ޔުނައިޓެޑް ބޮކި ޖަހާފައި އަޑިއަށް، ރެލިގޭޓްވުން ހުއްޓުވޭނެ މަގެއް އަދި ނުފެނޭ
9 ނޮވެމްބަރު 2026 - 03:02

ވަރުގަދަ މެންޗެސްޓަރ ޔުނައިޓެޑް ބޮކިޖަހާފައި އަޑިޔަށް ދިޔުން ހުއްޓޭނެ މަގެއް ނުފެނި ސަޕޯޓަރުންތައް މާޔޫސްވެއްޖެއެވެ. އެގޮތުން
އެގޮތުން އިނގިރޭސި ޕްރިމިއަރ ލީގުގައި ރޭ އަމިއްލަ ދަނޑުގައި އެސްޓަން ވިލާއާ ދެކޮޅަށް ކުޅުނު ފޯރިގަދަ މެޗު، ފަހު ވަގުތު ކާމިޔާބުކުރި ލަނޑުތަކާއެކު 4-4 އިން މެންޗެސްޓަރ ޔުނައިޓެޑުން އެއްވަރުކޮށްފިއެވެ.
މެޗުގެ ފުރަތަމަ ހަތަރު މިނެޓުގެ ތެރޭގައި އެލިސަން އަދި ނިކޮލަސް ޖެކްސަން ވިލާއަށް ދެ ލަނޑުގެ ލީޑެއް ހޯދައިދިނެވެ. ނަމަވެސް ބްރޫނޯ ފެނާންޑެޒްގެ ޕެނަލްޓީއަކުންނާއި ޔޫރީ ޓީލެމަންސް ޖެހި ލަނޑުން ޔުނައިޓެޑުން ފުރަތަމަ ހާފު ނިންމާލީ އެއްވަރުކޮށްގެންނެވެ.
.png&w=750&q=75)
Ad by Hajj Corporation
ދެވަނަ ހާފު ފެށިގެން ޖޯން މެކްގިން ޕެނަލްޓީއަކުން އަދި ލިއޯން ގޮރެޓްޒްކާ ކާމިޔާބުކުރި ލަނޑާއެކު ވިލާއިން އަނެއްކާވެސް 4-2 އަށް ލީޑު ފުޅާކުރިއެވެ. އެހެންނަމަވެސް، އިތުރު ވަގުތުގެ ދެވަނަ މިނެޓުގައި ޕެޓްރިކް ޑޯގޫ ތަނަވަސްކޮށްދިން ފުރުސަތަކުން ޖޯޝުއާ ޒާކްޒީ ލަނޑެއް ޖެހިއެވެ. އަދި އޭގެ ހަތަރު މިނެޓު ފަހުން ޑޯގޫ ބޮލުން ވައްދާލި ލަނޑާއެކު ޔުނައިޓެޑުން މެޗުގެ ނަތީޖާ ހަމަހަމަކުރިއެވެ. މި ނަތީޖާއާއެކު މައިކަލް ކެރިކްގެ އިރުޝާދުގެ ދަށުން ކުޅޭ ޔުނައިޓެޑް އޮތީ ފުލުން ތިންވަނައިގައެވެ.
އެންމެ ފަހުން ޔުނައިޓެޑް އަށް ލީގުގައި މޮޅެއް ލިބިފައިވަނީ މީގެ 71 ދުވަސް ކުރީން މިއަހަރުގެ އޯގަސްޓް މަހުގެ 30 ވަނަ ދުވަހުގައެވެ. އެގޮތުން މިހާތަނަށް ޔުނައިޓެޑް ލީގުގައި ކުޅުނު 10 މެޗުން ލިބިފައިވަނީ އެންމެ މޮޅެކެވެ. އަދި މީގެތެރެއިން 4 މެޗުން ބަލިވެފައިވާއިރު، 5 މެޗު ހަމަކޮށްފައިވަނީ މެޗު އެއްވަރުކޮށްގެންނެވެ.

-01.jpg&w=3840&q=75)
