މިފަހަރުގެ ވޯލްޑް ކަޕްގައި އެހެން އެއްވެސް މުބާރާތެއްގައި ނުވާވަރަށް ފައިދާވި: ޓްރަމްޕް
22 ޖުލައި 2026 - 10:19

މި 2026 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕަކީ މިހާތަނަށް ބޭއްވި އެންމެ ކާމިޔާބު ވޯލްޑް ކަޕް ކަމަށާއި އަދި މިފަހަރުގެ ވޯލްޑް ކަޕްގައި އެހެން އެއްވެސް މުބާރާތެއްގައި ނުވާވަރަށް ފައިދާވި ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.

Ad by Hajj Corporation
ވައިޓް ހައުސްގެ އޯވަލް އޮފީހުގައި ލުބްނާންގެ ރައީސް އާއެކު ބޭއްވެވި ބައްދަލުކުރެއްވުމަށްފަހު ނޫސްވެރިންނާއި ވާހަކަ ދައްކަވަމުން ޓަރަމްޕް ވިދާޅުވީ، ވޯލްޑް ކަޕް ކުރިއަށް ދިޔަ ދުވަސްވަރު ކުށުގެ އެއްވެސް އަމަލެއް ހިނގާފައި ނުވާ ކަމަށާއި، އަދި ނިމިގެންދިޔަ ވޯލްޑް ކަޕް ނިންމާލެވިފައިވަނީ ވަރަށް ކާމިޔާބު ކަމާއެކު ކަމަށެވެ. އަދި މިއީ މިހާތަނަށް ބޭއްވުނު އެންމެ ކާމިޔާބު ވޯލްޑް ކަޕް ކަމަށާއި މިމުބާރާތް ކުރިއަށްދިޔައިރު އެއްވެސް މުޒާހަރާއެއް ނުބާއްވާ ކަމަށް އެމެރިކާގެ ރައީސް ވިދާޅުވިއެވެ. ވޯލްޑް ކަޕްގެ ކޮންމެ މެޗެއް ވެސް ފެނިގެންދިޔައީ ސުޕަރ ވޯލްއެއްގެގޮތުގައި ކަމަށް ވެސް ޓްރަމްޕް ވިދާޅުވިއެވެ.
ޓްރަމްޕް ވިދާޅުވިގޮތުގައި އޭނާ މިއިން އެއްވެސް ކަމެއް ވޯލްޑް ކަޕްގެ ފައިނަލް މެޗު ނިމުމުގެ ކުރިން ހާމަކުރައްވަން ބޭނުންފުޅު ނުވީ އެންމެ ފަހު ވަގުތުވެސް ކަމެއް ގޯސްކޮށް ހިނގައިދާނެތީކަމަށެވެ.
ޓްރަމްޕްވަނީ މިމުބާރާތް އަލުން އެމެރިކާގައި ބޭއްވުމަށް ޝައުގުވެރިވާކަން ފާޅުކުރައްވާފަ އެވެ. ޓްރަމްޕް ވިދާޅުވީ ވޯލްޑް ކަޕް އަލުން ގެންނަން ކެތްމަދުވެފައި ހުންނެވި ކަމަށާއި ނަމަވެސް މިއަންނަ ފަހަރުގެ މުބާރާތް ބޭއްވުމުގެ ފުރުސަތު ލިބޭނެކަމަށް ހީ ނުކުރައްވާކަމަށެވެ.


