logo
ކުޅިވަރު

ޑިއޯގޯގެ މަރު: ސަލާހް ވެސް ހިތް ހަލާކުވެފައި

މުހައްމަދު މޫސާމުހައްމަދު މޫސާ
5 ޖުލައި 2025 - 09:53
ޑިއޯގޯގެ މަރު: ސަލާހް ވެސް ހިތް ހަލާކުވެފައި

ލިވަޕޫލް ފުޓްބޯޅަ ކްލަބުގެ މުހިންމު ކުޅުންތެރިއެއް ކަމުގައިވާ ޑިއޯގޯ ޖޯޓާ އަދި އޭނާގެ ކޮށްކޮ އަންދްރޭ ސިލްވާ، ސްޕެއިންގައި ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ޖުލައި 2 ވަނަ ދުވަހުގެ ރޭ މަރުވެފައިވާއިރު، މުޅި ފުޓްބޯޅަ ޢާއިލާ ތިބީ މޮޅީގެ ސާލު ލައިގެންނެވެ.

ޑިއޯގޯގެ މަރާއި ގުޅިގެން އޭނާގެ ޤައުމު ޕޯޗުގީޒުންނާއި، ދުނިޔެއާއި، ޔޫރަޕްގެ ފުޓްބޯޅަ ޖަމިއްޔާއާއި، ޑިއޯގޯގެ ކްލަބް ލިވަރޕޫލާއި މިނޫންވެސް ޖަމިއްޔާ، ކްލަބްތަކުން ދަނީ ހިތާމަފާޅުކުރަމުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

ޚާއްޞަކޮށް އެކި ފުޓްބޯޅަ ކުޅުން ތެރިންވެސް އެމީހުންގެ ޝުޢޫރު އަންނަނީ ސޯޝަލް މީޑިއާއަށް ބަންޑުން ކުރަމުންނެވެ. މީގެ ތެރެއިން އެކަކީ ޑިއޯގޯގެ ކްލަބްގެ އެކުވެރިޔާ މިސްރުގެ މުޙައްމަދު ޞަލާޙެވެ.

ސަލާޙް އެކްސްގައި ލިޔެފައިވަނީ ''ޙަޤީޤަތުގައި މިއީ ވަރަށް ހިތާމަވެރި ވަގުތެއް'' ކަމަށެވެ.

''އިއްޔެއާ ހަމައަށްވެސް، ބްރޭކަކަށްފަހު ލިވަރޕޫލްއަށް އެނބުރި ދިއުމަށް މިފަދަ ބިރުވެރިކަމެއް އިޙްސާސްވާނެ ކަމަކަށް ހީވެސް ނުކުރަން. ޓީމް މެމްބަރުން އައިސް ގޮސް އުޅޭ، އެކަމަކު މިފަދަ ގޮތަކަށް ނޫން. އެނބުރިއަލުން ދާއިރު ޑިއޯގޯ އެތާ ނުހުންނާނެކަން ޤަބޫލުކުރަން ވަރަށް އުނދަގޫވާނެ.'' ޞަލާހް ލިޔެފަވެއެވެ.

ޞަލާޙް ވަނީ ޑިއޯގޯގެ އަންހެނުންނަށާއި، ދަރިންނާއި، އަދި ޚާއްޞަކޮށް ކުއްލިއަކަށް ދަރިން ގެއްލުނު އޭނާގެ މައިންބަފައިންނަށް ހިތުގެ އެންމެ ފުން އަޑިން ތަޢުޒިޔާ ކިޔާފައެވެ.

''ޑިއޯގޯ އާއި އޭނާގެ އަޚް އަންދްރޭގެ ގާތްތިމާގެ މީހުންނަށް މިވަގުތު ވީހާވެސް ގިނަ އެހީތެރިކަމާއި އެއްބާރުލުން ބޭނުންވާނެ. އެ ދެ މީހުން ދުވަހަކުވެސް ހަނދާނުން ފިލައިގެން ނުދާނެ.'' ޞަލާޙް ލިޔެފަވެއެވެ.

 އުމުރުން 28ގެ ޑީއޯގޯ ޖޯޓާ އާއިި  އަދި އޭނާގެ 25 އަހަރުގެ ކޮށްކޮ އަންދްރޭ ސިލްވާ މަރުވެފައި ވަނީ ސްޕެއިންގެ ޒަމޯރާ ޕްރޮވިންސްގައި އޮންނަ އޭ-52 ނަމްބަރު މަގުމަތިން، އެ ދެ ބެއިން ދަތުރުކުރަމުން ދިޔަ ކާރު މަގުން ކައްސާލައިގެންނެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މައިކަލް އޯވެން އާއި އެކު ރާއްޖޭގައި ފުޓްބޯޅަ ކޭމްޕެއްޚަބަރު | މަހެއް ކުރިންޑިއޯގޯގެ މަރު: ސަލާހް ވެސް ހިތް ހަލާކުވެފައިކުޅިވަރު | 2 މަސް ކުރިންވޯލްޑްކަޕް މެޗުތަކުގެ މޫސުމާއި ގުޅޭ ގިނަ ޝަކުވާތަކެއް، އެއް މެޗެއްގައި 10 ކުޅުންތެރިން ބަދަލުކޮށްދިނުމަށް އެދެފިކުޅިވަރު | 2 މަސް ކުރިންއެކަޑަމީތަކުގެ މުބާރާތުގެ 13 އަހަރުންދަށުގެ ޗެމްޕިއަންކަން ހުއްރިއްޔާ އެކަޑަމީ ހޯދައިފިކުޅިވަރު | 3 މަސް ކުރިން