logo
Bank of Maldives

Bank of Maldives

ކުޅިވަރު

އެފްއޭއެމްގެ 14 އަހަރުން ދަށުގެ މުބާރާތުގެ ޗެންޕިއަންޝިޕްގެ ގުރުލައިފި

އަބްދުﷲ ޣާނިމް
23 ޖެނުއަރީ 2026 - 17:23
2024 ވަނަ އަހަރުގެ 14 އަހަރުން ދަށުގެ ޔޫތު ޗެންޕިއަންޓީމު ޓީސީ. ފޮޓޯ؛އެފް.އޭ.އެމް
2024 ވަނަ އަހަރުގެ 14 އަހަރުން ދަށުގެ ޔޫތު ޗެންޕިއަންޓީމު ޓީސީ. ފޮޓޯ؛އެފް.އޭ.އެމް

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އިންތިޒާމުކޮށްގެން ބާއްވާ 14 އަހަރުން ދަށުގެ ޗެމްޕިއަންޝިޕްގެ ގުރުއަތުލުން މިއަދު ބާއްވައިފިއެވެ. ޖުމްލަ 18 އެކަޑަމީއަކުން ބައިވެރިވާ މި މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ ފެބްރުއަރީ މަހުގެ 5 ވަނަ ދުވަހުއެވެ.

މި މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ބައިވެރިވާ ޓީމުތައް ތިން ގްރޫޕަކަށް ބަހާލައިގެންނެވެ. ކޮންމެ ގްރޫޕެއްގައި ހަ ޓީމު ހިމެނޭއިރު، ކޮންމެ ގްރޫޕަކުން އެންމެ މޮޅު ތިން ޓީމާއި، ހުރިހާ ގްރޫޕަކުން ހަތަރުވަނައަށްދާ ޓީމުތަކުގެ ތެރެއިން އެންމެ ނަތީޖާ ރަނގަޅު ޓީމު ދެވަނަ ބުރަށް ހޮވޭނެއެވެ. ދެވަނަ ބުރުގައި 10 ޓީމުގެ މެދުގައި ލީގު އުސޫލުން އެއް ބުރު ކުޅުމަށްފަހު، އެންމެ ގިނަ ޕޮއިންޓް ހޯދާ ޓީމަކަށް ޗެމްޕިއަންކަން ލިބޭނެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮންމެ ޓީމެއްގައި 25 ކުޅުންތެރިންނާއި އަށް އޮފިޝަލުން ހިމެނޭ މި މުބާރާތަކީ ރާއްޖޭގައި މިހާތަނަށް ބާއްވާ 14 އަހަރުން ދަށުގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތެވެ. މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވަނީ ކްލަބް އެކަޑަމީތަކަށާއި ސްޕޯޓްސް ކޮމިޝަނަރުގެ އޮފީހުގައި ރަޖިސްޓްރީކޮށްފައިވާ އެކަޑަމީތަކަށެވެ.

މިދިޔަ އަހަރު އެފްއޭއެމް އިން ވަނީ މޯލްޑިވްސް ސޮކަރ މޭޓްސްއާ ގުޅިގެން ތިން އުމުރުފުރާއަކަށް ބަހާލައިގެން "ދިވެހި ޔޫތު ލީގު" ބާއްވާފައެވެ. އޭގެ ތެރޭގައި 14 އަހަރުން ދަށުގެ ލީގެއްވެސް ހިމެނުނެވެ. ނަމަވެސް މިފަހަރުގެ މުބާރާތަކީ ސީދާ އެފްއޭއެމްގެ ބެލުމުގެ ދަށުން ކުރިއަށްގެންދާ މުބާރާތެކެވެ.

އެފްއޭއެމް އިން ހާމަކުރި ގޮތުގައި، މި މުބާރާތަކީ ރާއްޖޭގެ ޒުވާން ފުޓްބޯޅަ ކުރިއެރުވުމަށާއި، ހަރުދަނާ އޮނިގަނޑެއްގެ ދަށުން ގްރާސްރޫޓް ފުޓްބޯޅަ ތަރައްގީކުރުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އެފްއޭއެމްގެ 14 އަހަރުން ދަށުގެ މުބާރާތުގެ ޗެންޕިއަންޝިޕްގެ ގުރުލައިފިކުޅިވަރު | 2 ގަޑިއިރު ކުރިންއެފްއޭއެމް އަންހެން ޑިވިޝަނުގައި ވާދަކުރާ ކޮންމެ ޓީމަކަށް އެއްލައްކަ ރުފިޔާދޭން ނިންމައިފިކުޅިވަރު | 2 މަސް ކުރިންއެފްއޭއެމް އެވޯޑްސް ކޮމިޓީގެ ޗެއާ ކަމަށް މައުރޫފް އަހުމަދު (މާއްޓޭ)ކުޅިވަރު | 4 މަސް ކުރިންފަލަސްތީނުގެ ގައުމީ ޓީމުގެ ތަމްރީނު ކޭމްޕް ރާއްޖޭގައި ބޭއްވުމަށް ސަރުކާރުގެ އެހީތެރިކަމަށް އެދެނީކުޅިވަރު | 5 މަސް ކުރިން