logo
ޚަބަރު

މައިކަލް އޯވެން އާއި އެކު ރާއްޖޭގައި ފުޓްބޯޅަ ކޭމްޕެއް

ޝަހްޒާ މުހައްމަދު
19 ޖުލައި 2025 - 13:01
ފޮޓޯ: އަވާނީ ޕްލަސް ފަރެސް ރިސޯޓް
ފޮޓޯ: އަވާނީ ޕްލަސް ފަރެސް ރިސޯޓް

އިނގިރޭސިވިލާތުގެ ކުރީގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ މައިކަލް އޯވެން އާއި އެކު ރާއްޖޭގައި ފުޓްބޯޅަ ކޭމްޕެއް ބާއްވަން ނިންމައިފިއެވެ.

އޮވެން އަކީ އިނގިރޭސި ސްޓްރައިކަރެއްގެ އިތުރުން ލިވަޕޫލާއި ރެއާލް މެޑްރިޑާއި މެންޗެސްޓާ ޔުނައިޓެޑަށް ކުޅެފައިވާ ހުނަރުވެރި ކުޅުންތެރިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

އަވާނި ޕްލަސް ފަރެސް މޯލްޑިވްސް ރިސޯޓުން އިންތިޒާމުކޮށްގެން ބާއްވާ މި ކޭމްޕަކީ ކުޑަކުދިންނަށް ހާއްސަކޮށްގެން އެ ރިސޯޓުގައިބާއްވާ ފުޓްބޯޅަ ކޭމްޕެކެވެ. މިއީ އެ ރިސޯޓުން ކުޑަކުދިންނަށް އިންތިޒާމުކުރާ މިފަދަ ފުރަތަމަ ފުޓްބޯޅަ ކޭމްޕެވެ.

މައިކަލް އޮވެން އާއި އެކު ފުޓްބޯޅައިގެ ހުނަރުތަކާއި އުކުޅުތައް ކުޑަކުދިންނަށް ދަސްކޮށްދިނުމަށް ބާއްވާ މި ކޭމްޕް އޮންނާނީ 20-24 އޮކްޓޫބަރަށެވެ.

4 އަހަރުން ފެށިގެން 15 އަހަރާއި ދެމެދުގެ ކުދިންނަށް ބާއްވާ މި ކޭމްޕްގައި ފުޓްބޯޯޅައިގެ ހުނަރުތައް ކިޔައިދޭނެކަމަށް ކޭމްޕް އިންތިޒާމްކުރާ ފަރާތުން ބުނެފައިވެއެވެ. މިހާރު އުމުރުން 45 އަހަރުގެ އޯވެން އަކީ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާއަށްދޭ ބެލެންޑިއޯ އެވޯޑްވެސް ހާސިލްކޮށްފައިވާ ކުޅުންތެރިއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރިސޯޓެއްގައި ނިޔާވި ދިވެހި ޒުވާނެއްގެ ހަށިގަނޑު އޮޓޮޕްސީ ހަދަނީޚަބަރު | 4 ދުވަސް ކުރިންމައިކަލް އޯވެން އާއި އެކު ރާއްޖޭގައި ފުޓްބޯޅަ ކޭމްޕެއްޚަބަރު | މަހެއް ކުރިންޑިއޯގޯގެ މަރު: ސަލާހް ވެސް ހިތް ހަލާކުވެފައިކުޅިވަރު | 2 މަސް ކުރިންވޯލްޑްކަޕް މެޗުތަކުގެ މޫސުމާއި ގުޅޭ ގިނަ ޝަކުވާތަކެއް، އެއް މެޗެއްގައި 10 ކުޅުންތެރިން ބަދަލުކޮށްދިނުމަށް އެދެފިކުޅިވަރު | 2 މަސް ކުރިން