logo
މުދާ އުފުލާ ދޯންޏެއްގައި ރޯވެ އަނދަނީBank of Maldives

Bank of Maldives

ކުޅިވަރު

އިނގިރޭސި ޕްރީމިއަރ ލީގު: ސަލާޙު ފަހުވަގުތު ޖެހި ގޯލާއެކު އާރސެނަލް ގެ އަތުން ލިވަޕޫލަށް މުހިންމު ޕޮއިންޓެއް.

އަބްދުﷲ ޣާނިމް
27 އޮކްޓޯބަރު 2024 - 18:57
ލިވަރފޫލާއި އާރސެނަލް ކުޅުނު މެޗު ވަނީ އެއްވަރުވެފައި. ފޮޓޯ: ލިވަރޕޫލް
ލިވަރފޫލާއި އާރސެނަލް ކުޅުނު މެޗު ވަނީ އެއްވަރުވެފައި. ފޮޓޯ: ލިވަރޕޫލް

އިނގިރޭސި ޕްރީމިއަރ ލީގު ތާވަލުގެ 3 ވަނަގައި އޮތް އާރސެނަލް އާއި ދެވަނާގައި އޮތް ލިވަރޕޫލް ބައްދަލުކުރި މެޗު 2-2 ގެ ނަތީޖާއަކުން އެއްވަރުވެއްޖެއެވެ. ލަންޑަނުގެ އެމިރޭޓްސް ސްޓޭޑިއަމް ގައި ކުޅުނު މިމެޗަށް އާރސެނަލް ކުރިމަތިލިއިރު އެޓީމުގެ މުހިންމު ކުޅުންތެރިންކަމަށްވާ ކަލަފިއޯރީ އަދި މާޓިން އޮޑެގާޑް އަނިޔާގެ ސަބަބުން ޓީމު ލިސްޓުގައި ހިމެނިފައި ނުވެއެވެ. އަދި ވިލިއަމް ސަލީބާ ހުރީ ރަތް ކާޑުގެ ސަބަބުން ސަސްޕެންޝަނުގައެވެ.

މެޗު ފަށައިގެން ނުވަވަނަ މިނެޓުގައި އިންގްލެންޑުގެ އުއްމީދީ ފޯވާޑް ސަކާ ވަނީ އާރސެނަލް އަށް ލީޑު ނަގައިދީފައެވެ. އެހެންނަމަވެސް އޭގެ 10 މިނެޓުފަހުން ލިބުނު ކޯނަރަކުން ލިވަރޕޫލްގެ ވެންޑައިކް ވަނީ ގޯލެއްޖަހާ ނަތީޖާ ހަމަހަމަ ކޮށްދީފައެވެ. މި ސީޒަނުގައި ސެޓްޕީސްތަކުން ގިނަ ގޯލް ތަކެއް ޖަހާފައިވާ އާރސެނަލުން ދެވަނަ ގޯލް ޖެހީވެސް ލިބުނު ހިލޭ ޖެހުމަކުންނެވެ. މިގޯލް އެޓީމަށް ކާމިޔާބުކޮށްދިނީ މި ސީޒަނުގައި އެޓީމަށްގެނައި ސްޕެއިންގެ މިޑްފީލްޑަރ މިކޭލް މެރީނޯއެވެ. މެޗު ނިމެންދަނިކޮށް 81 ވަނަ މިނެޓުގައި ލިވަރޕޫލުގެ ގޯލް ޖަހާ އެޓީމަށް މުހިންމު ޕޮއިންޓެއް ހޯދައިދީފައިވަނީ މެޗުގައި މޮޅުކުޅުމެއް ދެއްކި މުޙައްމަދު ސަލާޙުއެވެ. މި ގޯލާއެކު ސާލާޙު ވަނީ މި ސީޒަންގައި މިހާތަނަށް ކުޅެވުނު މެޗުތަކުން 8 ގޯލް ޖަހާ 7 އެސިސްޓް ކޮށްދީފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި މެޗަށް ދެޓީމު ކުރިމަތިލިއިރު މި ދެޓީމުވަނީ މި ސީޒަންގައި ރަނގަޅު ނަތީޖާތަކެއް ނެރެމުންނެވެ. މި ސީޒަނުގައި ގަޑިއޯލާގެ ސިޓީއާ އެންމެ ވާދަކުރާނެކަމަށް ބެލެވޭ މި ދެޓީމު މި ސީޒަންގައި ލީގުގައި ބަލިވެފައިވަނީ އެންމެ މެޗަކުންނެވެ. މި މެޗުން ލިބުނު އެއް ޕޮއިންޓާއެކު ލިވަރޕޫލާއި އާރސެނަލްއިން ވަނީ ޕޮއިންޓު ތާވަލުގެ 2 ވަނަ އަދި 3 ވަނައިގައި ހިފަހަށްޓާލާފައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޓޮޓްނަމް، ސިޓީ އަދި ލިވަޕޫލުން އާސެނަލް އަށް އައުއަހަރުގެ ހަދިޔާދީފިކުޅިވަރު | 5 ދުވަސް ކުރިންފުޓްބޯޅަ ޢާއިލާ އަށް އުފާވެރި ޚަބަރެއް، ފީފާގެ ރައީސް ރާއްޖެ ވަޑައިގަންނަވަނީޚަބަރު | 3 މަސް ކުރިންފަހުވަގުތުގެ ގޯލާއެކު ޗެލްސީ ހިފަހަށްޓައިފިކުޅިވަރު | 4 މަސް ކުރިންއާސެނަލް އަދި ޓޮޓްނަމް ޕްރީމިއަރ ލީގުގެ ތާވަލުގެ އެންމެ ކުރިޔަށްކުޅިވަރު | 4 މަސް ކުރިން