logo
E-Platinum
ކުޅިވަރު

އޭދަފުށި މާލެ ސިޓީ އާއި ބައްދަލުކުރާމެޗަށް އޭދަފުށީގެ ގިނަ ސަޕޯޓަރުންތަކެއް މާލެއަށް

އަބްދުﷲ ޣާނިމް
21 ޑިސެމްބަރު 2024 - 06:54
އޭދަފުށީގެ ޓީމުން ވަނީ ސެމީގައި ނައިފަރު ބަލިކޮށްފައި. ފޮޓޯ: ނިޝާން އަލީ | މިހާރު
އޭދަފުށީގެ ޓީމުން ވަނީ ސެމީގައި ނައިފަރު ބަލިކޮށްފައި. ފޮޓޯ: ނިޝާން އަލީ | މިހާރު

މިއަދު ހަވީރުގައި ކުޅެން ހަމަޖެހިފައިވާ 90 ޕްލަސް ގޯލްޑް ކަޕްގައި މާލެއާއި ދެކޮޅަށްކުޅޭ ސެމީފައިނަލް މެޗުގައި ސަޕޯޓްކުރުމަށް އޭދަފުށީގެ ގިނަ ސަޕޯޓަރުންތަކެއް މާލެ އައިސްފިއެވެ.

 

މިމެޗުގައި ސަޕޯޓުކުކުރުމަށް މާލެ ދިޔުމުގެ ފުރުސަތު ހުޅުވާލީ އޭދަފުށީގެ ކައުންސިލުންނެވެ. އެގޮތުން އޭދަފުށިން 250 އާއި ގާތްކުރާ އަދަދަކަށް ސަޕޯޓަރުން މާލެ އަންނާނެކަމަށް މެންދުރު ޓީމަށް އެނގިފައިވެއެވެ. އަދި މީގެ އިތުރުންވެސް ގިނަބަޔަކު ސަޕޯޓުކުރުމަށް ދިޔުމަށް އެދިފައިވެއެވެ. އެކަމަކު މޫސުން ތަންނުދޭތީ އެހުރިހާ ސަޕޯޓަރުން ގެންދިޔުމުގެ އިންތިޒާމް ހަމަނުޖެއްސިފައި ނުވާކަމަށް މިނޫހަށް މަޢުލޫމާތު ލިބިފައިވެއެވެ.

 

މި މުބާރާތުގައި އޭދަފުށީގެ ސަޕޯޓަރުންގެ ފަރާތުން މިހާތަނަށް ވަރަށް ފޯރިއާއި ޖޯޝާއެކު ސަޕޯޓުކުރުން ފެނިގެން ގޮސްފައިވެއެވެ.

 

މި މުބާރާތުގެ ސެމީ ފައިނަލަށް އޭދަފުށި ދަތުރުކުރީ ކުއާޓަރ ފައިނަލުގައި ނައިފަރު 5-0 އިން ބަލިކޮށްގެންނެވެ. އަދި މާލެ ސިތީ ފައިނަލަށް ދަތުރުކުރީ ގުރައިދޫ އާދެކޮޅަށް ކުޅެ، ޕެނަލްޓީގައި ކުރިހޯދައިގެންނެވެ.

Regional Airports
ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ގޯލްޑްކަޕް 2025ގެ ފުރަތަމަ ކޮލިފައިން މުބާރާތް ލާމުއަތޮޅުން ފެށުމަށް ނިންމައިފިކުޅިވަރު | 19 ދުވަސް ކުރިންދިވެހި ފުޓްބޯޅައަށް އިންގިލާބީ ބަދަލުތަކެއް ގެނެސްދިނުމަށް ގޯލްޑްކަޕް 2025 ތަފާތުތަކާއެކު އިޢުލާންކޮށްފިކުޅިވަރު | 2 މަސް ކުރިންއޭދަފުށި، ރާއްޖޭގެ ފުޓްސަލްގެ ރަސްކަމުން ފުޓްބޯޅައިގެ ރަސްކަމަށްކުޅިވަރު | 7 މަސް ކުރިންގޯލްޑް ކަޕުގެ ފައިނަލް: 4،000 ޓިކެޓު އެއްކޮށް ވިކި ހުސްވެއްޖެކުޅިވަރު | 7 މަސް ކުރިން