logo
MPL

MPL

ކުޅިވަރު

ޔޫއޭފާ ޔޫރޮފާލީގުގައި މެންޗެސްޓަރ ޔުނައިޓެޑް ކުޅުނު ތިންވަނަ މެޗުންވެސް އެއްވަރުވެއްޖެ.

އަބްދުﷲ ޣާނިމް
24 އޮކްޓޯބަރު 2024 - 22:17
މެންޗެސްޓަރ ޔުނައިޓެޑުގެ ފޯވާޑް ރަޝްފޯޑު. ފޮޓޯ: މެންޗެސްޓަރ ޔުނައިޓެޑް
މެންޗެސްޓަރ ޔުނައިޓެޑުގެ ފޯވާޑް ރަޝްފޯޑު. ފޮޓޯ: މެންޗެސްޓަރ ޔުނައިޓެޑް

ޔޫއޭފާ ޔޫރޮފާލީގުގައި މެންޗެސްޓަރ ޔުނައިޓެޑާ ތުރުކީ ގެ ފެނަބާޗޭ ބައްދަލުކުރި މެޗު 1-1 އިން އެއްވަރުވެއްޖެއެވެ. ތުރުކީގެ ސުކްރޫ ސަރަޗޮއުލޫ ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި ފުރަތަމަ ގޯލްޖެހީ މެންޗެސްޓަރ އިންނެވެ. މި ގޯލް އެޓީމަށް ކާމިޔާބުކޮށްދިނީ އެރިކްސަންއެވެ. އެހެންނަމަވެސް މި މެޗުގައި ފެނަބާޗޭއިން ވަނީ ކުޅުން ރަނގަޅުކޮށް މެޗުގެ 49 ވަނަ މިނެޓުގައި ގޯލުޖަހާ ނަތީޖާ އެއްވަރުކޮށްފައެވެ. މި ގޯލް ކާމިޔާބުކޮށްދިނީ މޮރޮކޯގެ ހުނަރުވެރި ފޯވާޑް ޔޫސުފް އަން-ނަސީރީއެވެ. މި މެޗުގައި ޕެނަލްޓީ އެޕީލް އަކާއި ގުޅިގެން ފެނަބާޗޭގެ ކޯޗު މޮރީނިއޯ އަށް ވަނީ ރަތްކާޑު ދައްކާފައެވެ.

މި ނަތީޖާއާއެކު މެންޗްސްޓަރ ޔުނައިޓެޑުން ވަނީ މި މުބާރާތުގެ ކުޅުނު އެއްވެސް މެޗަކުން މޮޅުނުވެ 3 ޕޮއިންޓާއެކު ތާވަލުގެ 21 ވަނައަށް ވެއްޓިފައެވެ. އެހެންކަމުން މެންޗެސްޓަރ ޔުނައިޓެޑުން މި މުބާރާތުގެ ގަދަ އަށެއްގައި ނުހިމެނި، މި މުބާރާތުގެ ރައުންޑް އޮފް ސިކްސްޓީން ނޮކްއައުޓް މެޗު ކުޅެންޖެހުން ވަރަށް ގާތެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ނަތީޖާއާއެކު މެންޗެސްޓަރ ޔުނައިޓެޑަށް ޔޫރަޕްގެ މުބާރާތްތަކުގައި އެންމެ ފަހުން ކުޅުނު 11 މެޗުގެ ތެރެއިން ކާމިޔާބުކުރެވިފައިވަނީ އެންމެ މެޗެކެވެ. އަދި މި ނަތީޖާގެ ސަބަބުން މެންޗެސްޓަރ ޔުނައިޓެޑުގެ ކޯޗު އެރިކް ޓެންހާގް އަށް އޭނާގެ މަޤާމު ގެއްލިދާނެކަމުގެބިރު ވަނީ ހީވެފައެވެ.

މި މުބާރާތުގައި ކުޅުނު އެހެން މެޗުތަކަށް ބަލާއިރު ޓޮޓްނަމް ވަނީ ހޮލެންޑުގެ އޯލްކްމާ އަތުން މޮޅުވެފައެވެ. އަދި މި މުބާރާތުގައި ޕޯޓޯއާއި ލާޒިޔޯ ވެސްވަނީ އެ ދެޓީމު ކުޅުނު މެޗުތަކުން މޮޅުވެފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޔުނައިޓެޑް ބޮކި ޖަހާފައި އަޑިއަށް، ރެލިގޭޓްވުން ހުއްޓުވޭނެ މަގެއް އަދި ނުފެނޭކުޅިވަރު | 21 ގަޑިއިރު ކުރިންރެއާލް މެޑްރިޑުން މެސީ ލައިޓް 2.0 ގެ ސޮއެ ހޯދުމާއި ގާތަށް، ޔުނައިޓެޑް ހަނގުރާމައަކަށް ނިކުންނަނީކުޅިވަރު | 5 ދުވަސް ކުރިންފަހަތުން އަރައި ޔުނައިޓެޑް މޮޅުވެ، ހާލުގައި ޖެހިފައި އޮތް ޔުނައިޓެޑް އަށް މުހިންމު މޮޅެއްކުޅިވަރު | 6 ދުވަސް ކުރިންޔުނައިޓެޑުން 38 އަހަރު ތެރޭގައި ފުރަތަމަ ފަހަރަށް ޖެހިޖެހިގެން ކުޅުނު ނުވަމެޗުން މޮޅުނުވެ، ލަދުވެތި ރެކޯޑެއް ޤާއިމުކޮށްފިކުޅިވަރު | 10 ދުވަސް ކުރިން