logo
ކުޅިވަރު

އެކަޑަމީތަކުގެ މުބާރާތުގެ 13 އަހަރުންދަށުގެ ޗެމްޕިއަންކަން ހުރާ ހުއްރިއްޔާ އެކަޑަމީ ހޯދައިފި

މުހައްމަދު މޫސާމުހައްމަދު މޫސާ
25 މޭ 2025 - 14:52
އެކަޑަމީތަކުގެ މުބާރާތުގެ 13 އަހަރުންދަށުގެ ޗެމްޕިއަންކަން ހުއްރިއްޔާ އެކަޑަމީ ހޯދައިފި

ރާއްޖޭގެ ހުރިހާ އެކެޑެމީތަކަށް ހުޅުވާލައިގެން ހުޅުމާލޭގައި ކުރިއަށް ގެންދިޔަ ''އެކަޑަމީ ޗެމްޕިއަންޝިޕް 2025'' ގެ 13 އަހަރުން ދަށުގެ ޗެމްޕިއަންކަން އެއްވެސް މެޗަކުން ބަލިނުވެ ކ.ހުރާ ހުއްރިއްޔާ ފުޓްބޯޅަ އެކަޑެމީ ހޯދައިފިއެވެ.

މިމަހު 23 އިން 25 އަށް ކުރިއަށް ގެންދިޔަ މި މުބާރާތުގެ ޗެމްޕިއަންކަން ހުއްރިއްޔާ ފުޓްބޯޅަ އެކެޑެމީން ހޯދިއިރު، އެ ޓީމް ވަނީ ފުރަތަމަ މެޗުގައި ބިސްބުރު އެކެޑެމީ އާ ބައްދަލުކޮށް 2-0އިން މޮޅުވެ، ދެވަނަ މެޗުގައި ބީޖީގެ އެކެޑެމީ އާއި 0-00 އިން އެއްވަރުކޮށްފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ނަތީޖާއާއި އެކު ހުރިއްޔާ ޓީމް ގަދަ ސޯޅައަށް ދަތުރުކުރީ ގުރޫޕް އެއްވަނަ ޓީމުގެ ގޮތުގައެވެ. ގަދަ ސޯޅާގައި ބީޖީ ޓީމާބަށްދަލުކޮށް 3-0 ގެ ނަތީޖާއިން ހުއްރިއްޔާއިން މެޗް ކާމިޔާބުކޮށް ކުއާޓަރ ފައިނަލަށް ވަނީ ދަތުރުކޮށްފައެވެ.

photo_2025-05-25_19-53-30.jpg

ހުއްރިއްޔާ ޓީމްގެ އަލީ އަލާން އިމާދު ބޯޅަ ހިފައިގެން ދަނީ

 

އެ ޓީމު ކުއާޓާގައި ކުޅުނީ ޖޭއެފްއޭ އެކަޑަމީއާއެވެ. މި މެޗުގައި ޕެނަލްޓީޖަހައިގެން 3-2 އިން މެޗް ކާމިޔާބުކޮށް ސެމީ ފައިނަލުގައި ޔުނޭޓެޑް ވިކުޓްރީގެ މައްޗަށް ވަނީ 1-0 އިން ކުރިހޯދައި ފަނަލަށް ދަތުރުކޮށްފައެވެ.

މި އުމުރުފުރާގެ ފައިނަލްގައި ބައްދަލުކުރީ ހުއްރިއްޔާއާއި އެކު ބިސްބުރު އެކެޑެމީއެވެ. ހުއްރިއްޔާ އެކަޑަމީ ޗެމްޕިއަންކަން ހޯދީ 0-1 ގެ ނަތީޖާއިން ބިސްބުރު ބަލިކޮށްގެންނެވެ.

photo_2025-05-25_19-53-24.jpg

އެކަޑަމީތަކުގެ މުބާރާތުގެ 13 އަހަރުން ދަށުގެ ޗެމްޕިއަންކަން ހޯދި ހުރާގެ ހުއްރިއްޔާ އެކަޑަމީ

 

ފައިނަލްމެޗުގައި ހުއްރިއްޔާ އެކެޑެމީން ލަނޑުޖައިދިނީ ޖަހައިދިނީ މި މުބާރާތުގައި މޮޅު ކުޅުމެއްދެއްކި ޢަލީ އަލްޝަން ސާޤިބުއެވެ.

މިމުބާރާތުގައި ހުއްރިއްޔާ އެކެޑެމީ ޓީމަށް ލަނޑުތައް ޖަހައި ދީފައިވަނީ ޢަލީ އަލާން އިމާދު ( 3 ލަނޑު) ، ޢަލީ އަލްޝަން ސާޤިބު (2 ލަނޑު) ،އަދި އަޙުމަދު އަކިޔަލް އަނީސް އެއްލަަނޑެވެ.

ޗެމްފިއަން ޓިމަށް މެޑަލް އާއި ތައްޓާއި ފައިސާގެ އިނާމު ހަވާލުކޮށްދެއްވީ ފައިނަލް މެޗުގެ ޝަރަފުވެރި މެހެމާނު މިނިސްޓަރީ އޮފް ސްޕޯޓުސް، ފިޓްނަސް އެންޑް ރިކުރިއޭޝަން ގެ ސްޓޭޓް މިނިސްޓަރ އަސްލަމް ރަހާއެވެ.

photo_2025-05-25_19-53-38.jpg

ހުއްރިއްޔާ ޓީމްގެ ޔޫދު ކުޅެނީ

 

މި މުބާރާތުގައި ވަނީ 18 ޓީމަކުން ބައިވެރިވެ 216 ކުޅުންތެރިން ކުޅެފައެވެ.

ހުއްރިއްޔާ އެކަޑަމީ ނިސްބަތްވާ ކ. ހުރާ ހުއްރިއްޔާ ސްޕޯޓްސް ކްލަބަކީ އަތޮޅުތަކުން އުފެދުނު އެންމެ ކާމިޔާބު ފުޓްބޯޅަ ޓީމެވެ. އެ ޓީމު ވަނީ ގިނަ އަހަރުތަކެއްވަންދެން އެއްވަނަ ޑިވިޒަން ގައި ވެސް ކުޅެފައެވެ. ރާއްޖޭގެ ފުޓްބޯޅައިގެ ރަން ޒަމާނުގައި ހުއްރިއްޔާގެ ކުޅުންތެރިންނަކީ ގައުމީ ލެވެލްގައި ވެސް ވިދުންގަދަ ބަޔެކެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މައިކަލް އޯވެން އާއި އެކު ރާއްޖޭގައި ފުޓްބޯޅަ ކޭމްޕެއްޚަބަރު | 2 މަސް ކުރިންޑިއޯގޯގެ މަރު: ސަލާހް ވެސް ހިތް ހަލާކުވެފައިކުޅިވަރު | 2 މަސް ކުރިންވޯލްޑްކަޕް މެޗުތަކުގެ މޫސުމާއި ގުޅޭ ގިނަ ޝަކުވާތަކެއް، އެއް މެޗެއްގައި 10 ކުޅުންތެރިން ބަދަލުކޮށްދިނުމަށް އެދެފިކުޅިވަރު | 2 މަސް ކުރިންއެކަޑަމީތަކުގެ މުބާރާތުގެ 13 އަހަރުންދަށުގެ ޗެމްޕިއަންކަން ހުއްރިއްޔާ އެކަޑަމީ ހޯދައިފިކުޅިވަރު | 3 މަސް ކުރިން