logo
Bank of Maldives

Bank of Maldives

ކުޅިވަރު

55 އަހަރު ފަހުން ފޮރެސްޓަށް، އެންފީލްޑްގައި ލިވަޕޫލް ބަލިކުރެވިއްޖެ

އަޙްމަދު ސަދޫފް މޫސާއަޙްމަދު ސަދޫފް މޫސާ
15 ސެޕްޓެމްބަރު 2024 - 05:05
ލިވާޕޫލުގެ ކޮޅަށް ގޯލު ޖެހުމަށް ފަހު ފޮރެސްޓުން އުފާފާޅުކުރަނީ -- ފޮޓޯ/ ބީބީސީ
ލިވާޕޫލުގެ ކޮޅަށް ގޯލު ޖެހުމަށް ފަހު ފޮރެސްޓުން އުފާފާޅުކުރަނީ -- ފޮޓޯ/ ބީބީސީ

އިނިގރޭސި ޕްރިމިއާ ލީގުގައި ނޮޓެންހަމް ފޮރެސްޓްގެ އަތުން ގަދަބާރު، ލިވާޕޫލް ބަލިވެއްޖެއެވެ.

އަމިއްލަ ދަނޑު، އެންފީލްޑްގައި ލިވާޕޫލްއިން ރޭ ކުޅުނު އެ އެ މެޗުން ލިބުނު މޮޅަކީ، ފާއިތުވި 55 އަހަރުގެ ތެރޭގައި އެންފީލްޑުގައި ނޮޓިންހަމްއަށް ލިބުނު ފުރަތަމަ މޮޅެވެ.

Ad by Hajj Corporation

Ad by Hajj Corporation

މުޅި މެޗުގައި ވެސް ބޯޅަ ހިފަހައްޓައި، ރަނގަޅު ކުޅުމެއް ކުޅުނީ ލިވަޕޫލްއިންނެވެ. އެހެން ނަމަވެސް ލިބުނު ފުރުސަތުތަކުގެ ބޭނުން ނުހިފި، މެޗު ނޮޓިންހަމްގެ ކޮޅަށް އެނބުރުނީއެވެ.

އެގޮތުން މުޅި މެޗުގައި ވެސް ޖެހި ހަމައެކަނި ގޯލު، ނޮޓެންހަމްއަށް ޖަހައިދިނީ މި ސީޒަނުގައި ޗެލްސީން އެ ޓީމަށް ބަދަލުވި، އިނގިރޭސި ފޯވާޑް ކެލަމް ހަޑްސަން އޮޑޮއިއޭވެ. އޭނާ އެ ގޯލު ޖެހީ ކައުންޓާ އެޓޭކްއެއްގައި، ލިބުނު ފުރުސަތެއްގެ ބޭނުން ހިފައިގެން މެޗުގެ 72 ވަނަ މިނެޓުގައެވެ.

SEI221598587.avif

ލިވާޕޫލް ކޮޅަށް ގޯލު ޖަހަނީ -- ފޮޓޯ/ ލިވާޕޫލް

މެޗުގެ މުޅި ކޮންޓްރޯލް ނަގައިގެން ލިވާޕޫލުން ކުޅުނު ނަމަވެސް، މުޅި މެޗުގައި ވެސް ލިވާޕޫލުގެ ނިންމުންތަައް ފެނުނީ ދޯހަޅިކޮށެވެ. އޭގެ ހެއްކަކީ، ލިވާޕޫލުން އެ މެޗުގައި 14 ޝޮޓު ޖެހިއިރު، އޭގެ ތެރެއިން ގޯލާ އަމާޒުވީ އެންމެ ފަސް ޝޮޓެވެ. އެއާ ޚިލާފަށް ނޮޓެންހަމް އިން ޖެހި ފަސް ޝޮޓުގެ ތެރެއިން ތިން ޝޮޓު ގޯލާ އަމާޒުކުރިއެވެ.

ލިވާޕޫލުގެ ބައްޔާއެކު، އެ ޓީމު ވަނީ ލީގުގެ ދެވަނައަށް ވެއްޓިފައެވެ. އެއްވަނައިގައި އޮތީ ކުޅުނު ހަތަރު މެޗުން ވެސް މޮޅުވެ، 12 ޕޮއިންޓާއެކު އޮތް މެންޗެސްޓާ ސިޓީއެވެ.

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ފަހުވަގުތުގެ ގޯލާއެކު ޗެލްސީ ހިފަހަށްޓައިފިކުޅިވަރު | 4 ދުވަސް ކުރިންއާސެނަލް އަދި ޓޮޓްނަމް ޕްރީމިއަރ ލީގުގެ ތާވަލުގެ އެންމެ ކުރިޔަށްކުޅިވަރު | 4 ދުވަސް ކުރިންސެޓްޕީސް އެފްސީ ހިލޭޖެހުމެއްގެ ދަށުވެ ސައިޒަށްކުޅިވަރު | 18 ދުވަސް ކުރިންކިތަންމެ ވަރަކަށް ލާރިއެޅިޔަސް ގާޑިއޯލާ ފުލުފުލުގައި ބަލިކުޅިވަރު | 18 ދުވަސް ކުރިން