logo
E-Platinum
ޚަބަރު

ޕެރާ އެތުލެޓިކްސް ވޯލްޑް ޗެމްޕިއަންޝިޕް 2025 ނިއު ދިއްލީގައި ބާއްވަނީ

މެންދުރު ޓީމް
20 ޑިސެމްބަރު 2024 - 11:53
ޕެރާ އެތުލެޓިކްސް ވޯލްޑް ޗެމްޕިއަންޝިޕް 2025 ނިއު ދިއްލީގައި ބާއްވަނީ

ދުނިޔޭގެ އެންމެ ބޮޑު ސިންގަލް ޕެރާ ކުޅިވަރު އިވެންޓް- ޕެރާ އެތުލެޓިކްސް ވޯލްޑް ޗެމްޕިއަންޝިޕް 2025 ނިއު ދއްލީގައި ބާއްވަން ނިންމައިފިއެވެ.

މި އިވެންޓް ކުރިއަށްދާނީ ނިއު ދިއްލީގެ ޖަވާހަރްލާލް ނެހްރޫ ސްޓޭޑިއަމްގައެވެ. މި މުބާރާތް ކުރިއަށްދާނީ 2025 ވަނަ އަހަރުގެ ސެޕްޓެމްބަރު 26 އިން ފެށިގެން އޮކްޓޯބަރު މަހުގެ 5 ވަނަ ދުވަހުގެ ނިޔަލަށެވެ. ވޯލްޑް ޕެރަލިމްޕިކް އެސޯސިއޭޝަން(ޑަބްލިއު.ޕީ.އޭ) އިން މިކަން ހާމަކޮށްފައިވަނީ އިއްޔެއެވެ.

ކުރިއަށް އޮތް ޕެރާ އެތުލެޓިކްސް ވޯލްޑް ޗެމްޕިއަންޝިޕަކީ މި މުބާރާތުގެ 12 ވަނަ މުބާރަތް ކަމަށްވީއިރު، މިއީ އޭޝިއާ ބައްރުގައި މިމުބާރާތް ބާއްވާ ހަތަރުވަނަ ފަހަރެވެ. މި މުބާރާތް ބާއްވާ ސްޓޭޑިއަމްގައި، ފެށޭ އަހަރު މާރޗް މަހުގެ 11 އާއި 13 އާއި ދެމެދު ފުރަތަމަ ފަހަރަށް ބައިނަލްއަޤްވާމީ ޕެރާ ރޭސްކާރ ވާދާކުރާ ގްރޭންޑް ޕްރީއެއްވެސް ބޭއްވޭނެއެވެ.   

100 އަށްވުރެ ގިނަ ޤައުމުން 1000 އަށްވުރެ ގިނަ ކުޅުންތެރިން މި މުބާރާތުގައި ވާދަކުރާނެކަމަށް ލަފާކުރާއިރު މި އިވެންޓަކީ 2028 ވަނަ އަހަރު ލޮސް އޭންޖެލެސްގައި ބޭއްވޭނެ ޕެރަލިމްޕިކްސް ގޭމްސްތަކަށް އެތްލީޓުން ތައްޔާރު ކޮށްދޭނެ މުބާރާތެކެވެ.

Regional Airports
ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޑިއޯގޯގެ މަރު: ސަލާހް ވެސް ހިތް ހަލާކުވެފައިކުޅިވަރު | 13 ދުވަސް ކުރިންވޯލްޑްކަޕް މެޗުތަކުގެ މޫސުމާއި ގުޅޭ ގިނަ ޝަކުވާތަކެއް، އެއް މެޗެއްގައި 10 ކުޅުންތެރިން ބަދަލުކޮށްދިނުމަށް އެދެފިކުޅިވަރު | 15 ދުވަސް ކުރިންއެކަޑަމީތަކުގެ މުބާރާތުގެ 13 އަހަރުންދަށުގެ ޗެމްޕިއަންކަން ހުއްރިއްޔާ އެކަޑަމީ ހޯދައިފިކުޅިވަރު | 2 މަސް ކުރިންކުޅިވަރު އާއިލާއަށް ތާރީހީ ދުވަހެއް: 10 އަހަރަށް ފަހު ކުޅިވަރު ޤާނޫނަށް މުހިންމު އިސްލާހުތަކެއްޚަބަރު | 2 މަސް ކުރިން