logoEN
ކުޅިވަރު

އަމިއްލަ ދަނޑުގައި ޗެލްސީ ބަލިކުރުމަށްފަހު ލިވަޕޫލުން ތާވަލުގެ އެއްވަނައިގައި ހަމަޖެހިލައިފި.

ފޮޓޯ؛ ޔާހޫ ސްޕޯޓްސް

ފޮޓޯ؛ ޔާހޫ ސްޕޯޓްސް

އަބްދުﷲ ޣާނިމްއަބްދުﷲ ޣާނިމް

20 އޮކްޓޯބަރު 2024 - 17:57

އިނގިރޭސި ޕްރީމިއަރ ލީގުގައި ލިރވަޕޫލާއި ޗެސްސީ ކުޅުނު ވާދަވެރި މެޗް 2-1 ގެ ނަތީޖާއަކުން ލިވަޕޫލު ކާމިޔާބުކޮށް ލީގު ޓޭބަލްގެ އެއްވަނައިގައި ހަމަޖެހިލައިފިއެވެ. ލިރވަޕޫލުގެ ކޯޗުކަމަށް އަރނޭ ސްލޮޓް މި ސީޒަނުގައި ކުލަބާއި ހަވާލުވުމަށްފަހު، އެ ޓީމުންދަނީ ލީގުގައި މޮޅުކުޅުމެއް ދައްކަމުންނެވެ. އެގޮތުން ލިރވަޕޫލުން ވަނީ އެންމެފަހުން ކުޅުނު 5 މެޗުން 13 ގޯލު ކާމިޔާބުކޮށްފައެވެ. އަދި ހަމައެގޮތަށް ލީގުގައި މި ސީޒަނުގައި އެންމެ ގިނަ 'ކްލީން ޝީޓު" ވެސް ހޯދާފައިވަނީ ލިރވަޕޫލުންނެވެ. މި މެޗުގައި ލިވަރޕޫލް ގެ އެއް ނަންބަރު ގޯލުކީފަރު އެލިސަން އަށް އަނިޔާގެ ސަބަބުން ކުޅުމުގެ ފުރުސަތު ވަނީ ގެއްލިފައެވެ.

ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމުއް ފެނިގެންދިޔަ މި މެޗުގެ ފުރަތަމަ ގޯލް ކާމިޔާބު ކުރީ މެޗުގެ 29 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން މިސްރު ގެ މުޙައްމަދު ސަލާޙުއެވެ. އެހެންނަމަވެސް ދެވަނަ ހާފުގައި ކުޅެން ފެށުމާއެކު އިކުއެޑޯ ގެ ތަޖުރިބާކާރު މިޑްފީލްޑަރ މޮއިސެސް ކަސެއިޑޯ ދިން ޕާހަކުން ޖާޒީ ނަންބަރު 15 ނިކޮލަސް ޖެކްޝަން ޗެލްސީއަށް ގޯލު ޖަހައިދީ ނަތީޖާ ހަމަހަމަ ކޮށްދިނެވެ.

ދެވަނަ ހާފު ފެށިގެން ޗެލްސީއިން މެޗު ކޮންޓްރޯލް ކުރަމުން ގެންދިޔަނަމަވެސް އެޓީމަށް ލިބުނު ހުސްފުރުސަތު ތަކުގެ ބޭނުންހިފޭގޮތެއް ނުވިއެވެ. މިކަމުގެ ފައިދާނަގައި 51 ވަނަ މިނެޓުގައި މުޙައްމަދު ސަލާޙުގެ ރީތިޕާހަކުން ލިވަަރޕޫލަށް މެޗު މޮޅުކޮށްދިން ގޯލް ޖަހައިދިނީ ކާޓިސް ޖޯންސް އެވެ.

ލިވަރޕޫލުގެ އައު ކޯޗުގެ އިރުޝާދުގެ ދަށުން އުމުރުން 23 އަހަރުގެ އިންގްލަންޑުގެ މިޑްފީލްޑަރ ކަރޓިސް ޖޯންސް އަންނަނީ މޮޅުކުޅުމެއް ދައްކަމުންނެވެ. މި މޮޅާއިއެކު ލިވަރޕޫލުންވަނީ ތާވަލުގެ ކުރީގައި މެންޗެސްޓަރ ސިޓީ އާއި ދެމެދު ދަމަހަށްޓަމުން އައި ލީޑު 2 ޕޮއިންޓުގައި ހިފަހަށްޓާލައި ހަމަޖެހިލާފައެވެ. މި މޮޅާއެކު ލިވަރޕޫލުން ލީގުގައި ދެން ކުޅޭނީ އެމިރެޓްސް ސްޓޭޑިއަމްގައި އާރސެނަލް އާ ދެކޮޅަށެވެ. މި މެޗު ކުޅޭނީ އޮކްޓޫބަރު މަހުގެ 27 ވަނަ ދުވަހު ރާއްޖެގަޑިން ރޭގަނޑު 09:30 ގަ އެވެ.

315x437_placeholder

ކޮމެންޓް

871x217_placeholder