logo
Bank of Maldives

Bank of Maldives

ކުޅިވަރު

ރެޕިޑް ޗެސް ޗެލެންޖް 2025 ކާމިޔާބު ކަމާއެކު ނިންމާލާފި

މުހައްމަދު މޫސާމުހައްމަދު މޫސާ
19 ނޮވެމްބަރު 2025 - 08:41
ރެޕިޑް ޗެސް ޗެލެންޖް ކާމިޔާބު ކަމާއެކު ނިންމާލާފި

ރާޒުވާ ކުޅުމަށް ލޯބިކުރާ ކުދިންނަށް އަމާޒުކޮށްގެން ބޭއްވި 'ރެޕިޑް ޗެސް ޗެލެންޖް 2025' ކާމިޔާބު ކަމާއެކު ނިންމާލައިފިއެވެ.

މި މުބާރާތް ކުރިއަށް ގެންގޮސްފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން ހޮނިހިރު ދުވަހުގެ ނިޔަލަށް ހުޅުމާލެ ޗެސް އާކޭޑްގައެވެ. ޖުމްލަ 90 ކުޅުންތެރިން ވާދަކުރި މި މުބާރާތަކީ ޖީނިއަސް ޗެސް އެކަޑެމީ އާއި މޯލްޑިވްސް ޗެސް ކުލަބް ގުޅިގެން އިންތިޒާމުކުރި މުބާރާތެކެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި މުބާރާތް ބޭއްވުމުގެ މައިގަނޑު މަޤްސަދަކީ ރާޒުވާ ކުޅޭ ކުދިންނަށް އިތުރު ފުރުސަތުތައް ހޯދައިދިނުމާއި، ވާދަވެރި މާހައުލެއްގައި ކުޅިވަރު ކުރިއަރުވައި، ކުޅުންތެރީންގެ ހުނަރު ދެނެގަނެ، އެކުދިންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމެވެ. މުބާރާތް ބަހާލާފައިވަނީ 8 އަހަރުންދަށް، 10 އަހަރުންދަށް، 12 އަހަރުންދަށް އަދި 14 އަހަރުންދަށުގެ އުމުރުފުރާގެ ކެޓަގަރީތަކަށެވެ.

މުބާރާތުގެ އެކި ކެޓަގަރީތަކުން ވަނަތައް ހޯދި ކުޅުންތެރިންގެ ތެރެއިން 8 އަހަރުން ދަށުގެ އަންހެން ޗެމްޕިއަންކަން ހޯދީ އަލާޔާ އާދަމް އިބްރާހިމްއެވެ. މި އުމުރުފުރާގެ އޯޕަން ކެޓަގަރީގެ ޗެމްޕިއަންކަން ހޯދީ ޒިވާން ޝަމްސޫން ފުއާދްއެވެ. 10 އަހަރުންދަށުގެ ޗެމްޕިއަންކަން ޝިނާ ހުސެއިން ސިޔާމް ހޯދިއިރު، އޯޕަން ކެޓަގަރީގެ ޗެމްޕިއަންކަން ހޯދީ މުހައްމަދު އަލްސަން ހުސެއިންއެވެ.

މީގެ އިތުރުން، 12 އަހަރުންދަށުގެ އަންހެން ޗެމްޕިޔަންކަން އާޔާ އާމިރު މުސްތަފާ ހޯދިއިރު، އޯޕަން ޗެމްޕިޔަންކަން ހޯދީ މުހައްމަދު ޔުއާން ޔަކްސަންއެވެ. 14 އަހަރުން ދަށުގެ އަންހެން ޗެމްޕިއަންކަން އަޔާނާ މުހައްމަދު ސޯލިހު ހޯދިއިރު، އެ އުމުރުފުރާގެ އޯޕަން ކެޓަގަރީން އެއްވަނަ ހޯދީ މުހައްމަދު އައިދިން މުންތަޒިމްއެވެ.

މުބާރާތުގެ 1 ވަނަ، 2 ވަނަ އަދި 3 ވަނަ ހޯދި ކުޅުންތެރީންނަށް މެޑެއްޔާއި ހަނދާނީލިޔުން ހަވާލުކޮށްދެއްވީ ކާށިދޫ ދާއިރާގެ އިއްޒަތްތެރި މެމްބަރު މުންތަޒިމް އިބްރާހިމް އާއި މޯލްޑިވްސް ޗެސްކުލަބުގެ ރައީސް އާދަމް ޒާހިރުއެވެ. މިފަދަ މުބާރާތްތަކަކީ ރާއްޖޭގެ ޒުވާން ޗެސް ކުޅުންތެރިންގެ މެދުގައި ވާދަވެރިކަން އިތުރުކޮށް، ގައުމީ ފެންވަރުގައި މި ކުޅިވަރު ކުރިއެރުވުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރެޕިޑް ޗެސް ޗެލެންޖް ކާމިޔާބު ކަމާއެކު ނިންމާލާފިކުޅިވަރު | 2 ގަޑިއިރު ކުރިންބަޖެޓު 2026: ކުޅިވަރަށް 623 މިލިއަން ރުފިޔާޚަބަރު | 20 ދުވަސް ކުރިންމަހިބަދޫގައި ފުޓްބޯޅަ އާއި ފުޓްސަލް ރެފްރީ ކޯހެއް ފަށަނީޚަބަރު | މަހެއް ކުރިންމައިކަލް އޯވެން އާއި އެކު ރާއްޖޭގައި ފުޓްބޯޅަ ކޭމްޕެއްޚަބަރު | 4 މަސް ކުރިން