުގެ އެމްބަސީން ވަރުގަދަ ރައްދެއް ދީފިއެވެ.

ރައީސް ނަޝީދު ކުރެއްވި އެ ޕޯސްޓްގައި ވަނީ އީރާނުގެ ސަރުކާރުގެ ބަދަލުގައި ރައްޔިތުންނާއެކު ތިބުމަށް ބައިނަލްއަގްވާމީ މުޖުތަމައަށް ގޮވާލައްވާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ރައީސް ނަޝީދު ވިދާޅުވި ގޮތުގައި އީރާނުގެ ރައްޔިތުން މަގުމައްޗަށް ނުކުމެ ތިބީ ދިރިއުޅުމުގެ އަގުތައް ބޮޑުވުމާއި، އެކި ކަންކަމުގައި ހުރި ހިފެހެއްޓުންތަކުން ސަލާމަތްވުމަށެވެ. މި މައްސަލައިގައި ބައިނަލްއަގްވާމީ މުޖުތަމައުން އީރާނުގެ ރައްޔިތުންނަށް އެހީތެރިވާންޖެހޭ ކަމަށް އެމަނިކުފާނު ވަނީ ބާރުއަޅުއްވާފައެވެ.

ނަޝީދުގެ މި ވާހަކަތަކަށް ރައްދުދީ، ލަންކާގައި ހުންނަ އީރާނު އެމްބަސީން ވަނީ ޒަޔަނިސްޓު ބާރުތަކުން އެ ގައުމަށް ދިން ހަމަލާތަކުގެ ވާހަކަ ފާހަގަކޮށްފައެވެ. އެމްބަސީން ބުނި ގޮތުގައި އީރާނުގެ ސިޓީތަކަށާއި އާންމުންނަށް އަމާޒުކޮށް ދިން ހަމަލާތަކުގައި އެތައް ބަޔަކު ވަނީ ޝަހީދުވެފައެވެ. އަދި ޒަޔަނިސްޓް ބާރުތަކުން ހިންގާ ހަމަލާތަކާ ދެކޮޅަށް އީރާނުގެ ރައްޔިތުން ސާބިތުކަން ދައްކަމުންދާ ކަމަށްވެސް އެމްބަސީން ހާމަކުރިއެވެ.

އީރާނު އެމްބަސީން އިތުރަށް ތުހުމަތު ކުރި ގޮތުގައި، އެމެރިކާގެ އެހީތެރިކަމާއެކު އީރާނުގެ މަގުތަކުގައި ހަމަނުޖެހުން އުފައްދައި، ރައްޔިތުންގެ ސަލާމަތްތެރިކަން ނަގައިލަން ބަޔަކު ދަނީ މަސައްކަތް ކުރަމުންނެވެ. އަދި މޮސާޑާ ގުޅުންހުރި ފަރާތްތަކުން ހިންގި ޓެރަރިސްޓް އަމަލުތަކުގައި އާންމުންނާއި، މިސްކިތްތަކާއި، ހޮސްޕިޓަލްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށްވެސް ބުނެފައިވެއެވެ.

މި ހަމަނުޖެހުންތަކާ ގުޅިގެން ރައީސް ނަޝީދު ހުންނެވި ފަރާތަކާ މެދު އީރާނު އެމްބަސީން ވަނީ ސުވާލު އުފައްދާފައެވެ. އީރާނުގެ ވިޔަފާރިވެރިން ފެށި މުޒާހަރާތައް ފުޅާވެ، ސަލާމަތީ ބާރުތަކާ ދެމެދު ހިނގި ކުރިމަތިލުންތަކުގައި މިހާތަނަށް މީހުން މަރުވެފައިވާއިރު، ގާނޫނާ ހިލާފު އަމަލުތައް ހިންގާ ފަރާތްތަކަށް ހަރުކަށި އަދަބު ދޭނެ ކަމަށް އީރާނު ސަރުކާރުން ވަނީ އިންޒާރު ދީފައެވެ.

މި މައްސަލަ އިތުރަށް ހޫނުވެފައިވަނީ، މުޒާހަރާކުރާ މީހުންނަށް ހަމަލާދޭނަމަ އީރާނަށް ހަމަލާދޭނެ ކަމުގެ އިންޒާރު އެމެރިކާއިން ދީފައިވާ ދަނޑިވަޅެއްގައެވެ. އީރާނުގެ އެތެރޭގެ މަސްލަހަތު ގޯސްވަމުންދާއިރު، ބައިނަލްއަގްވާމީ ސިޔާސީ މަސްރަހުގައި މިކަމާ މެދު ބޮޑެތި ބަހުސްތަކެއް ދަނީ ކުރެވެމުންނެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ބޭރުމީހުންނަށް ނަފުރަތުކުރުމާއި ހަރުކަށި ވިސްނުންތައް އެމްޑީޕީން ބަލައިގަންނާތީ ރައީސް ނަޝީދު ކަންބޮޑުވުން ފާޅުކުރައްވަވައިފިޚަބަރު | 2 ގަޑިއިރު ކުރިންބޮޑުބަދަލަކީ އޮޅުވާލުމެއް، ބޮޑު ފިތުނައެއްރިޕޯޓް | 5 ދުވަސް ކުރިންނަޝީދު ސަރުކާރުން ރާއްޖޭގެ މައި ދޮރާށި ވިއްކާލުން، ދައުލަތަށް ދިން ބޮޑު ގެއްލުމެއްރިޕޯޓް | 14 ދުވަސް ކުރިންނަޝީދުގެ ވަޢުދުން އަލަކާ ސިންގްއަށް 150,000 ޑޮލަރު ނުލިބޭނެ: ސުޕްރީމް ކޯޓުކޯޓް ރޫމް | 15 ދުވަސް ކުރިން