logo
Bank of Maldives

Bank of Maldives

ޚަބަރު

މޯލްޑިވްސް ޕޮލިޓެކްނިކުން ތާރީޚީ ކާމިޔާބީއެއް ހާސިލުކޮށްފި

އާމިނަތު ޝަފާ
22 ޑިސެމްބަރު 2024 - 04:38
ރިހި މެޑަލް  ހޯދި ޕޮލިޓެކްނިކްގެ ޓީމް
ރިހި މެޑަލް ހޯދި ޕޮލިޓެކްނިކްގެ ޓީމް

މޯލްޑިވްސް ޕޮލިޓެކްނިކުން ތާރީޚީ ކާމިޔާބީއެއް ހާސިލުކޮށްފިއެވެ. ޑިސެމްބަރު 16 އިން 20 އަށް ޗައިނާގެ ބެއިޖިންގ އަދި ޗިންގޑާއޯގައި ބޭއްވުނު "ތަރޑް ޝަންހާއި ކޯޕަރޭޝަން އޮގަނައިޒޭޝަން ވަރކް ސްކިލްޑް ކޮންޓެސްޓް" ގައި މޯލްޑިވްސް ޕޮލިޓެކްނިކުގެ ޓީމު ރިހި މެޑަލް ހޯދުމުގައި ކާމިޔާބުވެފައިވެއެވެ.

މި މުބާރާތުގައި މޯލްޑިވްސް ޕޮލިޓެކްނިކް ތަމްސީލުކުރި ޓީމުގައި ހިމެނެނީ ލެކްޗަރަރ މުޙައްމަތު ލަޠީފާއާއި، ދަރިވަރުންކަމުގައިވާ އަޙްމަދު ލިވާޒް އަދި މުޙައްމަދު ނަސީމެވެ. ޝަންހާއީ ކޯޕަރޭޝަން އޮގަނައިޒޭޝަން (އެސް.ސީ.އޯ) އިން އިންތިޒާމުކޮށްގެން ބޭއްވުނު މި މުބާރާތުގައި އެކި ޤައުމުތަކުގެ ބައިވެރިން ފަންނީ އަދި ވޮކޭޝަނަލް ހުނަރުތައް ދައްކުވައިދީފައިވެއެވެ. މިއީ މިފަދަ މުބާރާތެއްގައި މޯލްޑިވްސް ޕޮލިޓެކްނިކުން ބައިވެރިވި ފުރަތަމަ ފަހަރެވެ.

Ad by Hajj Corporation

Ad by Hajj Corporation

ދުނިޔޭގެ ނަންމަޝްހޫރު ޔުނިވަރސިޓީތަކާއި އިންސްޓިޓިއުޝަންތަކުގެ ބައިވެރިންނާ ވާދަކޮށް މި ކާމިޔާބީ ހޯދުމަކީ، ވޮކޭޝަނަލް ދާއިރާއިން މޯލްޑިވްސް ޕޮލިޓެކްނިކް ކުރިއަރަމުންދާކަމުގެ ހެއްކެކެވެ. އަދި މިއީ މޯލްޑިވްސް ޕޮލިޓެކްނިކްގެ ދަރިވަރުންގެ ހުނަރުވެރިކަމާއި، ވޮކޭޝަނަލް ތަޢުލީމަށް އޮތް ޝައުޤުވެރިކަން ދައްކުވައިދޭ ކަމެކެވެ.

މި ޓީމުގެ ކާމިޔާބީން، މުސްތަޤުބަލަށް ބޭނުންވާ ހުނަރުތައް ތަރައްޤީކޮށް، ޤައުމީ އަދި ބައިނަލްއަޤްވާމީ ފެންވަރުގައިވެސް ދަރިވަރުން ބާރުވެރިކުރުވުމުގައި މޯލްޑިވްސް ޕޮލިޓެކްނިކްގެ މުހިންމު ދައުރު ފާހަގަކުރެވެއެވެ. މި ކާމިޔާބީގެ ސަބަބުން، ބައިނަލްއަޤްވާމީ މިންގަނޑުތަކަށް ފެތޭ ފަންނީ އަދި ވޮކޭޝަނަލް ތަޢުލީމު ފޯރުކޮށްދިނުމަށް މޯލްޑިވްސް ޕޮލިޓެކްނިކުން ދޭ އަހައްމިއްޔަތުކަން އިތުރަށް ހަރުދަނާވެގެންދާނެކަން ކަށަވަރެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ބަންގްލަދޭޝްގެ ބީޔޫޕީގެ ސްކޮލަރޝިޕަށް ހުޅުވާލައިފިޚަބަރު | 10 މަސް ކުރިން2024 ނިމިގެންދިޔައިރު ވަޒީފާއާ ބެހޭ 2 ގާނޫނެއް ވުޖޫދުކުރެވުނުޚަބަރު | 2 އަހަރު ކުރިންމޯލްޑިވްސް ޕޮލިޓެކްނިކުން ތާރީޚީ ކާމިޔާބީއެއް ހާސިލުކޮށްފިޚަބަރު | 2 އަހަރު ކުރިންބަޖެޓުން ކުރި ބޮޑު އިސްރާފަށް ޒިންމާވާނެ ބަޔަކު ނެތިފައި ޚަބަރު | 2 އަހަރު ކުރިން