logo
Bank of Maldives

Bank of Maldives

ކުޅިވަރު

ރެޑްބުލްގެ ފުޓްބޯޅައިގެ އޮޕަރޭޝަނުގެ އިސްވެރިޔަކަށް ކްލޮޕް

އަޙްމަދު ސަދޫފް މޫސާއަޙްމަދު ސަދޫފް މޫސާ
11 އޮކްޓޯބަރު 2024 - 11:37
ރެޑްބުލްގެ ފުޓްބޯޅައިގެ އޮޕަރޭޝަނުގެ އިސްވެރިޔަކަށް ކްލޮޕް

އޮސްޓްރިއާގެ އެނާޖީ ޑްރިންކް، ރެޑްބުލްގެ ފުޓްބޯޅައިގެ އޮޕަރޭޝަނުގެ އިސްވެރިއަކަށް ލިވާޕޫލުގެ ކުރީގެ ކޯޗު، ޔާގެން ކްލޮޕް ހަމަޖައްސައިފިއެވެ.

ކްލޮޕް ހަމަޖައްސައިފައިވަނީ ރެޑްބުލް އިން ހިންގާ ފުޓްބޯޅަ ކްލަބްތަކުގެ ކަންކަން ބަލަހައްޓައި، އެ ކަންކަން ކުރިއެރުވުމަށް ބޭނުންވާ ފަންނީ ލަފާ ދިނުމުގެ އިސް މަގާމު ކަމުގައިވާ "ހެޑް އޮފް ގްލޯބަލް ސޮކާ"ގެ މަގާމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެގޮތުން އޭނާގެ ޒިންމާއަކަށް ވާނީ  ރެޑްބުލްގެ ކްލަބްތަކުގެ ކޯޗުނާއި މެނޭޖްމަންޓަށް ލަފާދީ، ރަނގަޅު ކުރަން ޖެހޭ ކަންކަމަށް މަގުދައްކައިދިނުމެވެ.

ރެޑް ބުލް އަކީ ގިނަ ގައުމުތަކުގައި އެ ކުންފުނީގެ ކްލަބްތައް ހިންގާ ކުންފުންޏެކެވެ. އެގޮތުން ޖަރުމަނުގެ އާރްބީ ލީޕްޒިގާއި، އޮސްޓްރިއާގެ އާރްބީ ސަލްޒްބާގާއި، އެމެރިކާގެ ނިއުޔޯކް ރެޑްބުލްސް އަދި ބްރެޒިލްގެ ރެޑްބުލް ބްރާގަންޓީނޯ އަކީ އެކުންފުނީގެ ދަށުން ހިންގާ ކްލަބުތަކެވެ.

ފުޓްބޯޅައިގެ ކޯޗިންގެ ދާއިރާއިން މަޝްހޫރުވި ތަޖުރިބާކާރު ކޯޗު ކްލޮޕް ވަނީ ޖަރުމަނުގެ ޑޯޓްމަންޑް އަދި އިނގިރޭސި ކްލަބް ލިވަޕޫލްއަށް ގިނަ ދުވަހު ކޯޗުކަން ކޮށްދީފައެވެ. އެގޮތުން އޭނާ ވަނީ ލިވާޕޫލުގައި 9 އަހަރު ހޭދަކޮށް، ޔޫރަޕުގައި އަދި ކުލަބު ކެރިއަރުގައި އެ ޓީމަށް ލިބޭނެ ހުރިހާ ތައްޓެއް ހޯދައިދީފައެވެ.

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރެޑްބުލްގެ ފުޓްބޯޅައިގެ އޮޕަރޭޝަނުގެ އިސްވެރިޔަކަށް ކްލޮޕްކުޅިވަރު | އަހަރެއް ކުރިންލިވާޕޫލުގެ އެލިސަން މަހަކަށް، ކުޅުމާ ދުރަށްކުޅިވަރު | އަހަރެއް ކުރިން55 އަހަރު ފަހުން ފޮރެސްޓަށް، އެންފީލްޑްގައި ލިވަޕޫލް ބަލިކުރެވިއްޖެކުޅިވަރު | އަހަރެއް ކުރިން