logoEN
ކުޅިވަރު

އިނގިރޭސި ޕްރީމިއަރ ލީގު: ކްރިސްމަސް ފެށުމުގެ ކުރިން ލިވަރޕޫލުން ކުކުޅު ކަތިލައިފި

މި ސީޒަނުގައި ފޯމުގައި ހުރި ސަލާޙު ވަނީ 15 ގޯލާއި 11 އެސިސްޓު ހަދާފައި. ފޮޓޯ: ލިވަރޕޫލް

މި ސީޒަނުގައި ފޯމުގައި ހުރި ސަލާޙު ވަނީ 15 ގޯލާއި 11 އެސިސްޓު ހަދާފައި. ފޮޓޯ: ލިވަރޕޫލް

އަބްދުﷲ ޣާނިމްއަބްދުﷲ ޣާނިމް

23 ޑިސެމްބަރު 2024 - 05:04

އާދީއްތަ ދުވަހު ލިވަރޕޫލް ފުޓްބޯޅަ ކްލަބުން ޓޮޓްނަމް ހޮޓްސްޕަރ އާ ދެކޮޅަށް ކުޅުނު މެޗުގައި ސަލާޙުގެ މޮޅުކުޅުމާއި ރެކޯޑުތަކާއެކު 6-3 އިން މޮޅުވެ، ޕްރިމިއަރ ލީގުގެ އެއްވަނައިގައި 4 ޕޮއިންޓުގެ ލީޑެއްނަގައި ހަމަޖެހިލައިފިއެވެ. މި މެޗުގައި ލިވަރޕޫލްގެ މެކް އެލިސްޓަރ އަދި ސޮބޮސްލައި ފަރާތުން ގޯލުތައް ފެނިގެންދިޔައިރު، ޑިއާޒް އާއި މުހައްމަދު ސަލާހް ވަނީ ދެ ގޯލު ޖަހާފައެވެ. އަދި މީގެއިތުރުން ސަލާޙު ވަނީ ދެ އެސިސްޓު ހަދާފައެވެ.

އެގޮތުން މެޗުގެ 23 ވަނަ މިނެޓުގައި އާނޯލްޑްގެ ދިންބޯޅައަކުން ލުއިސް ޑިއަޒް ލިވަރޕޫލްގެ ފުރަތަމަ ގޯލު ޖަހައިދިނެވެ. އޭގެ ފަހުން މެކް އެލިސްޓަރ ލިވަރޕޫލްގެ ދެވަނަ ގޯލު ޖެހިއެވެ. ޓޮޓްނަމްގެ ފަރާތުން މެޑިސަން އެއް ގޯލު ޖެހި ނަމަވެސް، ފުރަތަމަ ހާފު ނިމުނު އިރު ލިވަރޕޫލް އޮތީ 3-1 އިން ކުރީގައެވެ.

ދެވަނަ ހާފުގައި ސަލާހް ދެ ގޯލު ޖަހައި، ލިވަރޕޫލްގެ ލީޑު އިތުރަށް ފުޅާކުރިއެވެ. ޓޮޓްނަމްގެ ފަރާތުން ކުލުސެވްސްކީ އާއި ޑޮމިނިކް ސޮލަންކޭ ގޯލު ޖެހި ނަމަވެސް، 85 ވަނަ މިނެޓުގައި ލުއިސް ޑިއަޒް އޭނާގެ ދެވަނަ ގޯލު ޖަހައި މެޗު ނިންމާލިއެވެ.

މި މޮޅުވުމާއެކު ލިވަރޕޫލް ވަނީ 21-2020 ވަނަ ސީޒަނަށްފަހު ފުރަތަމަފަހަރަށް ލީގު ދެބައިވިއިރު ތާވަލުގެ އެއްވަނައަށް އަރާފައެވެ. މިމެޗުގައި ސަލާހް ވަނީ ލިވަރޕޫލްގެ ތާރީޚުގައި އެންމެ ގިނަ ގޯލު ޖެހި ހަތަރު ކުޅުންތެރިންގެ ތެރެއަށް ވަދެފައެވެ. މީގެ އިތުރުން، ޕްރިމިއަރ ލީގުގެ ތާރީޚުގައި ކްރިސްމަސްގެ ކުރިން 10 އަށްވުރެ ގިނަ ގޯލާއި އެސިސްޓް ހެދި ފުރަތަމަ ކުޅުންތެރިޔާގެ ގޮތުގައިވެސް ސަލާހް ވަނީވެފައެވެ.

315x437_placeholder

ކޮމެންޓް

871x217_placeholder