logo
Bank of Maldives

Bank of Maldives

ކުޅިވަރު

އެފްއޭއެމް އެވޯޑްސް ކޮމިޓީގެ ޗެއާ ކަމަށް މައުރޫފް އަހުމަދު (މާއްޓޭ)

އަބްދުﷲ ޣާނިމް
24 ސެޕްޓެމްބަރު 2025 - 17:47
ފޮޓޯ: މައުރޫފް އަހްމަދު (އެކްސް)
ފޮޓޯ: މައުރޫފް އަހްމަދު (އެކްސް)

ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ އެވޯޑްސް ކޮމިޓީގެ ޗެއާޕާސަންގެ މަޤާމަށް، ދިވެހި ފުޓްބޯޅައިގެ ލެޖެންޑް، ކުރީގެ ގައުމީ ކޯޗު، މައުރޫފް އަޙުމަދު (މާއްޓޭ) ހަމަޖައްސައިފިއެވެ.

މާއްޓޭއަކީ ދިވެހި ފުޓްބޯޅައިގައި ކުޅުންތެރިއެއްގެ އަދި ކޯޗެއްގެ ހައިސިއްޔަތުން ގިނަ ކާމިޔާބީތަކެއް ހޯއްދަވާފައިވާ ބޭފުޅެކެވެ. އޭނާ ވަނީ އެފްއޭއެމްގެ ޓެކްނިކަލް ޑިރެކްޓަރުކަމާއި، މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުކަން ވެސް ކުރައްވާފައެވެ. ކްލަބް ވިކްޓްރީ އަށް ކުޅުންތެރިއެއްގެ އަދި ކޯޗެއްގެ ގޮތުގައި ވެސް ގިނަ ކާމިޔާބީތަކެއް ހޯއްދަވައި ދިވެހި ފުޓްބޯޅަ ތަރައްގީ ކުރުމަށް ފާހަގަކޮށްލެވޭ މަސައްކަތްތަކެއް ކުރައްވާފައިވެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެވޯޑްސް ކޮމިޓީގެ ނައިބު ޗެއާޕާސަންގެ މަގާމަށް ހަމަޖެހިފައިވަނީ ބައިނަލްއަގްވާމީ މެޗު ކޮމިޝަނަރެއްގެ ގޮތުގައި ތަޖުރިބާ ހުރި އަބްދުލް ހަމީދު އަބްދުލް ޣަފޫރު (އައްޑޫ) އެވެ. މީގެ އިތުރުން، ކޮމިޓީގައި ކުރީގެ ބައިނަލްއަގްވާމީ ރެފްރީ އަޙުމަދު އަބީރު އިސްމާއިލް އާއި، ކުރީގެ މަޝްހޫރު ފުޓްބޯޅަ ނޫސްވެރި މުޙައްމަދު ޝަހީބު ވެސް ހިމެނެއެވެ.

ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު ވެސް މި ކޮމިޓީގެ މެންބަރެއްގެ ގޮތުގައި ހިމެނޭނެކަމަށް އެފްއޭއެމުން މަޢުލޫމާތު ދީފައިވެއެވެ. މިއީ ގައުމީ ފުޓްބޯޅަ ކުޅުމުގެ ދާއިރާގެ ނަޒަރިއްޔާތު ކޮމިޓީގެ މަޝްވަރާތަކުގައި ހިމެނުމަށް ނިންމާފައިވާ ނިންމުމެކެވެ.

މި އަހަރުގެ އެފްއޭއެމް އެވޯޑްސްގައި 12 ކެޓަގަރީއެއްގެ އެވޯޑް ހިމެނޭއިރު، މި އެވޯޑްތައް ދިނުމަށް ހަމަޖެހިފައިވަނީ މިހާރު ކުރިއަށްދާ ފުޓްބޯޅަ ސީޒަންގެ ނަތީޖާތަކާއި ކުޅުންތަކަށް ބިނާކޮށެވެ. މި އެވޯޑްތަކަކީ ދިވެހި ފުޓްބޯޅައިގައި ފާހަގަކޮށްލެވޭ ހުނަރުތަކާއި ކާމިޔާބީތައް ފާހަގަކުރުމަށް ދެވޭ އެވޯޑްތަކެކެވެ. މިއަހަރުގައި ފުޓްބޯޅައިގެ އެވޯޑްތަކުގެ އިތުރުން ފުޓްސަލް އެވޯޑް ވެސް ވަނީ ތައާރަފްކޮށްފައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އެފްއޭއެމް އެވޯޑްސް ކޮމިޓީގެ ޗެއާ ކަމަށް މައުރޫފް އަހުމަދު (މާއްޓޭ)ކުޅިވަރު | މަހެއް ކުރިންފަލަސްތީނުގެ ގައުމީ ޓީމުގެ ތަމްރީނު ކޭމްޕް ރާއްޖޭގައި ބޭއްވުމަށް ސަރުކާރުގެ އެހީތެރިކަމަށް އެދެނީކުޅިވަރު | 2 މަސް ކުރިންހަފުތާއެއްގެ ތެރޭގައި ފުޓްބޯޅަ ކަލަންޑަރު އެކުލަވާލައި އަތޮޅު މުބާރާތް މިއަހަރު ފަށަނީކުޅިވަރު | 3 މަސް ކުރިންފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ އެފް ރައީސްކަމަށް ތޯރިގް އިންތިހާބު ކޮށްފިކުޅިވަރު | 3 މަސް ކުރިން