logo
Bank of Maldives

Bank of Maldives

ކުޅިވަރު

ދިވެހި ފުޓްބޯޅަ ސީޒަން ފެބުރުވަރީމަހުގައި ފަށަނީ

އަބްދުﷲ ޣާނިމް
21 ޑިސެމްބަރު 2024 - 12:21
2023 ވަނަ އަހަރުގެ ލީގު ޗެންޕިއަން މާޒިޔާ ތަށި އުފުލާލަނީ
2023 ވަނަ އަހަރުގެ ލީގު ޗެންޕިއަން މާޒިޔާ ތަށި އުފުލާލަނީ

ރާއްޖޭގެ ފުޓްބޯޅަ ސީޒަން ފެބުރުވަރީ މަހުގެ 14 ވަނަ ދުވަހުގައި ފަށާގޮތައް ހަމަޖެހިއްޖެއެވެ. މީގެ ކުރިން އެފް.އޭ.އެމް އިން ރާވާފައި އޮތީ އަންނަ އަހަރުގެ ފުޓްބޯޅަ ސީޒަން ޖަނަވަރީމަހު ފަހުކޮޅުގައި ފަށާށެވެ. ނަމަވެސް އެކި ސަބަބުތަކާހުރެ މިތާރީޚައް ސީޒަން ނުފެށޭނެކަން އެފް.އޭ.އެމް އިން މިހާރު ވަނީ ކުލަބުތަކަށް އަންގާފައެވެ.

 

Ad by Hajj Corporation

Ad by Hajj Corporation

އެފް.އޭ.އެމް އިން ކުލަބުތަކަށް ފޮނުވި ކަލަންޑަރުގައިވާގޮތުން މި އަހަރުގައި މައިގަނޑު 6 މުބާރާތެއް އެފް.އޭ.އެމް އިން ވަނީ ރާވާފައެވެ. އެއީ ސީޒަން ހުޅުވާ މެޗު ފެބްރުވަރީ 14 ގައި ކުޅުމަށާއި ފެބްރުއަރީ 17 ގައި ރައީސް ގެ ވާދައިގެ ތައްޓަށް ކުޅެވޭ ޕްރެސިޑެންޓަލް ކަޕް ކުޅުމަށާއި ދިވެހި ލީގު އޭޕްރީލް 8 ގައި ފެށުމަށާއި ތިންވަނަ ޑިވިޝަނުގެ ފުޓްބޯޅަ މުބާރާތް މެއިމަހުގެ 31 ގައި ފެށުމަށާއި އެފް.އޭ ކަޕް ޖުލައި 12 ގައި އަދި ދެވަނަ ޑިވިޝަނުގެ ފުޓްބޯޅަ މުބާރާތް ޖުލައި 18 ގައި ފެށުމަށެވެ.

 

މިހާރު ދިވެހި ފުޓްބޯޅަ ސީޒަން ހުއްޓިފައި އޮންނަތާ އަހަރެއްވެއްޖެއެވެ. މިއީ ތާރީޚުގަވެސް ފުޓްބޯޅަ މެދުކެނޑިފައި އޮންނަތާ އެންމެ ދިގު މުއްދަތެވެ. މިކަމުގެ ސަބަބުން ފުޓްބޯޅަ ކުލަބުތަކުގެ ހަރަކާތްތައް ވަނީ ހުއްޓުމަކަށް އައިސްފައެވެ. އަދި މިއާއެކު ކުލަބުތަކުން ކުޅުންތެރިންނަށް މުސާރަނުދެވި، ކުލަބުތަކުގެ ޕްރެކްޓިސްތައް ވަނީ ހުއްޓާލާފައެވެ. އަދި ފުޓްބޯޅަ ސީޒަން ފަށާނެ ތާރީޚެއް ޔަޤީން ނުވާތީ، އައު ސީޒަނަށް ޕްރެކްޓިސް ފެށި ހަމައެކަނި ކުލަބު ކަމަށްވާ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކުލަބުންވަނީ މިދިޔަ ހަފްތާގައި ޕްރެކްޓިސްތައް މެދުކަނޑާލާފައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އެފްއޭއެމް އެވޯޑްސް ކޮމިޓީގެ ޗެއާ ކަމަށް މައުރޫފް އަހުމަދު (މާއްޓޭ)ކުޅިވަރު | މަހެއް ކުރިންފަލަސްތީނުގެ ގައުމީ ޓީމުގެ ތަމްރީނު ކޭމްޕް ރާއްޖޭގައި ބޭއްވުމަށް ސަރުކާރުގެ އެހީތެރިކަމަށް އެދެނީކުޅިވަރު | 2 މަސް ކުރިންނިއުރޭޑިއަންޓުގެ ވައިސް ޗެއާމަނަކަށް އެމްއޭސީއެލްގެ ޑީއެމްޑީ ލަމްއާން!ކުޅިވަރު | 3 މަސް ކުރިންހަފުތާއެއްގެ ތެރޭގައި ފުޓްބޯޅަ ކަލަންޑަރު އެކުލަވާލައި އަތޮޅު މުބާރާތް މިއަހަރު ފަށަނީކުޅިވަރު | 3 މަސް ކުރިން