logo
Bank of Maldives

Bank of Maldives

ޚަބަރު

ދެ އިންތިހާބު އެއްކޮށްލަން ރައީސް ނަޝީދު ތާއީދުކުރައްވައިފި

އާމިނަތު ޝަފާ
4 ޖެނުއަރީ 2026 - 11:41
ކުރީގެ ރައީސް އަދި މަޖިލީހުގެ ކުރީގެ ރައީސް މުޙައްމަދު ނަޝީދު -- ފޮޓޯ/ މިހާރު
ކުރީގެ ރައީސް އަދި މަޖިލީހުގެ ކުރީގެ ރައީސް މުޙައްމަދު ނަޝީދު -- ފޮޓޯ/ މިހާރު

ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއްކޮށްލަން ތާއީދުކުރައްވާ ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. 

ރައީސް ނަޝީދު 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެކީގައި ބޭއްވުން އެއީ ރަނގަޅު ގޮތެއްކަމުގައި ދެކިވަޑައިގަންނަވާކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

ރައީސް ނަޝީދު މިފަދައިން ވިދާޅުވިއިރު ރައީސުލްޖުމްހޫރިއްޔާ އިންތިޚާބުކުރަން ބާއްވާ ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހަށް މެމްބަރުން އިންތިޚާބުކުރަން ބާއްވާ ރައްޔިތުންގެ މަޖިލިސް އިންތިޚާބު އެކީ ބާއްވަން ޤާނޫނުއަސާސީ އިސްލާހުކުރަން މާދަމާ ދައުރުން ބޭރުން ބާއްވާ ޖަލްްސާއަށް ވަނީ ތާވަލުކޮށްފައެވެ.

މިއީ ސަރުކާރުގެ ފަރާތުން ޤާނޫނުއަސާސީއަށް ހުށަހެޅުއްވި އިސްލާހެކެވެ. މި އިސްލާހު ގެންނަން ހުށަހަޅުއްވާފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެމްބަރު އަދި ކޮންގްރެސް ޕާޓީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހެވެ.

މެމްބަރު ފަލާހް ހުށަހެޅުއްވި މި ބިލް ހިމެނޭހެން ތިން ބިލަކަށް، މާދަމާ ބާއްވަން ތާވަލުކޮށްފައިވާ ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭރުގެ ޖަލްސާގައި ބަހުސް ކުރާނެއެވެ.

މި އިސްލާހު ހުށަހެޅުއްވުމުގެ ބޭނުމަކީ މަޖިލީހުގެ މެންބަރުކަމަށް މީހުން ހޮވުމަށާއި ރައީސުލްޖުމްހޫރިއްޔާއަކު ހޮވުމަށް ބާއްވަން ޖެހޭ އިންތިޚާބު ބާއްވަން ވާނީ، ދެ އިންތިޚާބު އެކީގައި ކަމަށް ކަނޑައެޅުމަށާއި، މަޖިލީހުގެ އުމުރު ގުނުމުގެ އުސޫލު އިސްލާހު ކުރުން ކަމަށް އެ ބިލްގައި ވެއެވެ.

މެމްބަރު ފަލާހްގެ ބިލްގައި ވަނީ ދެ އިންތިހާބު އެއްކޮށްލުމުގެ އިތުރުން، ރައްޔިތުންގެ މަޖިލީހުގެ އުމުރަކީ ޑިސެމްބަރު އެއް ވަނަ ދުވަހުން ފެށިގެން ފަސް އަހަރު ދުވަސް ކަމަށް ކަނޑައެޅުމަށެވެ. މި މުއްދަތު ހަމަވުމުން ރައްޔިތުންގެ މަޖިލިސް އުވުނީ ކަމަށްވެސް ބުނެފައި ވެއެވެ.

އަދި ހިނގަމުންދާ މަޖިލީހުގެ އުމުރު ހަމެވެގެން މަޖިލިސް އުވުމާއެކު، އަލަށް އިންތިހާބު ކުރާ މަޖިލީހުގެ ފުރަތަމަ ޖަލްސާ ބާއްވަންވާނީ ޑިސެމްބަރު އެއް ވަނަ ދުވަސް ކަމަށް ކަނޑައަޅަންވެސް އިސްލާހުގައި ވެއެވެ.

 ޕީއެންސީ ހަރުގޭގައި ކުރިއަށްދިޔަ ޖަލްސާއެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ނިމިދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް 120 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުވިކަމަށާއި، އޭގެ ކުރިން ރިޔާސީ އިންތިޚާބުގެ 2 ބުރަށް 180 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުވިކަމަށެވެ. ދެ އިންތިޚާބުގެ ދެމެދު އޮތީ 6 މަސް ދުވަހުގެ ތަފާތެއްކަން ފާހަގަކުރައްވާ ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ރައްޔިތުންނަނަށް އެންމެ ފައިދާހުރިގޮތަކަށްވާނީ މަޖިލިސް އިންތިޚާބާއި ރިޔާސީ އިންތިޚާބު އެކުއެކީގައި ބޭއްވުންކަމަށެވެ. މިކަމުގެ ސަބަބުން މަދުވެގެން 120 މިލިއަން ރުފިޔާ ސަލާމަތްކުރެވޭކަމަށާއި، އެއީ ނިކަމެތި އެތައް ޢާއިލާއެއްގެ ކަންކަން ނިންމުމަށް ހޭދަކުރެވިދާނެ ފައިސާކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ދެ އިންތިހާބު އެއްކޮށްލަން ރައީސް ނަޝީދު ތާއީދުކުރައްވައިފި ޚަބަރު | ދުވަހެއް ކުރިންު ރައީސް ޞާލިޙާއި މައްސަލައެއް ދެމިގެންދާހާ، ބައިވަރު އެއްޗެހި ބުނެފައެއް ނޯންނާނެ: ރައިސް ނަޝީދުޚަބަރު | 12 ދުވަސް ކުރިންއދ.ގެ މަރުކަޒަށް ވަންނަން ފާސް ހޯދަން ރައީސް ނަޝީދު ރަސްމީކޮށް އެދިފައެއް ނުވޭ: ހާރިޖީ ވުޒާރާޚަބަރު | 3 މަސް ކުރިންއެމްޑީޕީގައި ''ފަނި''އެޅުމުން ކުރިމަގު ގެއްލި އާންމު މެމްބަރުން ދެވަނަ ވިސްނުމަކަށްރިޕޯޓް | 7 މަސް ކުރިން