logo
MPL

MPL

ކުޅިވަރު

ނިއުކާސަލް އާއި ލިވަޕޫލް ވާދަކުރި ވާދަވެރި މެޗު ފަހުގަޑީގައި ހަމަހަމަ

އަބްދުﷲ ޣާނިމް
24 އޯގަސްޓު 2026 - 05:35
ނިއުކާސަލް އާއި ލިވަޕޫލް ވާދަކުރި ވާދަވެރި މެޗު ފަހުގަޑީގައި ހަމަހަމަ

އިނގިރޭސި ޕްރިމިއާ ލީގުގައި މެޗުގެ އިތުރު ވަގުތުގެ އެންމެ ފަހު މިނެޓުގައި ޑޮމިނިކް ސޮބޮސްލާއީ ކާމިޔާބުކުރި ޕެނަލްޓީއާއެކު، ނިއުކާސަލް ޔުނައިޓެޑާ ވާދަކޮށް 2-2 އިން ލިވަޕޫލް އެއްވަރުވެ ސަލާމަތްވެއްޖެއެވެ. މި ނަތީޖާއާއެކު، ނިއުކާސަލްގެ އާ ކޯޗު މަތިއަސް ޖައިސްލޭގެ ފުރަތަމަ ޕްރިމިއާ ލީގު މެޗުން މޮޅުވުމަށް ކުރި އުންމީދުތައް ވަނީ ފެނަށް ގޮސްފައެވެ.

ކެވިން ކީގަންގެ ހަނދާނުގައި ގެނައި ޝުއޫރީ ވަގުތުކޮޅަކަށްފަހު ފެށުނު މި މެޗުގެ ފަސްވަނަ މިނެޓުގައި އެންތަނީ އެލަންގާ ވަނީ ނިއުކާސަލްއަށް ލީޑު ނަގައިދީފައެވެ. މިއީ ލީގުގައި 40 މެޗަށްފަހު އޭނާ ކާމިޔާބުކުރި ފުރަތަމަ ލަނޑެވެ. ދެވަނަ ހާފުގެ 55 ވަނަ މިނެޓުގައި ކޯޑީ ގަކްޕޯ ޖެހި މޮޅު ލަނޑުން ލިވަޕޫލަށް ނަތީޖާ ހަމަހަމަކޮށްދީފައި ވަނިކޮށް، ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ޖޯ ވިލޮކް ވަނީ ނިކުތްތާ ދެ މިނެޓު ނުވަނީސް ނިއުކާސަލްއަށް އަލުން ލީޑު ހޯދައިދީފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ނިއުކާސަލްގެ ޔޮއާން ވިސާއަށް ލީޑު ފުޅާކުރަން ލިބުނު ރަނުގެ ފުރުސަތުތައް ބޭކާރުވުމުގެ އަދަބު އެ ޓީމަށް ލިބުނީ މެޗުގެ އިތުރު ވަގުތުގެ ނުވަވަނަ މިނެޓުގައެވެ. ލިވަޕޫލްގެ ވިކްޓަ މުނޯޒަށް ނިއުކާސަލްގެ ލުއިސް ހޯލް ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީ ކާމިޔާބުކޮށްދިނީ ސޮބޮސްލާއީއެވެ. މި މެޗަކީ އަންޑޯނީ އިރައޯލާގެ އިރުޝާދުގެ ދަށުން ލިވަޕޫލް ކުޅުނު ފުރަތަމަ ރަސްމީ މެޗެވެ.

މި ނަތީޖާއާއެކު ނިއުކާސަލްއިން ލީގުގައި ލިވަޕޫލާ ދެކޮޅަށް މޮޅެއް ނުލިބި ހޭދަކުރި މެޗުތަކުގެ އަދަދު ވަނީ 20 އަށް އަރާފައެވެ. އަދި ވޭތުވެދިޔަ 14 ސީޒަނުގައި ވެސް ލީގުގެ ފުރަތަމަ މެޗުން ބަލިނުވުމުގެ ރެކޯޑު ލިވަޕޫލުން ވަނީ ދަމަހައްޓާފައެވެ. ނަމަވެސް، ވޭތުވެދިޔަ ސީޒަނުގެ ފެށުމުން ފެށިގެން ކުރީގައި އޮވެފައި ނިއުކާސަލްއިން ގެއްލުވާލި ޕޮއިންޓުގެ އަދަދު 29 އަށް އަރާފައިވުމަކީ އެ ޓީމަށް އޮތް ބޮޑު ކަންބޮޑުވުމެކެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ނިއުކާސަލް އާއި ލިވަޕޫލް ވާދަކުރި ވާދަވެރި މެޗު ފަހުގަޑީގައި ހަމަހަމަކުޅިވަރު | ގަޑިއިރެއް ކުރިންވަރޓްޒްގެ ފުރަތަމަ ގޯލު އޯން ގޯލަކަށް ބަދަލުވެ، ބޮޑު ލަދުވެތިކަމަކުން ލިވަޕޫލް ސަލާމަތްވެއްޖެކުޅިވަރު | 9 މަސް ކުރިންރެޑްބުލްގެ ފުޓްބޯޅައިގެ އޮޕަރޭޝަނުގެ އިސްވެރިޔަކަށް ކްލޮޕްކުޅިވަރު | 2 އަހަރު ކުރިންލިވާޕޫލުގެ އެލިސަން މަހަކަށް، ކުޅުމާ ދުރަށްކުޅިވަރު | 2 އަހަރު ކުރިން