logoEN
ކުޅިވަރު

ޔުއޭފާ ޗެންޕިއަންސް ލީގު: އާނޭ ސްލޮޓްގެ އިރުޝާދުގެ ދަށުން ލިވަރޕޫލް އުދުހެނީ.

މި ސީޒަންގައި ލިވަރޕޫލުން އަންނަނީ މޮޅު ކުޅުމެއް ކުޅެމުން. ފޮޓޯ: ލިވަރޕޫލް

މި ސީޒަންގައި ލިވަރޕޫލުން އަންނަނީ މޮޅު ކުޅުމެއް ކުޅެމުން. ފޮޓޯ: ލިވަރޕޫލް

އަބްދުﷲ ޣާނިމްއަބްދުﷲ ޣާނިމް

06 ނޮވެމްބަރު 2024 - 05:42

އާނޭ ސްލޮޓް ގެ އިރުޝާދުގެ ދަށުން ލިވަރޕޫލް ރޭގައި ކުޅުނު ޗެންޕިއަންސް ލީގު މެޗުގައި އެޓީމުގެ ލެޖެންޑް އެލޮންސޯ ގެ ބަޔާން ލެވަކޫސަން ބަލިކޮށްފިއެވެ. މިމެޗު ލިވަރޕޫލުން ކާމިޔާބުކުރީ 4-0 ގެ ތަފާތުބޮޑު ނަތީޖާއަކުންނެވެ.

ލިވަރޕޫލުގެ އެންފީލްޑްގައި ރޭގައި ކުޅެވުނު މި މެޗުގައި ލިވަޕޫލުގެ ކޮލަންބިޔާ ފޯޥާޑް ޑިއާޒް ވަނީ ހެޓްރިކް ހަދާފައެވެ. ޑިއާޒް އަންނަނީ މި ސީޒަންގައި ޓީމާއި ހަވާލުވި ސްލޮޓް ގެ އިރުޝާދުގެ ދަށުން މޮޅުކުލުމެއް ދައްކަމުންނެވެ. އެގޮތުން މި ސީޒަންގައި އޭނާ ވަނީ ކުޅުނު 15 މެޗުން 11 ގޯލު ޖެހުމުގައި ސީދާގޮތުން ބައިވެރިވެފައެވެ. އަދި ހަމަ އެގޮތަށް ނިމިދިޔަ ސީޒަންގެ ފަހުކޮޅުގައި ފޯމުގެއްލިފައިވާ މުޙައްމަދު ސަލާޙުވެސް އަންނަނީ މި ސީޡަންގައި މޮޅު ކުޅުމެއް ކުޅެމުންނެވެ. އޭނާ ވަނީ މި ސީޒަންގައި ކުޅުނު 16 މެޗުން 18 ގޯލުޖެހުމުގައި ސީދާގޮތުން ބައިވެރިވެފައެވެ.

ލިވަރޕޫލުގެ ފަހުގެ ތާރީހުގެ އެންމެ ކާމިޔާބު ކޯޗު ކްލޮޕް ނުވަ އަހަރުފަހުން މިދިޔަ ސީޒަނުގައި ޓީމު ދޫކޮށްލިފަހުން ލިވަރޕޫލުގެ ސަޕޯޓަރުން ތިބީ ސުވާލުމާކެއްގެ ތެރޭގައެވެ. 30 އަހަރު ފަހުން ލިވަޕޫލަށް ލީގު އަދި 13 އަހަރުފަހުން ޗެންޕިއަންސް ލީގު ލިވަރޕޫލަށް ނަގައިދިނުމަށްފަހު ކްލޮޕް ޓީމު ދޫކޮށްލުމާއި ގުޅިގެން ކުލަބުގެ ސަޕޯޓަރުން ވަނީ މާޔޫސްވެފައެވެ. ނަމަވެސް ސްލޮޓް ލިވަރޕޫލާއި ހަވާލުވިފަހުން ލިވަރޕޫލުން މި ސީޒަނުގައި އަންނަނީ ތަފާތުމޮޅު ކުޅުމެއް ދައްކައި ޓީމުގެ މެނޭޖްމަންތާއި ސަޕޯޓަރުން ހައިރާން ކޮށްލާފައެވެ. އެގޮތުން ލިވަރޕޫލް މިހާރު އޮތީ އިނގިރޭސި ޕްރީމިއަރ ލީގު އަދި ޗެންޕިއަންސް ލީގުގައިވެސް ތާވަލުގެ އެއްވަނައިގައެވެ.

ސްލޮޓް ގެ އިރުޝާދުގެ ދަށުން ޗެންޕިއަންސް ލީގުގައި ލިވަރޕޫލް ދެން ނިކުންނާނީ ރެއާލް މެޑްރިޑާދެކޮޅަށެވެ. މި މެޗު ކުޅެން ހަމަޖެހިފައިވަނީ ނޮވެމްބަރު މަހުގެ 27 ވަނަދުވަހުގެ ރޭ ރާއްޖެގަޑިން 01:00 ގައެވެ.

ކޮމެންޓް

871x217_placeholder