އޭއެފްސީއަށް އެފްއޭއެމްއިން ދައްކަންޖެހޭ ޖޫރިމަނާ މާފުކޮށް ސަސްޕެންޝަން އުވާލައިފި
26 ސެޕްޓެމްބަރު 2026 - 12:46

އޭޝިއާގެ މައި ފުޓްބޯޅަ އިދާރާ (އޭއެފްސީ) އިން އެފްއޭއެމްގެ ފަންޑިން ސަސްޕެންޝަން އުވާލައި، އެ އިދާރާއަށް އެފްއޭއެމުން ދައްކަންޖެހޭ 253،030 ޑޮލަރު (ގާތްގަނޑަކަށް 4 މިލިއަން ރުފިޔާ) މާފުކޮށްދީފި އެވެ. މި ފިޔަވަޅުތަކަކީ 2023 ވަނަ އަހަރު ބައްސާމް އަދީލް ޖަލީލްގެ ލީޑަޝިޕްގައި އޭއެފްސީގެ ފައިސާ ނަހަމަ ގޮތުގައި ބޭނުންކޮށްފައިވާތީ، އެ ފައިސާ އަނބުރާ ހޯދުމަށާއި 2024 އިން ފެށިގެން ބަޖެޓުން މަހުރޫމުކޮށް އަޅާފައިވާ ފިޔަވަޅުތަކެކެވެ.
.png&w=750&q=75)
Ad by Hajj Corporation
އެފްއޭއެމްގެ މިހާރުގެ ލީޑަޝިޕުން އޭއެފްސީއާ އެކު ގުޅުން ބަދަހިކޮށް، ލުއިތަކެއް ހޯދުމަށް އެދި ހުށަހެޅި ހުށަހެޅުމާ ގުޅިގެން، އޭއެފްސީގެ ޑިވެލޮޕްމަންޓް ކޮމިޓީންނާއި އެގްޒެކެޓިވް ކޮމިޓީން ވަނީ ފައިސާ މާފުކޮށްދީ، 2027 އިން ފެށިގެން އޭއެފްސީގެ ބަޖެޓް ސަޕޯޓް ޕްރޮގްރާމަށް އެދުމުގެ ފުރުސަތު ރާއްޖެއަށް އަލުން ދިނުމަށް ނިންމާފަ އެވެ.
އެފްއޭއެމް އިން ދެކޭގޮތުގައި މިއީ ދިވެހި ފުޓްބޯޅަ މާލީ ގޮތުން ހަމަމަގަށް އަޅުވައި، އާރާސްތުކުރުމަށް ލިބުނު މުހިންމު ފުރުސަތެކެވެ. މީގެއިތުރުން، މިދިޔަ އަހަރުގެ ޖުލައި މަހު ހަވާލުވި އާ ލީޑަޝިޕުން ބައިނަލްއަގުވާމީ ގުޅުންތައް ވަރުގަދަކުރަމުން އަންނައިރު، ފީފާގެ ރައީސް ރާއްޖެއަށް ކުރެއްވި ޒިޔާރަތުގައި އެޓޯލް ޗެމްޕިއަންޝިޕަށް ފީފާއިން 266،000 ޑޮލަރުގެ އެހީއެއް ދިނުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.


