logo
MPL

MPL

ކުޅިވަރު

ވަރޓްޒްގެ ފުރަތަމަ ގޯލު އޯން ގޯލަކަށް ބަދަލުވެ، ބޮޑު ލަދުވެތިކަމަކުން ލިވަޕޫލް ސަލާމަތްވެއްޖެ

އަބްދުﷲ ޣާނިމް
4 ޑިސެމްބަރު 2025 - 03:45
ވަރޓްޒްގެ ފުރަތަމަ ގޯލު އޯން ގޯލަކަށް ބަދަލުވެ، ބޮޑު ލަދުވެތިކަމަކުން ލިވަޕޫލް ސަލާމަތްވެއްޖެ

މި ޓްރާޏްސްފާގައި ލިވަޕޫލަށް ބަދަލުވި ޕްރީމިއަރ ލީގުގެ ތާރީޚުގެ ދެވަނަ އަށް އެންމެ އަގުބޮޑު ކުޅުންތެރިޔާއަދި ޖަރމަން މިޑްފީލްޑަރު ފްލޯރިއަން ވަރޓްޒް ސީޒަން ދެބައިވާން ކައިރިވެފައިވަނިކޮށް 17 މެޗުން ލިވަޕޫލަށް އޭނަ ޖަހައިދިން ހަމައެކަނި ގޯލު އޯން ގޯލަކަށް ބަދަލުކޮށްފިއެވެ. ރޭގެ މެޗުގައި ޖެހިސަންޑަރލޭންޑާ ދެކޮޅަށް ކާމިޔާބުކުރި ގޯލަކީ އޯންގޯލެއް ކަމަށް ނިންމުމުން، އޭނާގެ ޕްރިމިއާ ލީގުގެ ފުރަތަމަ ގޯލް ކާމިޔާބުކުރުމުގެ ފުރުސަތު ވަނީ ބީވެފައެވެ. މި ގޯލަކީ 81 ވަނަ މިނެޓުގައި ލިވަޕޫލަށް އެއްވަރުކޮށްދިން ގޯލެވެ. ވަރޓްޒް ގެ މިގޯލާއެކު ލިވަޕޫލް ވަނީ އަމިއްލަ ދަނޑުގައި ޖެހިޖެހިގެން ހަތަރުބަލިނުވެ ސަލާމަތްވެފައެވެ.

އާނޭ ސްލޮޓްގެ ލިވަޕޫލަށް ރޭގެ މެޗުގައިވެސް ދިމާވީ އެއްކަހަލަ މައްސަލަތަކެކެވެ. ޑިފެންސިވް ގޯސްތަކާއި އެޓޭކިން ފްލޫއެންސީ ނެތުމުގެ ސަބަބުން އިތުރު ދެ ޕޮއިންޓް ވަނީ ގެއްލިފައެވެ. ސަންޑަރލޭންޑުން ލީޑު ނެގީ 67 ވަނަ މިނެޓުގައި ވީޖިލް ވެން ޑައިކް ދިން ފަރުވާކުޑަ ޕާހެއްގެ ފައިދާ ނަގައި ޗެމްސްޑިން ތަލްބީ ބޭރުން ފޮނުވާލި ބޯޅައަކުންނެވެ. ވަރޓްޒްގެ ގޯލަކީ އޭނާގެ ލިވަޕޫލްގެ ކެރިއަރުގެ ފުރަތަމަ ލީގު ގޯލަށް ވެދާނެ ކަމަށް ބެލެވުނު ނަމަވެސް، ބޯޅަ ޑިފްލެކްޓްވެ މުކިއޭލޭގެ އޯންގޯލަކަށް ބަދަލުވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ނަތީޖާއާއެކު ލިވަޕޫލް މިވަގުތު ލީގުގެ އަށްވަނައިގައި އޮތްއިރު، 1993 ގެ ފަހުން ސަންޑަލޭންޑުން ލިވަޕޫލްގެ ދަނޑުގައި މޮޅުވުން ލިވަޕޫލަށް މިމެޗުގައި ހުއްޓުވުނީ ކިރިޔާއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ނިއުކާސަލް އާއި ލިވަޕޫލް ވާދަކުރި ވާދަވެރި މެޗު ފަހުގަޑީގައި ހަމަހަމަކުޅިވަރު | 2 ގަޑިއިރު ކުރިންވަރޓްޒްގެ ފުރަތަމަ ގޯލު އޯން ގޯލަކަށް ބަދަލުވެ، ބޮޑު ލަދުވެތިކަމަކުން ލިވަޕޫލް ސަލާމަތްވެއްޖެކުޅިވަރު | 9 މަސް ކުރިންރެޑްބުލްގެ ފުޓްބޯޅައިގެ އޮޕަރޭޝަނުގެ އިސްވެރިޔަކަށް ކްލޮޕްކުޅިވަރު | 2 އަހަރު ކުރިންލިވާޕޫލުގެ އެލިސަން މަހަކަށް، ކުޅުމާ ދުރަށްކުޅިވަރު | 2 އަހަރު ކުރިން