logo
E-Platinum
ކުޅިވަރު

ހަފުތާއެއްގެ ތެރޭގައި ފުޓްބޯޅަ ކަލަންޑަރު އެކުލަވާލައި އަތޮޅު މުބާރާތް މިއަހަރު ފަށަނީ

އަބްދުﷲ ޣާނިމް
28 ޖުލައި 2025 - 15:07
އެފްއޭއެމްގެ ރައީސް ޠާރިޤް | ފޮޓޯ: ސިޑިބަރި
އެފްއޭއެމްގެ ރައީސް ޠާރިޤް | ފޮޓޯ: ސިޑިބަރި

މި އަހަރުގެ ތެރޭގައި އަތޮޅު މުބާރާތްތައް އަލުން ފަށަން ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ނިންމައިފި އެވެ. މި ނިންމުން ނިންމާފައިވަނީ މިއަދު ބޭއްވި އެފްއޭއެމްގެ އާ އެގްޒެކެޓިވް ކޮމިޓީގެ ފުރަތަމަ ބައްދަލުވުމުގައެވެ.

އެފްއޭއެމްގެ ރައީސް އަހްމަދު ތޯރިގް (ޓޮމް) ވިދާޅުވި ގޮތުގައި މި އަހަރުގެ ފުޓްބޯޅަ ކަލަންޑަރު ހަފުތާއެއްގެ ތެރޭގައި ފައިނަލް ކުރާނެ އެވެ. އަދި ދިވެހި ފުޓްބޯޅައަށް 75 އަހަރު ފުރުން ފާހަގަ ކުރުމަށްޓަކައި ޑައިމަންޑް ޖުބިލީ ކޮމިޓީއެއްވެސް އެކުލަވާލުމަށް ވަނީ ނިންމާފައެވެ.

މި އަހަރުގެ މުބާރާތްތައް ކުރިއަށް ގެންދިއުމަށް ރާއްޖެ ވަނީ ހަތަރު ޒޯނަކަށް ބަހާލާފައެވެ. އެގޮތުން މާލެ ފިޔަވައި އެހެން ހަތަރު ޒޯނުގައި އަތޮޅު މުބާރާތްތައް ކުޅެ، ރީޖަނަލް ލީގު ކުޅޭނެ ކަމަށް ތޯރިގް ވިދާޅުވި އެވެ.

ރީޖަނަލް އެސޯސިއޭޝަންތައް

އަލަށް އެކުލަވާލެވޭ ރީޖަނަލް އެސޯސިއޭޝަންތަކުގެ ތެރޭގައި ނޯތު ރީޖަނަލް ފުޓްބޯޅަ އެސޯސިއޭޝަން (ހއ. ހދ. ށ، ނ، ރ، ބ، ޅ، ކުޅުދުއްފުށި ސިޓީ)، ސެންޓްރަލް ރީޖަނަލް ފުޓްބޯޅަ އެސޯސިއޭޝަން (ކ، އއ، އދ، ވ، މ، ފ، ދ)، ސައުތު ރީޖަނަލް ފުޓްބޯޅަ އެސޯސިއޭޝަން (ތ، ލ، ގއ، ގދ، ތިނަދޫ ސިޓީ، ފުވައްމުލަށް ސިޓީ، އައްޑޫ ސިޓީ) އަދި މާލެ ރީޖަނަލް ފުޓްބޯޅަ އެސޯސިއޭޝަން ހިމެނެއެވެ.

އެފްއޭއެމްގެ ރައީސް ވިދާޅުވި ގޮތުގައި މި އަހަރު ފަށާ ސީޒަނަށްފަހު، ޖެހިގެން އަންނަ ސީޒަނުގައި ބާއްވާ ލީގަށް އަތޮޅުތެރެއިން ޓީމުތައް ގެނައުމަށް މަސައްކަތް ކުރާނެއެވެ. މީގެ އިތުރުން އެފްއޭއެމްގެ ސްޓޭންޑިން ކޮމިޓީތައްވެސް އެކުލަވާލުމަށް މިއަދުގެ ބައްދަލުވުމުގައި ވަނީ ނިންމާފައެވެ.

Regional Airports
ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ހަފުތާއެއްގެ ތެރޭގައި ފުޓްބޯޅަ ކަލަންޑަރު އެކުލަވާލައި އަތޮޅު މުބާރާތް މިއަހަރު ފަށަނީކުޅިވަރު | 17 ގަޑިއިރު ކުރިންފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ އެފް ރައީސްކަމަށް ތޯރިގް އިންތިހާބު ކޮށްފިކުޅިވަރު | 3 ދުވަސް ކުރިންޠާރިޤުއަށް އެފްއޭއެމް މެންބަރު ކުލަބުތަކުގެ ތާޢީދުއޮތްކަން އިލެކްޓޯރަލް ކޮމިޓީއިން އެފްއޭއެމް އަށް އަންގައިފިކުޅިވަރު | 19 ދުވަސް ކުރިންނިއު އާއި ވިކްޓްރީއަށް މެންބަރުކަންދީފައި އެފްއޭއެމްގެ އަސާސީ ޤަވާއިދު ފާސްކޮށްފިކުޅިވަރު | މަހެއް ކުރިން