logo
ކުޅިވަރު

"އަނިޔާގެ ސަބަބުން އާސެނަލްގެ މުހިންމު ކުޅުންތެރިންނަށް ނުކުޅެވުނަސް ޖެހިލުމެއް ނުވޭ" އާސެނަލްގެ ކޯޗު

އަބްދުﷲ ޣާނިމް
26 އޮކްޓޯބަރު 2024 - 09:58
ލީގުގައި އާރސެނަލް ބައްދަލުކުރާ މެޗު މި އާދިއްތަދުވަހު ކުޅުވޭނެ.
ލީގުގައި އާރސެނަލް ބައްދަލުކުރާ މެޗު މި އާދިއްތަދުވަހު ކުޅުވޭނެ.

އަނިޔާގެ ސަބަބުންގިނަ އަދަދެއްގެ ކުޅުންތެރިން ކުޚުމާދުރުގައި ތިބި ނަމަވެސް ލިވަޕޫލާ ދެކޮޅަށް ކުޅޭ މެޗަށް ޓީމުން ހިތްވަރު ދޫނުކުރާނެ ކަމަށް އާރސެނަލްގެ ކޯޗު އާޓެޓާ ބުނެފިއެވެ.

އާދިއްތަ ދުވަހު އެމިރޭޓްސް ސްޓޭޑިއަމްގައި ކުޅޭ މި މެޗަށް އާސެނަލްގެ ގިނަ އަދަދެއްގެ ކުޅުންތެރިން ނުކުޅެވޭނެ ކަމަށް ލަފާކުރެވޭއިރު، އޭގެ ތެރޭގައި ބުކާޔޯ ސަކާ، ޖޫރިއަން ޓިމްބަރ އަދި ރިކާޑޯ ކަލަފިއޯރީ ހިމެނެއެވެ. މީގެ އިތުރުން މާޓިން އޯޑެގާޑްވެސް އަނިޔާގެ ސަބަބުން މި މެޗުގައި ނުކުޅެވޭނެއެވެ. އަދި އެންމެފަހުން ލީގުގައި އާރސެނަލް ކުޅުނު މެޗުގައި ވިލިއަމް ސަލީބާ ރަތް ކާޑު ދެއްކުމާގުޅިގެންމި މެޗުގައި އޭނާއަކަށްވެސް ނުކުޅެވޭނެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

"އަޅުގަނޑުމެން އަމިއްލަ ނަފްސަށް ހިތާމަކޮށް ނުތިބޭނަން, އަޅުގަނޑުމެން ތައްޔާރުވަނީ ވަރަށް މުހިންމު މެޗަކަށް، އަނިޔާގެ ސަބަބުން ގިނަ ކުޅުންތެރިންތަކެއް ކުޅުމާއި ދުރުގައި ހުއްޓަސް އަހަރުމެން އެކަމާ ޖެހިލުން ނުވޭ" މެޗުގެ ކުރިން ދިން ޕްރެސް ކޮންފަރެންސް އެއްގައި އާރސެނަލްގެ ކޯޗު ބުނެފައިވެއެވެ.

ލިވަޕޫލްގެ އާ ކޯޗް އާނެ ސްލޮޓްގެ ދަށުން އެޓީމުން އަންނަނީ ރަނގަޅު ކުޅުމެއް ކުޅެމުންނެވެ. މިހާތަނަށް ކުޅުނު 12 މެޗުން އެންމެ މެޗެއްގައި މެނުވީ ބަލިނުވެ، ލީގުގެ އެއްވަނައިގައި އޮތީ މިވަގުތު އޮތީ ލިވަޕޫލެވެ.

އާސެނަލްއަށް ލިވަޕޫލާ ދެކޮޅަށް އަމިއްލަ ދަނޑުގައި ކުޅޭ މެޗުތަކުގައި ފަހަކަށް އައިސް ރަނގަޅު ނަތީޖާތަކެއް ހޯދިފައިވެއެވެ. އެގޮތުން އެމިރޭޓްސް ދަނޑުގައި އެންމެ ފަހުން ކުޅުނު ދެމެޗުންވެސް އާރސެނަލް ވަނީ މޮޅުވެފައެވެ.

އާރސެނަލް އާއި ލިވަޕޫލް ބައްދަލުކުރާ މެޗު ކުޅެވޭނީ މި އާދިއްތަދުވަހު ރޭގަނޑު ރާއްޖެގަޑިން 09:30 ގައި ލަންޑަނުގެ އެމިރޭޓްސް ސްޓޭޑިއަމްގައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ފަހުވަގުތުގެ ގޯލާއެކު ޗެލްސީ ހިފަހަށްޓައިފިކުޅިވަރު | ދުވަހެއް ކުރިންއާސެނަލް އަދި ޓޮޓްނަމް ޕްރީމިއަރ ލީގުގެ ތާވަލުގެ އެންމެ ކުރިޔަށްކުޅިވަރު | ދުވަހެއް ކުރިންސެޓްޕީސް އެފްސީ ހިލޭޖެހުމެއްގެ ދަށުވެ ސައިޒަށްކުޅިވަރު | 14 ދުވަސް ކުރިންކިތަންމެ ވަރަކަށް ލާރިއެޅިޔަސް ގާޑިއޯލާ ފުލުފުލުގައި ބަލިކުޅިވަރު | 14 ދުވަސް ކުރިން