logoEN
ކުޅިވަރު

އިނގިރޭސި ޕްރީމިއަރ ލީގު: ޔުނައިޓެޑުގެ ކްރިސްމަސް ހަދިޔާއަކަށް ހިތިފެން ބޯންދީފި

މެންޗެސްޓަރ ޔނުައިޓެޑު ވަނީ ޖެހިޖެހިގެން ދެ މެޗުގައި އޯލްޓްރަފޯޑުގައި ޗެރީސްއަތުން ބަލިވެފައި.. ފޮޓޯ: މެންޗެސްޓަރ ޔުނައިޓެޑު

މެންޗެސްޓަރ ޔނުައިޓެޑު ވަނީ ޖެހިޖެހިގެން ދެ މެޗުގައި އޯލްޓްރަފޯޑުގައި ޗެރީސްއަތުން ބަލިވެފައި.. ފޮޓޯ: މެންޗެސްޓަރ ޔުނައިޓެޑު

އަބްދުﷲ ޣާނިމްއަބްދުﷲ ޣާނިމް

23 ޑިސެމްބަރު 2024 - 03:57

ކްރިސްމަސް އާއި ދިމާކޮށް ކުޅުނު ޕްރީމިއަރ ލީގު މެޗުގައި މެންޗެސްޓަރ ޔުނައިޓެޑު ބޯންމައުތު (ޗެރީސް) އަތުން ބަލިވެއްޖެއެވެ. ޔުނައިޓެޑުގެ އަމިއްލަ ދަނޑުގައި ކުޅުނު މިމެޗުން ޗެރީސް މޮޅުވީ 0-3 އިންނެވެ. މިއާއެކު ޗެރީސް އާއި ދެކޮޅަށް އަމިއްލަ ދަނޑުގައި އެންމެ ފަހުން ކުޅުނު ދެމެޗުންވެސް ޔުނައިޓެޑު ވަނީ 3 ގޯލުގެ ތަފާތުން ބަލިވެފައެވެ.

މެންޗެސްޓަރ ޔުނައިޓެޑު ސިޓީ އާ ދެކޮޅަށް ކުޅެ ހައިރާން ކުރުވަނިވި ގޮތަކަށް މޮޅުވުމަށްފަހު، ޖެހިގެން އައި މެޗުގައި ޔުނައިޓެޑް ޓޮޓްނަމް އާއި ދެކޮޅަށް ކުޅުނު ދަށްކުޅުން ރޭގައިވަނީ ތަކުރާރުވެފައެވެ. މެޗުގެ ކުރީކޮޅުގައި ބޯޅަ ކޮންޓްރޯލްކޮށްގެން ކުޅުނު ބޯންމައުތުން ވަނީ 29 ވަނަ މިނެޓްގައި ރަޔަން ކްރިސްޓީގެ ހިލޭޖެހުމަކުން ޑީން ހުއިޖްސެން ބޯލުން ޖަހައި ލަނޑެއް ކާމިޔާބުކޮށްފައެވެ.

އަދި 61 ވަނަ މިނެޓްގައި މަޒްރާއުއީ ބޯންމައުތުގެ ކްލުއިވަރޓް އަށް ފައުލަކާއި ގުޅިގެން ލިބުނު ޕެނަލްޓީއެއް ކްލުއިވަރޓް ވަނީ ގޯލަކަށް ބަދަލުކޮށްފައެވެ. އޭގެ ދެ މިނެޓް ފަހުން އެންޓުއާން ސެމެންޔޯ ވަނީ ބޯންމައުތުގެ ތިންވަނަ ލަނޑު ޖަހާފައެވެ.

ރޭގެ މޮޅާއެކު ބޯންމަތު ވަނީ ތާވަލުގެ ފަސްވަނަ އަރައި، ގަދަ ހަތަރެއްގެ އުއްމީދު އާކޮށްފައެވެ. އަދި ރޭގެ ބައްޔާއެކު ޔުނައިޓެޑު އޮތީ ތާވަލުގެ 13 ވަނައިގައެވެ. މިއީ 90-1989 ގެ ފަހުން ސީޒަން ދެބައިވިއިރު ޔުނައިޓެޑް އެންމެ ދަށް ހިސާބެއްގައި އޮތް ފަހަރެވެ.

ފަހަކަށް އައިސް އަނެއްކާވެސް ޔުނައިޓެޑްގެ ޑިފެންސިވް މައްސަލަތައް ދަނީ އިތުރުވަމުންނެވެ. އެގޮތުން މިއަހަރު މިހާތަނަށް ހިލޭޖެހުންތަކުން އިނދިކޮޅޫ ޓީމުތަކުންވަނީ ޔުނައިޓެޑުކޮޅަށް ޖުމްލަ 17 ލަނޑު ކާމިޔާބުކޮށްފައެވެ.

315x437_placeholder

ކޮމެންޓް

871x217_placeholder