logo
MPL

MPL

ކުޅިވަރު

ޓޮޓްނަމް، ސިޓީ އަދި ލިވަޕޫލުން އާސެނަލް އަށް އައުއަހަރުގެ ހަދިޔާދީފި

އަބްދުﷲ ޣާނިމް
2 ޖެނުއަރީ 2026 - 06:55
ޓޮޓްނަމް، ސިޓީ އަދި ލިވަޕޫލުން އާސެނަލް އަށް އައުއަހަރުގެ ހަދިޔާދީފި

އިނގިރޭސި ޕްރިމިއާ ލީގުގެ ތަށި ހޯދުމަށް އާސެނަލްއިން ކުރަމުންދާ ދިގު އިންތިޒާރަށް ދާދި އަވަހަށް ނިމުމެއް އަތުވެދާނެހެން ހީވާން ފަށައިފިއެވެ. ލީގުގެ ތަށީގެ ރޭހުގައި އާސެނަލްއާ އެންމެ ގާތުން ވާދަކުރާ ލިވަޕޫލް، މެންޗެސްޓަރ ސިޓީ އަދި ޓޮޓެންހަމް ކުޅުނު މެޗުތަކުން އެއްވަރުވެ މިޓީމުތަކުން ވަނީ އާސެނަލް އަށް އައުއަހަރާއި ދިމާކޮށް ހަދިޔާދީފައެވެ. އެގޮތުން މިޓީމުތައް ރޭގައި ކުޅުނު ހުުރިހާ މެޗެއްވެސް ނިމިގެން ދިޔައީ އެއްވެސް ޓީމަކަށް ގޯލެއް ނުޖެހި މެޗު އެއްވަރުވެގެންނެވެ.

ލީޑްސް މެޗުގައި ލިވަޕޫލުން ބޯޅަ ހިފަހައްޓައިގެން ގިނަ ވަގުތު ކުޅުނު ނަމަވެސް، ލީޑްސްގެ ތަރުތީބުވެފައިވާ ޑިފެންސް ފޫއަޅުވާލެވޭ ގޮތެއް ނުވިއެވެ. ލިބުނު މަދު ފުރުސަތުތަކުގެ ބޭނުން ނުހިފުމުގެ ނަތީޖާއަކަށްވީ ލިވަޕޫލަށް މުހިންމު ދެ ޕޮއިންޓް ގެއްލުމެވެ.

Ad by Hajj Corporation

Ad by Hajj Corporation

ޓޮޓެންހަމް ހޮޓްސްޕަރއަށް ވެސް ބްރެންޓްފޯޑާ ދެކޮޅަށް ކުޅުނު މެޗުން ތިން ޕޮއިންޓް ހޯދޭގޮތެއް ނުވިއެވެ. މި މެޗުވެސް 0-0 އިން އެއްވަރުވިއިރު، ޓޮޓެންހަމްއިން މެޗުގެ ފަހުކޮޅު ވަރަށް ބޮޑަށް ކުރިއަށް ޖެހި ލަނޑެއް ޖެހޭތޯ މަސައްކަތް ކުރިއެވެ. ނަމަވެސް ބްރެންޓްފޯޑްގެ ވަރުގަދަ ޑިފެންސާ ހެދި ޓޮޓެންހަމްއަށް ޖެހުނީ އެއް ޕޮއިންޓުން ފުއްދާލާށެވެ.

މީގެ އިތުރުން، ތާވަލުގެ ދެވަނައިގައި ފޯމުގައި އޮތް މެންޗެސްޓަރ ސިޓީއަށް ވެސް ސަންޑަލޭންޑާ ދެކޮޅަށް ކުޅުނު މެޗުގައި ލަނޑެއް ޖެހޭގޮތެއް ނުވިއެވެ. ޕެޕް ގާޑިއޯލާގެ ޓީމުން މެޗުގެ ކޮންޓްރޯލް ނަގައިގެން ކުޅުނު ނަމަވެސް، ސަންޑަލޭންޑުން ވަނީ ދިފާއީ ގޮތުން މޮޅު ކުޅުމެއް ދައްކާފައެވެ. ސިޓީއަށް މެޗުގެ ފަހު ވަގުތުތަކުގައި ލިބުނު ފުރުސަތުތައް ބޭކާރުވުމުން އެޓީމަށް ވެސް ވަނީ ތަށީގެ ރޭހުގައި ފަހަތަށް ޖެހެން މަޖުބޫރުވެފައެވެ.

މި ނަތީޖާތަކާއެކު ތާވަލުގެ އެއްވަނައިގައި އޮތް އާސެނަލްއަށް މިހާރު ވަނީ ދެވަނައިގައި އޮތް މެންޗެސްޓަރ ސިޓީގެ މައްޗަށް ހަތަރު ޕޮއިންޓުގެ ލީޑެއް ލިބިފައެވެ. ވާދަވެރި ޓީމުތަކަށް މުހިންމު ދަނޑިވަޅެއްގައި ޕޮއިންޓްތައް ގެއްލުމަކީ އާސެނަލްއަށް ލީގު ތަށި ހޯދުމަށް އޮތް މަގު ވަރަށް ބޮޑަށް އަލިވެގެންދިޔަ ކަމެކެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

14 އަހަރަށްފަހު ލިވަޕޫލް އެންފީލްޑްގައި ބަލިކޮށް، އާސެނަލް ތާވަލުގެ އެއްވަނަ އަށްކުޅިވަރު | 3 ދުވަސް ކުރިންޖެިޖެހިގެން ތިން މެޗުން މޮޅުވެ، ޓޮޓްނަމް މޮޅުވުމުގެ ސިސްސިލާ ކުރިޔަށްކުޅިވަރު | 4 ދުވަސް ކުރިންތާވަލުގެ އެއްވަނައިގައި އޮތް ސިޓީ ބަލިކޮށް ބްރައިޓަން ތިންވަނައިގައި ހަމަޖެހިލައިފިކުޅިވަރު | 4 ދުވަސް ކުރިންބެންޗުޓީމު އަރުވައިގެން ފޮނު އަރުވަނިކޮށް އާސެނަލް ހަތަރުވަނަ ޑިވިޝަނުގެ ޓީމެއް އަތުންބަލިވެ ކަޓައިފިކުޅިވަރު | 8 ދުވަސް ކުރިން