logo
Bank of Maldives

Bank of Maldives

ކުޅިވަރު

ބަހަނާދައްކައިގެން މިފަހަރުގެ ވޯލްޑް ކަޕަށް ދާ ޕޯޗުގަލް ޓީމުން ރޮނާލްޑޯ ބާކީ ކޮށްލުމުގެ މަސައްކަތް ފަށައިފި

ޕޯޗުގަލް ގައުމީ ޓީމުގެ ޖެޑް ކޯޗް ރޮބާޓޯ މާޓިނޭޒް އަދި ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ. ފޮޓޯ: ބީންސްޕޯޓްސް
ޕޯޗުގަލް ގައުމީ ޓީމުގެ ޖެޑް ކޯޗް ރޮބާޓޯ މާޓިނޭޒް އަދި ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ. ފޮޓޯ: ބީންސްޕޯޓްސް

މި އަހަރުގެ ފީފާ ވޯލްޑް ކަޕް މުބާރާތަށް ކުޑަތަން ވަމުން އަންނައިރު، ޕޯޗުގަލް ގައުމީ ފުޓްބޯޅަ ޓީމުގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ އަށް މުބާރާތުގައި ނުކުޅެވޭ ގޮތަށް ބާކީ ކޮށްލުމުގެ ކޮޅުމަތި އަނެއްކާ ވެސް ފެންނަން ފަށާފައިވާ ކަމަށް މީޑިއާ ރިޕޯޓުތަކުން ބުނެފި އެވެ.

އެންމެ ފަހުން 2022 ވަނަ އަހަރު ގަތަރުގައި ބޭއްވި ވޯލްޑް ކަޕް މުބާރާތުގެ ޕޯޗުގަލްގެ ސްކޮޑުގައި ހިމެނުނު ނަމަވެސް ގިނަ މެޗުތަކުގައި ރޮނާލްޑޯ ފެނިގެންދިޔައީ ބެންޗުންނެވެ. މުޅި ޕޯޗުގަލް އަށް ފުޓުބޯޅައިން އެތައް ބޮޑެތި ކާމިޔާބުތަކެއް ހޯދަދީފައިވާ ކެޕްޓަން ރޮނާލްޑޯ ބެންޗުގައި އިންނަން ޖެހުމުން އެކަން ވީ ގިނަ ބައެއް ފާޑުކިޔުންތައް އަމާޒުވި ކަމަކަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

ނިމިގެން ދިޔަ ވޯލްޑް ކަޕް މުބާރާތުގައި ރޮނާލްޑޯ ބެންޗުން ފަށަން ޖެހުނުއިރު، އެ މުބާރާތުގައި ރޮނާލްޑޯ އަށް ލަނޑެއް ވެސް ނުޖެހުނެވެ. ކުޅެން ލިބުނު ވަގުތުކޮޅު ކުޑަކަމުންނެވެ. ރޮނާލްޑޯ އަށް ފުރަތަމަ 11 އިން ފުރުސަތު ނުދީ ބެންޗުގައި ބައިންދައިގެން ކުޅުމުގެ ނަތީޖާއަކަށް ވީ ދެވަނަ ބުރުގައި މޮރޮކޯ އަތުން ބަލިވެ ޕޯޗުގަލް މުބާރާތުން ކަޓައިގެން ދިއުމެވެ. މިކަން ވެގެން ދިޔައީ ޕޯޗުގަލް ގައުމީ ފުޓުބޯޅަ ޓީމަށް ފޫ ނުބެއްދޭވަރުގެ ބޮޑު ގެއްލުމަކާއި ކުރިމަތިލާން ޖެހުނު ކަމަކަށެވެ.

2022 ވަނަ އަހަރުގެ ވޯލްޑް ކަޕުގައި ޕޯޗުގަލް ކުރިމަތިލާން ޖެހުނު ހިތި ނަތީޖާއާއި އެކު އޭރު އެ ޓީމުގެ ހެޑް ކޯޗަކަށް ހުރި ފެނާންޑޯ ސަންޓޯސް ވަނީ މަގާމުން ވަކިކޮށްފަ އެވެ. އަދި އޭގެ ބަދަލުގައި ދެން ޕޯޗުގަލް ގައުމީ ޓީމާއި ހަވާލުވީ ރޮބާޓޯ މާޓިނޭޒް އެވެ. އެހިސާބުން އަނެއްކާ ވެސް ރޮނާލްޑޯ އަށް ކުރިއެކޭ އެއްގޮތަށް ޓީމުން ފުރުސަތު ލިބެން ފެށިއެވެ. އެފަހަރުގެ ވޯލްޑް ކަޕް ކޮލިފައިންގައި ވެސް ރޮނާލްޑޯ ތަފާތު ދެއްކި އެވެ. އެގޮތުން މުހިންމު މެޗުތަކުގައި ޕޯޗުގަލް އަށް ނަތީޖާ ވެސް ނެރެދީފައިވެ އެވެ.

ނަމަވެސް މިހާރު އިވެންފެށީ މުޅިން ތަފާތު އަޑުތަކެކެވެ. މި އަހަރު އޮންނަ ވޯލްޑް ކަޕް މުބާރާތަށް އެކުލަވާލާ ޕޯޗުގަލް ސްކޮޑުން ފުރުސަތު ނުލިބިދާނެ ކަމުގެ ވާހަކަ އެވެ. ރިޕޯޓުތައް ބުނާ ގޮތުން މި އަހަރުގެ ވޯލްޑް ކަޕަށް ދާ ޕޯޗުގަލް ޓީމުގެ ފައިނަލް ސްކޮޑުން ރޮނާލްޑޯ އަށް ފުރުސަތު ނުލިބުމަކީ ވަރަށް ގާތް ކަމެކެވެ.

ޕޯޗުގަލް ގައުމީ ފުޓްބޯޅަ ޓީމުގެ ހެޑް ކޯޗު ރޮބާޓޯ މާޓިނޭޒް އާ ހަވާލާދީ މީޑިއާ ރިޕޯޓުތަކުން ބުނެފައިވަނީ މިފަހަރުގެ ވޯލްޑް ކަޕް މުބާރާތަށް ދާ ޕޯޗުގަލް ގައުމީޓީމުގެ ސްކޮޑުން ރޮނާލްޑޯއަށް ޖާގަ ލިބޭނެ ކަމުގެ އުންމީދެއް ނެތް ކަމަށް މާޓިނޭޒް ބުނެފައިވާ ކަމަށެވެ.

މޮޅެތި ގިނަ ކުޅުންތެރިންތަކެއް ތިބި ޕޯޗުގަލް ގައުމީ ޓީމުން ރޮނާލްޑޯ އަށް ފުރުސަތު ގެއްލިދާނެ ކަމުގެ ބިރު ހީވެފައިވާއިރު، ކޯޗު މާޓިނޭޒް ބުނީ ވޯލްޑް ކަޕަށް ދާ ޓީމުގެ ފައިނަލް ސްކޮޑް ނަގާއިރު، ކުޅުންތެރިން ހޮވުމުގައި ބަލާނީ އެ ކުޅުންތެރިން ކުރިން ހޯދާފައިވާ ކާމިޔާބީތަކަށް ނޫން ކަމަށެވެ. އަދި އޭގެ ބަދަލުގައި ބަލާނީ ކުޅުންތެރިޔާގެ މިހާރުގެ ފޯމަށާއި، ފިޓްނަސް އަދި ޓީމުގެ ބެލެންސަށް ކަމަށް ވެސް އޭނާ ބުނެފައިވެ އެވެ.

ވޯލްޑް ކަޕަށް ކޮލިފައި ވުމަށް ޕޯޗުގަލް ކުޅުނު ހުރިހާ މެޗެއްގައި ވެސް މާޓިނޭޒް ވަނީ ރޮނާލްޑޯގެ ބޭނުން ފުރިހަމައަށް ހިފާފަ އެވެ. އަދި ފުރަތަމަ އެގާރައިން ރޮނާލްޑޯ އަށް ފުރުސަތު ދީފައި ވެސްވެ އެވެ.

ގިނަ ބައެއްގެ ފާޑުކިޔުންތައް ރޮނާލްޑޯއަށް އަމާޒުވަމުން ދިޔަ ނަމަވެސް ރޮނާލްޑޯ ދިފާއުކޮށް އެންމެ ގިނައިން ވާހަކަދައްކާ އެއްފަރާތަކީ ވެސް ޕޯޗުގަލް ކޯޗު މާޓީނޭޒް އެވެ. އޭނާ މީގެ ކުރިން ވެސް ބުނެފައިވަނީ ރޮނާލްޑޯ އަކީ ޕޯޗުގަލް ޓީމުގެ އެންމެ މުހިންމު ކުޅުންތެރިޔާ ކަމަށެވެ.

ސައުދީ ޕްރޯ ލީގުގެ އަލް ނަޞްރަށް ކުޅެނުން އަންނަ އުމުރުން 40 އަހަރުގެ ރޮނާލްޑޯ އަދިވެސް ދަނީ އޭނާގެ ހުނަރު ސާބިތުކޮށްދީ، އެންމެ މަތީ ފަންތީގައި ވާދަކޮށް، ކޮންމެ ފުރުސަތަކަށްޓަކައި މަސައްކަތް ކުރަމުންނެވެ. އަދި އުމުރަކީ ހަމަ އެކަނި ނަމްބަރެއް ކަމަށާއި އަދި ވެސް އެންމެ މަތީ ފަންތީގައި ފުޓްބޯޅަ ކުޅުމުގައި ހިފަހައްޓާ ލެވޭނެ ކަމަށް ރޮނާލްޑޯ ގަބޫލުކުރެ އެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ބަހަނާތައްދައްކައިގެން މިފަހަރުގެ ވޯލްޑް ކަޕަށް ދާ ޕޯޗުގަލް ޓީމުން ރޮނާލްޑޯ ބާކީ ކޮށްލުމުގެ މަސައްކަތް ފަށައިފިކުޅިވަރު | 3 ގަޑިއިރު ކުރިންމެކްސިކޯގެ ވޯލްޑް ކަޕް ސްޓޭޑިަމެއްގެ ކައިރިން މީހުންގެ ގުނަވަންތަކެއް އަޅާފައި ހުރި 400 ކޮތަޅު ފެނިއްޖެކުޅިވަރު | 8 ދުވަސް ކުރިންއަންނަ އަހަރު ބާއްވާ ވޯލްޑް ކަޕްގެ ފައިސާގެ އިނާމު 50 އިންސައްތަ އިތުރުކުރަން ފީފާއިން ނިންމައިފިކުޅިވަރު | މަހެއް ކުރިންކުޅިވަރުގެ ދާއިރާއިން ގުޅުން ބަދަހިކުރުމަށް ތައިލެންޑާއެކު ސޮއިކޮށްފި ކުޅިވަރު | 2 މަސް ކުރިން